ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: މޫޑީސް އިން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް ފާހަގަކޮށްފައި.
28 ސެޕްޓެމްބަރ 2017 - 22:00
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އަންނާނެ ކަމަށް ލަފާކުރެެވޭ ކުރިއެރުމާއެކު އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅުވާނެ ކަމަށް މޫޑީސް އިންވެސްޓާސް ސާވިސް އިން ތައްޔާރުކުރި ރާއްޖޭގެ ކްރެޑިޓް އެނަލިސިސްގައި ބުނެފި އެވެ.
މޫޑީސް އިން ތައްޔާރުކޮށް އިއްޔެ ނެރުނު މިއަހަރުގެ ރާއްޖޭގެ އެނަލިސިސްގައި ބުނެފައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނި އަދާކުރުމުގެ ގާބިލްކަން ދައުލަތުގެ މާލީ ނިޒާމްގައި އެބަހުރި ކަމަށެވެ. ނަމަވެސް ދައުލަތުގެ ދަރަނި އިތުރުވުމާއި އެއް ސިނާއަތަކަށް ރާއްޖޭގެ އިގްތިސާދު ބިނާވެފައިވުމާއި ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިއުމަކީ ރާއްޖެއަށް ދިމާވާނެ ގޮންޖެހުމެއްކަން މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.
މޫޑީސް އިން ނެރުނު އެނަލިސިސްއަކީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރެޑިޓް ރޭޓިން ދިނުމަށްފަހު ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން އަޕްޑޭޓެވެ. މޫޑީސްގެ އިތުރުން "ފިޗް ރޭޓިން" ވެސް މިއަހަރުގެ މެއި މަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ދީފައިވެ އެވެ.
މޫޑީސްއިން ހެދި އެނަލެސިސްގައިވާ ގޮތުން ރާއްޖެއަށް ދިން ބީ ޓޫ ކްރެޑިޓް ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.
ކްރެޑިޓް ރޭޓިންއަކީ އެ ގައުމެއްގެ މާލީ ސިޔާސަތާއި އިގްތިސާދީ ތަސައްވުރު އަދި ސިޔާސީ މަސްރަހަށް ރިއާޔަތްކޮށް އެ ގައުމެއްގެ ކްރެޑިޓް ރިސްކް ބަޔާންކުރުމަށް ހެދޭ ރޭޓިންއެކެވެ. އެ އެޖެންސީތަކުން ރޭޓިން ދިނުމަށްފަހު އެ ގައުމެއްގެ އިގްތިސާދަށާއި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް ބަލައި ދިރާސާކުރާނެ އެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި އެ ކްރެޑިޓް ރިސްކަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ހިނގައިފި ނަމަ ރޭޓިން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަނިކޭލެގެ
29 September 2017
މޫޑިސް ބުނީ މޯޑިސް އޯކޭއޭ
ކޮލެޖް ބޯއީ
29 September 2017
ކްރެޑިޓް ރޭޓިން މަތިވިޔަސް މިއަދުގެ ރާްޖޭގެ ހަގީގަތަކީ: ޗޭސް މޭންހެޓަން ބޭންކް މެދުވެރިކޮށް ބައިނަލް އަގުވާމީ ފައިސާ ގެ މުޢާމަލާތް ނުހިންގޭ. ޗޭސް ބޭންކު ގެ ނިންމުން ވަރަށް ގިނަ އެހެން ބޭންކު ތަކުން ދަމަހައްޓާފައި ވާތީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވެނީ ބައިނަލް އަގުވާމީ ފެންވަރު ގައި މުޢާމަލާތްކުރާ އެންމެ ބޭންކަކުން. މުޅި ގައުމު އެންމެ ބޭންކަކަށް ބަރޯސާ ވެފައި ވާތީ ރާއްޖެއިން ބޭރަށް ފައިސާ އެއް ފޮނުވާނަމަ، ވަރިހަމަ ސަތޭކަ ޑޮލަރަސް، އާދޭސް ކޮށް އެތައް ކެމްޕޭނެއް ކޮއްގެން ވަނީ. މީ ހާލަތު.
މަރީ
29 September 2017
ކްރެޑިޓް އެނަލިސިސް އަށް ވިޔަސް ކޮމެން އެއްޗަކަށް ވިޔަސް، މޫޑީސްއަށް ވެސް ލިބޭނީ ސަރުކާރުން އެމީހުންނަށް ދޭ ތަފާސްހިސާބު ދޯ. ރައްޔިތުންނަށް އެތަކެއް ކަންތައްތަކުގެ އޮޅުވާލައިގެން އުޅޭ ބަޔަކު ބޭރުގެ ތި ކުންފުނިތަކަށް ސައްހަ މައުލޫމާތު ދޭނެއެކޭ ނުބުނެވޭނެ. ތިއުޅެނީ އަނެއްކާވެސް ކޮންމެވެސް ތަނަކުން ބޮޑު ލޯނެއް ލިބޭތޯ. ދެން މޫޑީސްގެ ކްރެޑިޓް ރޭޓިން ރަނގަޅޭ ބުނީމަ ލޯނު ދޭ ފަރާތްތަކަށްވެސް ލިބޭ ހިންހަމަ ޖެހުމެއް އެއީ. އެކަމަކު ރައްޔިތުންގެ ބޮލުގައި މިހާރުވެސް އެޅިފަ ހުރި ލޯނުތަކުގެ އަދަދު ރައްޔިތުންނަށްވެސް ނޭންގޭ!
ހެހެ
29 September 2017
މަރީއަށް އެނގޭތަ ސަރުކަރުގެ ފަރާތުން ތިބުނާ ކުންފުނިތަކަށް ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދޭންތިބި ވަރަށް ގިނަ މީހުންނަކީ ހަމަ މަރީކަހަލަ ސަރުކާރާ ދެކޮޅު މީހުންކަން. އެހެން ނޫނަސް ބަޔަކު ރިޕޯޓެއް ހަދަން ބޭނުމިއްޔާ އެ ރިޕޯޓަކަށް ބޭނުންވާ މައުލޫމާތު އެހެރީ އޮންލައިންކޮށް ލިބެން. ލިޔަން އެނގެއޭ ކިޔާފަ ނޭނގޭ ވާހަކަ ދައްކާކަށް ނުޖެހޭ.
ދޮގެއްތަ؟
30 September 2017
ކަލޭ ތީ ރީނދޫ ގޮލައެއްނު. ތިމާގެ ގަމާރުކަން އަމިއްލައަށް ކިޔައިދޭނެ ކަމެއް ނެތް. ކަލޭމެން ފަކީރުންގެ ގަމާރުކަން އެންމެން ދަނޭ.
ހެހެހެހެހެ
29 September 2017
ކޮބާ ރީދޫ ޓްއިޓަރޭ މެން ހާދަ އަނގަ ބަނދޭ .
ޖައިލަމް ހުސޭން
29 September 2017
އެނަލިސިސް ހަދަން ޕޭކުރީ ކާކު. ތިޔަތަންތަނަކީ ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތައް.
ސުނިލް
29 September 2017
ދެން ގޮވާ މޫޑިސް ގަނެލީ އޭ
މާބުރު
28 September 2017
މަރުހަބަ ސަރުކާރު. މަރުހަބާ ރައްޔިތުން.