ވިޔަފާރި / ބީއެމްއެލް

ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކެމްޕޭނެއް ފަށައިފި

އެމެރިކަން އެކްސްއާއި ބީއެމްއެލް ގުޅިގެން މިރޭ ފެށި ހާއްސަ ކެމްޕޭން ލޯންޗުކުރުމުގެ ހަފުލާގައި ޓޫރިޒަމް މިނިސްޓަރާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އެމެރިކަން އެކްސްޕްރެސްގެ ސީނިއާ ވައިސް ޕްރެސިޑެންޓާއި ބީއެމްއެލްގެ ސީއީއޯ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ބީއެމްއެލް

12 ޖުލައި 2017 - 01:21

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ބައިނަލްއަގްވާމީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް މިރޭ ފަށައިފި އެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭން ފައްޓަވައިދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ބީއެމްއެލް އިން ބުނީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒް ކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭނާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ރަސްމިއްޔާތުގައި ހާމަކޮށްފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ އެ ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ބައިނަލްއަގްވާމީ ކްލަޔަންޓްސް ނެޓްވޯކްގައި ރާއްޖެ އިޝްތިހާރުކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ކެމްޕޭނުގައި ރާއްޖޭގެ ވިއްސަށް ވުރެ ގިނަ ރިސޯޓުން މިހާރު ބައިވެރިވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން އެ ކެމްޕޭނަށް ހާއްސަ އޮފާ ތަކެއް އެ ރިސޯޓްތަކުން ދެމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކެމްޕޭނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ޓޫރިޒަމް އިޝްތިހާރުކުރުމުގެ އެ ކެމްޕޭނު ހިންގުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމެރިކަން އެކްސްއާއި ބީއެމްއެލް ގުޅިގެން މިރޭ ފެށި ހާއްސަ ކެމްޕޭން ލޯންޗުކުރުމުގެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

"މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ހަރަކާތަކަށް ވާނެ. އަދި މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ވެގެން ދާނެ. މިކަމުގައި މިނިސްޓަރު ޒަމީރު ދެއްވި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތްތާނގައި ވެސް މިނިސްޓްރީ އޮފް ޓޫރިޒަމް، މަޓީ އަދި މި ސިނާއަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާ އެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭންކުން މަސައްކަތްތައް ކުރަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިން ކޯޕަރޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މަނޯޖް އަދްލަހާ ވިދާޅުވީ އެ ކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސްގެ އެންމެ ހާއްސަ ކްލަޔަންޓުން މެދުގައި ރާއްޖޭގެ ނަން އުފުލިގެންދާނެ ކަމަށެވެ.

"މިއީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ މާޗަންޓުންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް. އަދި މި ހަރަކާތުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ގިނަ ފަރާތްތަކެއް ރާއްޖެ ޒިޔާރަތްކޮށް ދިވެހި ރާއްޖެއަށް އިގުތިސޯދީ ފައިދާތަކެއް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މަނޯޖު ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި މަޓީ އަދި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން މަސައްކަތްތަކެއް ކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454