22 އޮކްޓޯބަރ 2017 - 11:39
ޕަވަޓޫލްސްތަކުގެ ތެރެއިން ކަރަންޓަށް ނުޖަހާ ބޭނުން ކުރެވޭނެ ހަމަ އެކަނި އެއްޗަކީ ބެޓެރި ބުރުމާ ކަމަށް ގަބޫލުކޮށްގެން ތިއްބާ ވެލިގާ ހާޑްވެއާއިން ޖަރުމަނުގެ މަޝްހޫރު "މެޓާބޯ"ގެ އުފެއްދުންތަކާ އެކު އެކަން ބަދަލުކޮށްފި އެވެ. "މެޓާބޯ"ގެ ބެޓެރި ބުރުމާގެ އިތުރުން ގްރޭންޑަރާއި ބެޓެރި ކީސް ވެސް ލިބެން އެބަހުއްޓެވެ.
ބެޓެރި ބުރުމާ އާންމުކޮށް ބޭނުން ކުރަނީ "ލުއި" ތޮރުފުންތަކުގައި ނުވަތަ އިސްކޫރު ޖެހުން ފަދަ ކަންކަމުގައި ކަމަށް ވިޔަސް އެކަން ވެސް މިހާރު އެއްކޮށް މި ވަނީ ބަދަލުވެފަ އެވެ. "މެޓާބޯ"ގެ ބެޓެރި ބުރުމާގައި، "ބަރު" މަސައްކަތްތަކަށް ބޭނުން ކުރެވޭ އިންޕެކްޓް ޑްރިލް އާއި ހެމާ ޑްރިލް ވެސް ހިމެނެ އެވެ.
"މެޓާބޯ" ރާއްޖެ އަށް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު
މީގެ އިތުރުން، ކޮންމެ ބޭނުމަކަށް ވެސް ފިޓްވާ، "މެޓާބޯ"ގެ ކޯޑްލެސް (ބެޓެރި) ޓޫލްތަކުގެ ތެރޭގައި ސްކްރޫޑްރައިވާސް، ސާކިއުލާ ސޯ، ބްލޯވާ، ޕްލޭނާ، ފޭން، އެލްއީޑީ ލައިޓް، ޖިގްސޯ އަދި އެހެނިގެން ގިނަ ސާމާނުތައް ހިމެނެ އެވެ.
ބެޓެރި ގްރޭންޑަރާއި ބެޓެރި ކީހަކީ ދިވެހި މަސައްކަތްތެރިންނަށް އާ އުފެއްދުންތަކަކަށް ވާނެ އެވެ. "މެޓާބޯގެ" މި އުފެއްދުންތަކަކީ ކަރަންޓުން ބޭނުންކުރާ މިފަދަ ޓޫލްސްތަކަށް ވުރެ ސަލާމަތީގޮތުން ރައްކާތެރިކޮށް ތައްޔާރު ކޮށްފައި ހުންނަ ޓޫލްތަކެކެވެ.
މިސާލަކަށް، އާންމުކޮށް ގެންގުޅޭ ގްރޭންޑަރުތަކުން މަސައްކަތް ކުރާއިރު ތިލަ ތާށިވެއްޖެ ނަމަ ތިލަ ބިންދައިގެން ގޮސް މުޅި ތަނަށް ބުރައިގެންދާނެ އެވެ. މިފަދަ ހާދިސާތަކުގައި މަސައްކަތްތެރިންނަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަހުއްޓެވެ. ނަމަވެސް "މެޓާބޯ" ގްރޭންޑަރެއް ނަމަ، ތިލަ ތާށިވުމާ އެކު، ތިލަ ވަގުތުން ހުއްޓޭނެ އެވެ.
"މެޓާބޯ" ރާއްޖެ އަށް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ޓޫލެއް ދައްކާލަނީ.-- ފޮޓޯ: މިހާރު
ދެން "މެޓާބޯ"ގެ ބެޓެރީގެ ވާހަކަ އެވެ.
"މެޓާބޯ"އަކީ ޕަވަ ޓޫލްސް އިންޑަސްޓްރީ އަށް ބޮޑެތި އިންގިލާބުތަކެއް ގެނެސް، މުޅިން އާ ޓެކްނޮލޮޖީތައް ތައާރަފް ކޮށްފައިވާ ކުންފުންޏެވެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ކުންފުނީގެ "އަލްޓްރާ އެމް ޓޮކްނޮލޮޖީ" އެވެ.
މި ޓެކްނޮލޮޖީއާ އެކު، ޓޫލްސްތަކާ ބެޓެރި ޕެކްތައް ފަސޭހަކަމާ އެކު ގުޅުވާލަދެ އެވެ. ނަތީޖާއެއްގެ ގޮތުން، ޗާޖިން އެފިޝިއަންޓްވެ، އެނާޖީ ބޭނުން ކުރާ މިންވަރު ދަށްކޮށްދެ އެވެ. މި ހުރިހާ ކަމަކާ އެކު، ބެޓެރީގެ އުމުރު ދިގުވެ، ސާވިސް ކުރަން ޖެހޭ މިންވަރު ވަރަށް ބޮޑުތަން ކުޑަކޮށްދޭނެ އެވެ.
"މެޓާބޯ"ގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ ވެލިގާ ހާޑްވެއާ އަށް ދެނީ.-- ފޮޓޯ: މިހާރު
އަވަހަށް ޗާޖު ކުރުމަށް ބޭނުންވާ "އެއާ ކޫލް ޗާޖިން ޓެކްނޮލޮޖީ" އެއް ވެސް އެ ކުންފުނިން ވަނީ އަމިއްލަ އަށް ތަރައްގީކޮށް، ޕޭޓެންޓް ކޮށްފަ އެވެ. މި އިންގިލާބީ ޓެކްނޮލޮޖީއާ އެކު ބެޓެރީގެ ބާރު 67 ޕަސެންޓް އިތުރުކޮށްދީ، ބެޓެރީގެ އުމުރު ވެސް 87 ޕަސެންޓް އިތުރުކޮށްދެ އެވެ. އަދި ބެޓެރީގެ "ސާވިސް ލައިފް" 100 ޕަސެންޓް އިތުރުކޮށްދޭއިރު، އެންމެ އުނދަގޫ ކޮނޑިޝަންތަކުގައި ވެސް މަސައްކަތް ކުރެވޭނެ އެވެ.
މި ހުރިހާ ކަމެއްގެ އިތުރުން އެންމެ މޮޅުކަމަކީ "މެޓާބޯ"ގެ ޓޫލްސްތަކަކީ ހުރިހާ ޓޫލްސްތަކަށް އެއް ބެޓެރިއެއް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވުމެވެ. މާކެޓަށް އަލަށް ނެރެން ތައްޔާރުވާ ހުރިޙާ ޕްރޮޑަކްޓްތަކަށް ވެސް މިހާރު ބޭނުން ކުރާ ބެޓްރީތައް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ކޮންމެ ބެޓްރީ ޕެކަކަށް ވެސް ތިން އަހަރުގެ ވޮރެންޓީ ދޭނެ އެވެ.
ބެޓްރީގެ އިތުރުން، "މެޓާބޯ"ގެ މެރަތޯން މޯޓަރަކީ ވެސް މޮޅު އުފެއްދުމެކެވެ. އާ "ވެންޓިލޭޝަން ޓެކްނޮލޮޖީ"އާ އެކު 20 ޕަސެންޓް ހަޔާ އޯވަލޯޑް ކެޕޭސިޓީ ލިބޭނެ އެވެ. ޓާބޯ ފޭންސްގެ ސަބަބުން ގަޑިއަކު 400 ކިލޯމީޓަރު ބާރުމިނުގައި ވަައި ފޮނުވާލައި، ހޫނުކަން އަވަހަށް ކަނޑުވާލަދޭނެ އެވެ.
"މެޓާބޯ" އަކީ މީގެ 90 ވަރަކަށް އަހަރު ކުރިން، 1924 ވަނަ އަހަރު ޖަރުމަނުގެ ޕަވަ ޓޫލްސް އުފެއްދުމުގެ އިންޑަސްޓްރީ އެއްކޮށް ބަދަލުކޮށްލި ވަރުގަދަ ބްރޭންޑެވެ. މި ކުންފުނިން އުފައްދާ ޕަވަ ޓޫލްސް އަކީ ކޮލެޓީގެ ގޮތުންނާއި އުމުރު ނުވަތަ ޑިއުރެބިލިޓީ އަށް ބެލި ނަމަ ވެސް އެހެން ބްރޭންޑްތަކަށް ވުރެ މާ ކުރީގައި އުޅޭ ބްރޭންޑެއް ކަމަށް ޔޫރަޕް ގިނަ ބަޔަކު ބުނެ އެވެ. އެ ކުންފުނި އެހާ މަޝްހޫރުވެގެން ގޮސްފައި ވަނީ ވެސް މި ސަބަބާ ހުރެ އެވެ.
މިއަދު "މެޓާބޯ" އަކީ 100 އަށް ވުރެ ގިނަ ގައުމުގައި، އެތައް މިލިޔަން ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ. މިއީ "މެޓާބޯ"ގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ވުމުން، އެކަން ބަލައިގަނެފައިވާ ކަމުގެ ފުރިހަމަ ނަތީޖާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"މެޓާބޯ" ރާއްޖެ އަށް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު
"މެޓާބޯ" އަކީ ތޯތޯ ބްރޭންޑެއް ނޫންކަން މި ދެއްކި ވާހަކަތަކުން ހާމަވެގެން ދާނެ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރުދޭ ކަމަކީ މައްސަލަ ޖެހުމާ އެކު ފަސޭހައިން ސާވިސް ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާތީ އެވެ. ވެލިގާ ހާޑްވެއާ އިން "މެޓާބޯ" ވިއްކަން ފަށާފައި ވާއިރު، އެ ކުންފުނިން ތަމްރީނު ވެފައިވާ ޓެކްނީޝަނުން ތިބީ، "މެޓާބޯ"ގެ މައްސަލަތައް ހައްލުކުރަން އަތުކުރި އޮޅާލައިގެންނެވެ.
މި ވާހަކަތަކުގެ އިތުރުން "މެޓާބޯ" އަކީ ސަމާސާ ބްރޭންޑެއް ނޫންކަން މަތީގައިވާ ވީޑިއޯ ރިޕޯޓް ބައްލަަވައިލެއްވުމުން އެނގިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު1
23 October 2017
ކިހާ ދެރަ ކަމެއް. މެޓާބޯއެއް ނޫނޭ. މިބްރޭންޑަށް ކިޔަނީ މެޓަބޯ.