100 ޕްލަސް އިން ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން.
13 ޑިސެމްބަރ 2017 - 11:39
ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ 100 ޕްލަސް އިން ރާއްޖެ އަށް އިތުރު ރަހަތަކެއް ތައާރަފް ކުރުމަށް ބާއްވާ "ކެރޭނެތަ" ޕްރޮމޯޝަން ހުކުރު ދުވަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ބާޒާރަށް 100 ޕްލަސްގެ އާ ރަހަތައް ނެރުމަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވުމުން، އެ ހަރަކާތް ފަސްކުރީ އެވެ. ހުކުރު ދުވަހު އެ ހަރަކާތް އޮންނާނީ، 20:00 ގައި އާޓިފިޝަލް ބީޗުގަ އެވެ.
މި އިވެންޓުގައި ސްކައި ރޮކް ބޭންޑާއި މަޝްހޫރު ބޮޑުބެރު ބޭންޑް "1438" ގެ ފޯރިގަދަ ހަރަކާތްތައް އޮންނާނެ އެވެ. އަދި އިވެންޓް ކުރިއަށް ދާ ވަގުތު އެ ސަރަހައްދުން 100 ޕްލަސްގެ ރަހަ ބެލުމާއި ސުވާލުތަކަށް ޖަވާބު ދިނުމާއި ލަކީޑްރޯ ނެގުން ފަދަ އެތައް ކަމެއް އޮންނާނެ އެވެ.
"އިވެންޓްގެ މައިގަނޑު ކޮންސެޕްޓަކީ ހުރިހާ ޕާޓްނަރުން ވަކިވަކިން ކަސްރަތު ހަރަކާތްތައް ބޭއްވުން. އެގޮތުން ލައިވް ފިޓްނަސް ޗެލެންޖްތަކާއި ވޯކްއައުޓާއި ޒުންބާ ފަދަ ހަރަކާތްތައް ހިމެނޭނެ. މި ހަރަކާތްތަކުގައި ހުރިހާ މީހުން ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައި އޮންނާނީ،" އިވެންޓާ ގުޅޭގޮތުން 100 ޕްލަސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
އަލަށް ތައާރަފްކުރާ ރަހަތަކަކީ ބެރީ އަދި އެކްޓިވްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
100 ޕްލަސްގެ އާ ރަހަތައް ތައާރަފް ކުރުމުގެ އިވެންޓްގެ ޕާޓްނަރުންނަކީ ހީޓް ހެލްތް އެންޑް ފިޓްނަސް، މާލޭ ފިޓްނަސް ކްލަބް، ރިވައިވް ފިޓްނަސް، ޓްރެއިން ވިތް ކައި އަދި ހާފް ކޯޓް މޯލްޑިވްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިރިޝް
13 December 2017
ފޮޓޯ ފެނިފަ މަ ހީކުރީ އައިއާރުއޭ ގެ ގުރޫޕް ފޮޓޯއެއް ކަމަށް.