ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެތަނުގައި މިހާރު ވަނީ 7،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައި. ފޮޓޯޯ: އެޗްޑީސީ
16 ޖުލައި 2017 - 19:10
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،530 ފްލެޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި އަނބުރާދައްކަން ފަށާ ގޮތަށް ނެގި ލޯނުގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ލޯނު އެޗްޑީސީން ނެގީ ސަރުކާރުން ސޮވަރިން ގެރެންޓީދީގެންނެވެ.
އެ ކުންފުނިން ބުނީ 12 އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ގޮތަށް ނެގި ލޯނުން ނިންމާފައި ވަނީ މެދުފަންތީގެ މީހުންނަށް ގެދޮރު ހޯދައިދޭ ގޮތަށް ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ކަމަށާއި އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"އަޅުގަނޑުމެން މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހަދާ މި ހައުސިން ޔުނިޓްތައް ވިއްކާނީ ކޮންޓްރޯލްކޮށްފައިވާ އަގުތަކެއްގައި އެކަށީގެންވާ ހެޔޮއަގެއްގައި. ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށޭނެ،" މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީ އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެތަނުގައި މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ގެނެސްފައިވެ އެވެ. އަދި އެތަނުގައި މަސައްކަތްކުރާ މީހުންނަށް ތިބެވޭނެ ގޮތަށް 2،500 މީހުންގެ ޖާގައިގެ ލޭބާ ކުއާޓާސްއެއް ވެސް ވަނީ ހަދައި ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއާޓާސް
20 July 2017
މަތީ ފެންވަރުގެ 1500 ކުކުޅު ކޮށިތަ ނޫނީ ފުލަޓް އައިލަންޑްތަ؟
ލީކްސް
17 July 2017
ޢަބުދުﷲ ޖަމީލުގެ މިއާޓިލްއިން ލީކްސްއަށް ފާހަގަވަނީ ފްލެޓް ވިއްކަން ގަސްދުކުރާ އަގު ބަޔާންވެފައި ނެތްކަން. އެއީ ވަރަށް ދެރަ ކަމެއް. ނޫސްވެރިކަން ކުރާއިރު، އެފަދަ މައުލޫމާތު ހޯދައިގެން އާޓިކަލް ލިޔަންވާނީ. މިހާކު ބުނެލާ އެއްޗެއް ލިޔުނީމަ ނިމުނީކީއެއް ނޫން.
ތިން ގަނޑުވަރު
17 July 2017
މި ސަރުކާރުން މަސްވެރިން ނަށާއި ދަނޑުވެރިންނަށް ދޭންބުނި ފައިސާކޮބާ ؟އަލަތު ކައިވެނީގެ ފްލެޓްކޮބާ ؟ އާއިލީ ޑޮކްޓަރުކޮބާ؟ ނުވި! މަސްތުން އަރައި ނުގަނެވޭ މީހުން ލައްވާ ސިޔާސީ ޕޯޑިއަމުގައި ދީނީ ނަސޭހަތް ދެއްވެވި ، ފަނޑިޔާރު ގެއަށް ސިޔާސީ އުނދުޅި ކޮށްޕި، ތިމާގެ ވާދަވެރިން ފިޔަކޮށާފަ ކުޑަގޮޅިއަށް ލެއްވި، އަދިވެސް އެތައް އެތައް .
ޝޮކް
17 July 2017
3000 ފްލެޓް ގެ އަގު ތިޔައީ
ދޮހުއްތު
17 July 2017
ނިހާނު ބޭބެ ކޮބައިބާ!؟ އަނެއްކާ ނޫޅެނީ ބާ!؟ ގައިމު ކެމްޕޭނު ތެރޭގައި އެ ބޭބޭ ވަރަށް ބާރަށް އަޑަށް ބާރުލާފައި ވެރިކަމުގެ 5 އަހަރު ނިމޭއިރު މުނިސިޕަލްޓީ ދަފުތަރުގައި ތިބި އެންމެންނަށް ގެދޮރު ލިބޭނެ ވާހަކަ ދައްކައި އުޅުނު ގޮތަށް އޭގެ ފަހުން އެވާހަކައެއް އެ ބޭބެ އެވާހަކަ ދައްކައިނޫޅޭތީ އެ ބޭބެ ކޮބައިތޯ ކޮންމެވެސް މީހަކު ބަލައިދީބަލަ.
ތަކުރުފާނު
17 July 2017
އެއް އަހަރުދުވަހުގެ ތެރޭގައި ނިންމަން ތިޔަ ފަށާ ޕްރޮޖެކްޓުގައި އަޅާނީ ކޮތަރުގެއާ ވައްތަރުގެ އިންސާނުން އުޅެން ކަމުނުދާ ފެންވަރުގެ ތަންތަންތޯ. މިހެން މި އަހާލެވުނީ މިހާރުވެސް ސަރުކާރުން އަޅާދީފައިވާ ފްލެޓްތަކުގެ ކޮޓަރިތައް ކުޑަކަމާއެކު ޑަބަލް ބެޑެއް ބަހައްޓައްފައި އަލަމާރިއެއް ބެހެއްޓީމާ ދޮރުހުޅުވާލުމާއެކު އެނދުމައްޗަށް އެރޭތީ. އަނެއްކާ އަގުހެޔޮކުރުމަށް ދެ ކޮޓަރީގެ ފްލެޓް އަޅާ ވާހަކަ ސަރުކާރުގެ އިސްވެރިން ދައްކަވާތީ. އަގު ހެޔޮވާނެ ގޮތަކީ ކޮތަރު ގެ ވަރުގެ ކުޑަކުޑަ ގޭގެ އަޅައިގެން ކަމަށް އަޅާއަށް ހީވާތީ.
ޗުބޭ
17 July 2017
ބަލަގަ މިހާރު ތިހަދާފަ ހުރީ ސޯޝަލް ހައުސިންއޭ. ދުނިޔޭގެ ކޮންގައުމެއްގަ ސޯޝަލް ހައުސިންއަށް "ގަނޑުވަރު" ބިނާކޮށްދިނީ. ރައީސް ނަޝީދު ފެއްޓެވި 1000 ފުލެޓު އެވަނީ ސޯޝަލް އަހުސިންގަ ނިމިފަ. އޭގެ ފަހުންވެސް ނިމިގެން އުޅެނީ ހަމަ އެ ކެޓަގަރީގެ ހައުސިން. ހަމަ އެސައިޒު. ސަބަބަކީ އެއީ އޭރު ސޮއިކުރެވުނު އެމްއޯޔޫ އެއްގެ ދަށުން ހަދަންޖެހޭ 3000 ފުލެޓުގެ ތެރެއިން ބާކީ އަޅަންޖެހޭ 2000 ފުލެޓުކަމަށްވެފަ ފަހުގެ ސަރުކާރުތަކުން ބޭނުންވިގޮތަށް 3 ކޮޓަރީގަވެސް ފާޚާނާ ހުންނަގޮތަށް ޑިޒައިނަށް ގެނައި ބަދަލެއްގެ ސަބަބުން ވެފަވާގޮތެއް. އަގުހެޔޮކޮށްވިއްކަން "ބޯހިޔާވަހިކުރުމުގެ" މަޝްރޫއުތަކުގަ މުޅިދުނިޔޭގަވެސް ހިންގާފަ ހުރި މަޝްރޫއުތައްބައްލަވާ. ރާއްޖެގަހުރި ތަންތަން ވާނީ ރަނގަޅު ތަންތަނަށް. ކުރިން ޖެހިފަ ހުރިމައްސަލަޔަކީ މެދު ފަންތިއަށް ސަރުކާރުން އަގުކޮންޓުރޯލުކޮށްގެން އެޅޭހައުސިން ސަޕްލައިއެއްނެތުން. މިޚަބަރު ކިޔާލުމުން ހިތްހަމަ މިޖެހުނީ އެމަންޒަރު ފެނުމުން. މިހާރު އަސްލު ޑިމާންޑާ އެއްގޮތަށް މާކެޓް ސެގްމެންޓު ކުރަންފަސޭހަވެ އަސްލު ބޭނުންވާ މީހާޔަށް ބޭނުންވާ ޕރޮޑްކްޓު ލިބެން ފަސޭހަވީ. ޢެހެނީ މިއީ މެދުފަންތީގެ އަގުބކޮންޓްރޯލުކުރެވިފައިވާ ސަރުކާރުގެ ފުރަތަމަ ހައުސިން ޕްރޮޖެކްޓަށްވުން. ޝުކުރިއްޔާ ސަރުކާރު ( ނަޝީދު - ސޯޝަލް އައުސިން، ޔާމީން - ސޯޝަލް އެން މީޑިއަމް ހައުސިން، ޔާމީން - ބޯހިޔާވަހިކަމުގެ ވަށާޖެހޭ އިންތިޒާމު)
ލުގުމާން
16 July 2017
އަހަރެން ހަމަ ހައިރާންވޭ... މިރާއްޖޭގައި އެހާ ބިޔަ ބޮޑެތި ގިނަ ޕްރޮޖެކްޓް ތަށް އެއްފަހަރާ ހިނގަމުން ދާތީ... މިއީކީ ހަމަ ޔަގީނުންވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫން
ައަންތައީސް
16 July 2017
ހިސާބު ހަދާބަ؛ލަ، ލޯނު އިންޓަރެސްޓް ނުލާވެސް ފްލެޓައް އިމާރާތްކުރުމުގެ އަގު 1.6 މިލިއަން ރުފިޔާ. އޭގެ މައްޗަށް އެޗްޑީސީގެ ޕޮރޮފިޓް ޢާއި އިންޓަރެސްޓް ލީމާ ފްލެޓެައްގެ އަގު 3 މިލިއަނަށްވުރެ މަތިވާނެ
ޗުބޭ
17 July 2017
ވާނެ ވާނެ އޭ ކިޔައިގެން ނޭގޭވާހަކަ ނުދައްކަބަލަ. ނުވެއްނު. ވަންދެން ބަލަންހުރޭ!! ތިޔަ ހިސާބުޖަހާލީ ކޮމާޝަލް އިންޓްރެސްޓްރޭޓުލައިގެން. އެނޫނަސް މިއީ މީޑިއަމް ހައުސިންއެއް.
ހުސޭން
16 July 2017
ކޮބާހޭ ދަފްތަރު ޔަގީން ފެލެޓް
ނިހާނު
17 July 2017
މިސަރުކާރު ނިމޭއިރު ދަފްތަރުގަ މީހަކު ނޯންނާނެ. ދަފްތަރު އުވާލާނެ. އޭރުން ދަފްތަރު މީހުންނަށް ފްލެޓް ނުދެވިފައެއް ނޯންނާނެނު.
ފަރީ
16 July 2017
ކޮއްމެފަހަރަކުވެސްތިކަހަލަފޮނިބަސްތައްބުނާނެމިހާރުވެސް ނިމިފަހުރިފުލެޓުތައްއެހުރީސަރުކާރައް 2018ގައިވޯޓުދޭމީހުން ނައްދޭންތަނޫނީޕީޕީއެމްއައްނިސްބަތްވާމެމްބަރުންބޭނުންވާބައަކައް ދޭންތަ