މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭން ބޭރު 10 މަންޒިލަކަށް ދަތުރު ކުރޭ-- ފޮޓޯ: މިހާރު
06 އޯގަސްޓް 2017 - 09:58
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ސައުތު އެފްރިކާ އަށް ފަށަން މަޝްވަރާ ކުރަން ފަށައިފި އެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ މަޝްވަރާ ކުރަމުން އަންނަނީ އެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި އަންނަނީ އެންމެ ފަރާތަކާ ނޫން،" ނަޝާތު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ އެހެން އޮފިޝަލަކު ވިދާޅުވީ މާކެޓް ދިރާސާ ކުރުމަށް އެ ކުންފުނީގެ ޓީމެއް ސައުތު އެފްރިކާ އަށް ދިޔަ ކަމަށެވެ. އަދި އެ ގައުމުގެ ޓީމެއް ރާއްޖޭގެ މާކެޓް ދިރާސާކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"މާކެޓް ދިރާސާ ކުރި އިރު ގޯހެއް ނޫން. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދަތުރުތައް ފެށިގެން ހިނގައިދާނެ. އެކަމު އަދި ވަކި ގޮތެއް ފައިނަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން ބޭރުގެ 10 މަންޒިލަކަށް މިހާރު ދަތުރު ކުރެ އެވެ. މޯލްޑިވިއަން އިން މިހާރު އުދުހެމުން އަންނަނީ ރާއްޖޭން ބޭރުން އިންޑިއާ، ތައިލެންޑް، ބަންގްލަދޭޝް އަދި ޗައިނާގެ ސިޓީތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭޕް ޓައުންގެ ޓަވަރުން ވިދާޅުވަނީ
07 August 2017
ފުރަތަމަވެސް ދިވެހިން ދަތުރުކުރާ މަންޒިލްތަކުގެ ޓިކެޓްގެ އަގުހެޔޮކުރޭ.
އަޙްމަދަު
07 August 2017
ލޯކަލް ކައުންިސިލް އިންތިޚާބުގެ ތެރޭގައި ގދ. މާވާރަލުގެ އެއަަރޕޯޓު އަޑުގަދަވެގެން ދިޔަ. މިހާރު އެދިޔައީ ބޮޑު ނަގުލަށް. ބަޔަކާ އެގްރިމެންޓުކުރިމަންޒަރު ޓީވީން ފެނެނު. ކިޔާ އަޑުއިވޭ، ފައިސާ ނެތްބަޔަކާއޭ ޙަވާލުކުރެވުނީ.
ކަނޑުކޮސް
06 August 2017
ކޮންއިރަކުންބާ ކުޅިދުއްފުށި ބިއްލޫރި އެއާޕޯޓައް ދަތުރު ފަށަނީ ޔާމިނު ބުނި މަޖިލިސް ހުޅުވަމުން ވަދެހުރެ މިއަހަރު ހިދުމަތް ދޭނަމޯ
މުހައްމަދު
06 August 2017
އަޅުގަނޑަކީ ސައުތު އެފްރިކާގައި 3 އަހަރު ކިޔަވަން އުޅުނު ދިވެއްސެއް. ގިނަ ދިވެހިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަމެއް ވިސްނައި ނުގެނެވުނަސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވޭ. ސައުތު އެފްރިކާއާ އިންޑިއާއާ ވަރަށް ވިޔަފާރިގެ ގުޅުން ރަނގަޅު އަދި ދަތުރުކުރާ މީހުންވެސް ގިނަ. ނަމަވެސް ދެކުނު އިންޑިއާ އާ ލަންކާއާ ގުޅޭ ރޫޓް ވަރަށް ދިގު. ރާއްޖޭން މި ރޫޓް ނަގައިފި ނަމަ އެ ލިބެނީ ވަރަށް ބޮޑު ފުރުސަތެއް.
މާހިރާ
06 August 2017
ކޮލޮންބޯ އަށް މިހާރުވެސް "މޯލްޑިވިައަން" ދަތުރު ކުރެޔޭ އެކަމަކް ޕައިލެޓް އާ ޕެސެންޖަރުންނާ ނުލައި އަދި ކުރެވެނީ!!
ރަދީފް
07 August 2017
އެކިހިނެތް؟؟
މޑ
06 August 2017
މާރސް އަށް ފަށަނީ ކޮން އިރަކުބާ؟؟
މޯލްޑިވިއަން
06 August 2017
ތިދަތުރު ކާމިޔާބު ދަތުރަކަށްވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު ކޮލަމްބޯ ތްރިވަނަންތަޕޫރަމް ބެންކޯކް ކުއަލަލަމްޕޫރު މި ތަންތަންފިޔަވައި އެހެންތަންތަނަށް އެހާ ކާމިޔާބުދަތުރުތަކެއް ކުރެވޭނެހެން ހީނުވެއެވެ. މޯލްޑިވިއަން ގެ ފްލައިޓްތައް ދުނިޔޭގެ އެކި އެއާރޕޯޓްތަކުން ފެންނަން އަހަރުމެން ކިތަންމެހާވެސް ބޭނުމެވެ.
ހުސޭނާ
06 August 2017
ކައިރީގަ އޮތްކޮޅަބަށް ނުދެވުނުބަޔަކަށް ސައުތުއެފުރިކާޔަށް ދެވޭތަ ފަހަރެއްގަ ވެދާނެ ކަޑުމަގުން ކަމަވެސްދޯ
ކުޑަހުވަދޫ ސިނާން
06 August 2017
ހުސޭނު މެންގެ ސިކުނޑި އަބަދު ހުންނަނީ ނެގެޓިވް ބަޓަނަށް ފިތިފަތަ.
މަރުތެލި
06 August 2017
އެމެރިކާ އަށާއި ދެން ވެސް ވީހާ ވެސް ދުރަށް ފަށަންވީ.. ސައުތު އެފްރިކާ މީހުން އެންމެ ގިނައިން ޗުއްޓީއަށް ދަނީ އެތަނާއި އެންމެ 3 ވަރަކަށް ގަޑި އިރުން ދެވާ ހިސާބުގައިވާ ސީޝެލްސް، ރީޔޫނިއަން އަދި މޮރިޝަސް އަށް. މިތަންތަން ހުއްޓައި ރާއްޖެދާން މިމީހުންނަށް ބުނެދޭނެ ގޮތެއް ނުވިސްނިގެން މިއުޅެނީ
ރަދީފް އެންޑް ރަފައިދާ
06 August 2017
ތިއުޅެނީ ތިތަން ބަނގުރޫޓުނުކޮށްލެވިގެންތަ؟