ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ނުކުންނަނީ: މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފައި.
19 ޑިސެމްބަރ 2017 - 16:44
މިދިޔަ މަހު ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމަށް 15 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ވަނީ 120،506 ޓޫރިސްޓުން އައިސްފަ އެވެ. އެއާއެކު ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 1.246.501 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޗައިނާއިން އެކަނި 21،195 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 11.8 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ މަހަކީ، މިއަހަރު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިއުމަށް ފަހު ފުރަތަމަ ފަހަރަށް އިތުރުވި މަހެވެ. އޭގެ އިތުރުން ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ޖަރުމަނުން އައި އަދަދު ވެސް ވަނީ ނުވަ ޕަސެންޓް އިތުރުވެފަ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން އައި އަދަދު ވެސް 18.7 ޕަސެންޓް އިތުރުވެފަ އެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ އޮކިއުޕަންސީ ރޭޓް ވެސް ވަނީ 63.2 ޕަސެންޓަށް އިތުރުވެފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރިހި
20 December 2017
ކިތަންމެ ކުރިއެރުމެއް ލިބުނު ކަމަށް ގޮވާނެގިޔަސް ދިރިއުޅުމުގެ އަގުތައް މަތިކަމުން ރައްޔިތުން އުޅެމުންދަނީ ދަތިޙާލުގަ
ޙުސެން
19 December 2017
ލިބުނު އިންކަމް މަދުވީމާ ނޫންތޯ ރިޒާޥްދަށްވީ. ގޮނދޮށުން ބަރަވެލި ހޮވައިގެން ކައިގެނ ދިޔައަސް ވަންނާނެ ފައިސާއެއް ނޮ އޮންނާނެ. ބަރަވެލީގެ ހިސާބުބަލަާ ބަރަވެއްޔަށް ޗާޖް ކޮށްގެން ނޫނީ އެއްޗެއް ނުލިބޭނެއެވެ.