ޖަރުމަނު ވިލާތުގެ މަޝްހޫރު ޕަވާޓޫލް ބްރޭންޑް "މެޓާބޯ"ގެ އުފެއްދުންތައް ވެލިގާ ހާޑްވެއާ އިން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ދުނިޔޭގެ 120 ގައުމެއްގައި، މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ މެޓާބޯ ބްރޭންޑް ރާއްޖެ އަށް ތައާރަފް ކުރީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހަވީރު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު ވިދާޅުވީ، މެޓާބޯގެ ކޮންމެ އެއްޗަކަށް ވެސް އެއް އަހަރުގެ ވޮރެންޓީ ދޭނެ ކަމަށެވެ. އަދި މެޓާބޯގެ ބެޓެރި އަށް ތިން އަހަރުގެ އަންކޮންޑިޝަނަލް ވޮރެންޓީ ލިބިގެން ދާނެ ކަމަށެވެ.

ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު

"އަޅުގަނޑުމެންނަށް 10 އަހަރު ފުރިގެން ދާއިރު، މަސައްކަތްތެރިންނަށް ބޭނުންވާ ތަފާތު ވައްތަރުތައް ގެނެސްދެވޭތޯ އަޅުގަނޑުމެން މި ބަލަނީ. މަސައްކަތްތެރިންނަށް ވީހާވެސް ރައްކާތެރިކޮށް، ފަސޭހަ ކަމާ އެކީ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުން އަޅުގަނޑުމެންގެ އަމާޒަކީ،" ޒައިދު ވިދަޅުވި އެވެ.

މެޓާބޯގެ މިޑްލް އީސްޓް އަދި ސައުތު އޭޝިއާގެ ޖެނަރަލް މެނޭޖަރު މާސެލް ސީނިއާ ވަނީ އެ ކުންފުނީގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ ރަސްމީކޮށް ވެލިގާ އަށް ދީފަ އެވެ. އެކަމުގެ ލިޔުމާ ވެލިގާ އިން ހަވާލުވީ ޑިރެކްޓަރު ހަދީޖާ މުހައްމަދެވެ.

މެޓާބޯގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ ވެލިގާ ހާޑްވެއާ އަށް ދެނީ.-- ފޮޓޯ: މިހާރު
މެޓާބޯގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ ވެލިގާ ހާޑްވެއާ އަށް ދެނީ.-- ފޮޓޯ: މިހާރު

މާސެލް ވިދާޅުވީ މެޓާބޯ ހާއްސަވަނީ އެ ކުންފުނީގެ އުފެއްދުންތަކަކީ މަސައްކަތްތެރިންގެ ސަލާމަތަށް ވިސްނައިގެން އަދި ކޮންމެ މަސައްކަތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއްޗިއްސަށް ވާތީ ކަމަށެވެ. އެގޮތުން ގްރޭންޑަރުން ފެށިގެން، އިންޕެކްޓް ޑްރިލްތަކާއި ކަރަންޓު ކީސްތައް ކަރަަންޓާ ނުގުޅައި ބެޓެރިން ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް އެހެން ބްރޭންޑްތަކުގެ ގްރޭންޑަރުތަކުން މަސައްކަތް ކުރާއިރު ތިލަ ފިތުމުން ނައްޓައިގެން އައިސް ގައިގަ ޖެހުން ނުވަތަ ތިލަ ފުނޑުފުނޑުވެގެން މުޅި ތަނަށް ބުރައިގެން ދިއުން ފަދަ ނުރައްކާތެރި ކަންކަން އެބަވޭ. މެޓާބޯގެ ގްރޭންޑަރުތަކުގެ ތިލަ ތާށި ވާއިރަށް، މޯޓަރު އެނބުރޭއިރު ތިލަ އިންނާނީ ވަގުތުން ހުއްޓިފަ،" މާސެލް ވިދާޅުވި އެވެ.

މެޓާބޯގެ އުފެއްދުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ މެދުއިރުމަތީގެ އަދި ދެކުނު އޭޝިއާގެ ޖެނަރަލް މެނޭޖަރު މާސެލް ސީނިއާ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު
މެޓާބޯގެ އުފެއްދުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ މެދުއިރުމަތީގެ އަދި ދެކުނު އޭޝިއާގެ ޖެނަރަލް މެނޭޖަރު މާސެލް ސީނިއާ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މެޓާބޯގެ ބެޓެރި ތައްޔާރުކޮށްފައި ވަނީ ގިނައިރު ޗާޖު ހިފަހައްޓާނެ ގޮތަށް، ބާރުގަދަ ލިތިއަމް އެޗްޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށެވެ. ގްރޭންޑަރެއްގައި ބެޓެރި ބޭނުން ކުރާއިރު، 400 ވޯޓާއި އެއްވަރަށް ބާރު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެޓާ ބޯގެ ބުރުމާތަކުން ތޮރުފާއިރު، ނުވަތަ ކީހަކުން ކީހާއިރު ކުނޑި ބުރާ މިންވަރު ވެސް ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމަށް ވެސް މާސެލް ވިދާޅުވި އެވެ.

ވެލިގާ އިން މެޓާބޯ ސާވިސް ވެސް ކުރެވޭނެ

މެޓާބޯ އިން ޓްރެއިނިން ހަދާފައިވާ ޓެކްނީޝަނުންނާ އެކު ވެލިގާ އިން ވަނީ މެޓާބޯގެ ސެޓިފައިޑް ސާވިސް ސެންޓަރެއްގެ ހިދުމަތް ވެސް ފަށާފަ އެވެ. ވެލިގާ އިން ބުނީ މެޓާބޯގެ އެއްވެސް އާލާތަކަށްމައްސަލައެއް ދިމާވެއްޖެ ނަމަ 24 ގަޑިއިރު ތެރޭގައި އެކަން ހައްލުކޮށްދޭނެ ކަމަށެވެ.

މެޓާބޯ ރާއްޖޭ އަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ބައެއް ބޭފުޅުން.-- ފޮޓޯ: މިހާރު
މެޓާބޯ ރާއްޖޭ އަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ބައެއް ބޭފުޅުން.-- ފޮޓޯ: މިހާރު

މައްސަލަ ހައްލު ކުރަން ނަގާ ވަގުތުގައި ވެސް މަސައްކަތް ހުއްޓާލައިގެން ތިބޭކަށް ނުޖެހޭނެ އެވެ. އެ ވަގުތު ބޭނުން ކުރަން ބެކަޕް ޓޫލެއް ދޭނެ އެވެ.

ސާވިސް ސެންޓަރުން، އާލާތްތަކަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ އިތުރުން، މަސައްކަތްތަކަށް އެންމެ އެކަށީގެންވާ އާލާތްތައް ގަތުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.