ވިޔަފާރި / މޫސާ ޒަމީރު، ފޮރިން މިނިސްޓަރު

ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ އެއާޕޯޓް ތޮއްޖެހިފައި އޮތުމުން: މިނިސްޓަރު ޒަމީރު

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގެ އެރައިވަލް ހޯލުން ނުކުންނަނީ: އެއާޕޯޓު ތޮއްޖެހިފައި އޮތުމުން ޓޫރިސްޓުން ގެންނަން ގޮންޖެހުންތަކަކާ ކުރިމަތިވެފައިވޭ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތޮއްޖެހިފައި އޮތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި އަހަރު ލަފާކުރީ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެކަމަކު އެ މިންވަރަށް ޓޫރިސްޓުން ނުގެނެވުނު ނަމަވެސް މި މަހުގެ ނިޔަލަށް 1،37500 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާކުރީ މި އަހަރު އަންނާނީ ފަސް ޕަސެންޓްގެ ގްރޯތެއް ކަމަށް. އެ ޓާގެޓް ހާސިލްވެ މިހާރު ވަނީ ގާތްގަނޑަކަށް ހަތް ޕަސެންޓާ ކައިރިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުންނެވެ.

"މިހާރު އެއާޕޯޓުން ދެވެން އޮންނަ އެންމެ ގިނަ އަދަދަކަށް ހިދުމަތް ދެމުން ގެންދަނީ. އެންމެ ޕީކް ގަޑީގައި ބޯޓު ނުޖެއްސިގެން އެތައް އިރެއް ވަންދެން އޮންނަން އެބަޖެހޭ. އެ މައްސަލަ ހައްލުކުރެވޭނީ އާ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިތުރު އެއާލައިންތައް ގެނައުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 1،246.501 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

12 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 10%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެސްޓު

25 December 2017

މިނިސްޓަރަށް އެގިލައްވާބާ ރާއްޖޭގެ ހަނިމާދޫ އާ އައްޑޫ ގަމުގަ އިންޓަނޭޝަނަލް ދެ އެއާޕޯޓް އޮންނަކަން؟ މިދެއެއާޕޯޓް ތޮއްޖެހޭ ވާހަކަ އެއްވެސް ބަޔަކު ދައްކާ އަޑެއް ނާހަމު. ޓޫރިސްޓުން ބޭނުން ކުރަން ބޭނުންވަނީ ހަމައެކަނި ވެލާނާ އެއާޕޯޓް ކަމައް ސާވޭ އަކުން ދެއްކީބާ؟؟ވެލާނާ އެއާޕޯޓް ތޮއްޖެހިގެން އެރައިވަލްސް ދައްވާނަމަ ހަނިމާދޫ އަދި ގަމައް ފްލައިޓް އިތުރު ކުރެވެނިކޮށް ޓޫރިސްޓުން އިތުރުވާނެކަން ކޮންމެވެސް ބޭފުޅަކު މިނިސްޓަރައް ދަންނަވާ ދެއްވުން ރަނގަޅު ވާނެ...

The name is already taken The name is available. Register?

ކިކިކިކި

25 December 2017

100 ކައިން އެއަރޕޯޓްތައް ހެދިޔަސް ވާކަށް ނެތެއްނު، މި ސީޒަންގަވެސް މި އަންނަނީ ދޭތި ކަޅެއް ޕެކޭޖުގެ ގެސްޓުން، ރިސޯޓް ތައް ފުލް، އެކަމަކު ސާވިސް ޗާޖު، ބޯނަސް އަކަށް ބަދަލެއް ނާދެ،،،އަނެއްހެން މި ޖެހެނީ ސަލާން ޖަހާ މީހުން ގެނެސްގެން ރިސޯޓްތައް ފުލް ކުރަން. މި ވަރުން ނުފުދިގެން އަދިވެސް ސަރުކާރަށް މި އެދެނީ އަންނަ ޗައިނާ ގެސްޓުުންނަށް ރަނގަޅު ގޮތްގޮތް ހަދައިދޭން. އެމީހުން މިތާ ހިލޭ ބައިތިއްބަންވީނު.

The name is already taken The name is available. Register?

1234

25 December 2017

ކޮބާތަ ރާއްޖޭގެ ދެކޮޅުގަ ހެދި އިންޓަނޭޝަނަލް އެއަރޕޯޓްތައް؟ އެތަންތަނަށް ފްލައިޓްތައް ފޮނުވީމަ ވެލާ އެއަރޕޯޓަށް ލޯޑު ކުޑަވާނެ.

The name is already taken The name is available. Register?

ހަމަ

25 December 2017

އެއާޕޯޓު ހަދަން ލޯނުނެގި އަދަދު އަޅެ ކޮންމެވެސް ކުއްޖަކު ސާފުކޯށްލަދީބަލަ

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

25 December 2017

ބެގޭޖު ހެންޑްލްކުރަން އިތުރު ވިއްސަކަށް އިތުރުކުރިޔަސް ތޮއްޖެހުން ކުޑަވާނެ. ގިނައިރުދަނީ ފޮށި ނުލިބިގެން.

The name is already taken The name is available. Register?

ލުކްވެލް

24 December 2017

ރިސޯރޓްސް ތަކުގެ އޮޕަރޭޓިންގް ކޮސްޓް ދަށް ކޮށް ރިސޯރޓް ތަކުން ބޭރު މީހުންނަށް ދޭ އެކަށީގެން ނުވާ ބޮޑެތި މުސާރަ ދިނުން ހުއްޓާލާ ދިވެހިން ރިސޯރޓް ތަކުގެ މެދު ފަންތި އާއި މަތީ ފަންތި އަށް ލައިގެން މެނުވީ ދެން ރިސޯރޓްސް ތަކަށް ގެސްޓުން ނާންނާނެއެވެ. ރިސޯރޓެއްގަައި އެބަތިބެއޭ މަހަކު 20 ހާސް ޑޮލަރު ދޭ ބޭރު މީހުން. މީ ބޮޑު ވަރު ނޫންތޭ. މިވަރުގެ ބޮޑެތި މުސާރަ ދޭ ގިނަ އަދަދެއްގެ އޮސްޓްރޭލިޔާ އަދި ޔޫކޭ އަދި ޔޫރަޕް މީހުން ރިސޯރޓްސް ތަކަށް ގެނެސް ގެން އެމެންގެ ފަރާތުން ދެވޭ ޚިދްމަތެއް ގެސްޓުންނަކަށް ނުފެނޭ. އެމެން އެންޖޯއި ކޮށްލަނީ ރިސޯރޓް ގެ ބާރ އަށް ވަދެ ހިލޭ ބިއަރު ފުޅި ފުޅި ދަމާލާ ރާ ބޯލާ. ރިސޯރޓް އޮންނަނީ ޚިދްމަތް ނުދެވިފައި. ކަން މިހެން ހުރުމުން މީ ޓޫރިޒަމް މިނިސްޓަރަށް ނޭގޭ އިންސައިޑް ސްޓޯރީ އޮފް ރިސޯރޓްސް. ރިސޯރޓްސް ތަކުގެ ކެއުން ވެސް ބޮލަކަށް ދުވާލަކަށް 2 ޑޮލަރަށް ބަދަލު ކޮށް އަދި ރިސޯރޓް ތަކުގެ ރެމިއުނިރޭޝަން އައުޓް އޮފް ޕޮކެޓް އެކްސްޕެންސެސް އެން ޕާރޑިއަމް ކުޑަ ކޮށް ސާރވިސް ޗާރޖް ކަނޑާލާ

The name is already taken The name is available. Register?

ދަވޭ

24 December 2017

ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ އެއާޕޯޓް ތޮއްޖެހިފައި އޮތުމުން ކަމަށް ވުމަކީ އެއީ ވެސް ރީޒަން އެކެވެ. އެކަމަކު އެއީ އަދި މުޅިން ވެސް ތެދު ކަމަށް މަމެން ނުނިންމާނަމޭ. ޓޫރިސްޓުން އިތުރު ނުކުރެވިގެން އުޅޭ ފެކްޓަރސް ތަކަށް ބަލާއިރު އެންމެ ބޮޑު މައްސަލަ އަކީ ޑޮމެސްޓިކް އެއާރޕޯރޓްސް ތައް ރާއްޖޭގައި ނެތުން މުޅި ރާއްޖޭގައި. ހއ. ހޯރަފުށީގައި އެއާރޕޯރޓެއް ނެތި ގައްލަންދޫ ކަނޑުން އުތުރު ތަރައްގީ ނުވާނެ އަދި އައްޑޫގެ ޓޫރިޒަމް ތަރައްގީ ނުވާނެ ހުޅުދޫ މީދޫގައި އެއާރޕޯރޓެއް ނެތި އަދި ށަވިޔަނި އަދި ނޫނު އަދި ޅަވިޔަނި އަދި މީމު އަދި ފާފު އަތޮޅުގައި އެއާރޕޯރޓްސް ނެތި އެސަރަހައްދުގެ ޓޫރިޒަމް ކުރި ނާރާނެ ކޮންމެ އެއްޗެކޭ ކޮންމެ މިނިސްޓަރަކު ބުނި ނަމަވެސް. މަމެންގެ ވެރިކަމުގައި އަދި މިނިސްޓަރުން ދައްކާ ހުރިހާ ވާހަކަ ތަކެއް މަމެން ގަބޫލު ނުކުރާނަން. ދެން އަނެއް ފެކްޓަރ އަކީ ރިސޯރޓް ރޫމް ރޭޓް އެބަޖެހޭ ދުވާލަކަށް 100 ޑޮލަރު ޖެހޭނެ ރޭޓުން އޮޕަރޭޓިންގް ކޮސްޓް ދަށް ކޮށް ސާރވިސް ޗާރޖް %3 އަށް ދަށް ކުރަން.

The name is already taken The name is available. Register?

އަލީ.

24 December 2017

އަދިވެސް ހުރިހާ ބާރެއް މާލެޔައް ބައްކުރޭ ޕާކުކުރާނެ ތަނެއް ހިނގާލާނެ ތަންކޮޅެއް ނެތަސް ވަރިހަމަ

The name is already taken The name is available. Register?

ސޮކްތެރެޕީ

24 December 2017

މިހާރު ޔާމިން ހަދަމުންދަ އެއާޕޯޓް ވަރައްރީތިވެފާ ހިއްގައިމްވާނެ.

The name is already taken The name is available. Register?

ކުނި

24 December 2017

ޖީއެމްއާރަށް އެއާޕޯޓު ވިކާލާފައިވާތީ އެއާޕޯޓެއް ނެތެއްނުން މިހާރު

The name is already taken The name is available. Register?

ޢަލީމް

25 December 2017

2014ގަ ނިމެންއޮތް ޓާމިނަލެއް ހުއްޓުވާފަ ޓާމިނަލެއްނެތިގެން ޓޫރިސްޓުން އިތުރު ނުކުރެވޭވާހަކަ ދެއްކުމަށްވުރެ ސީތަފާ މަތީ ދަނޑިންތެޅުން މާރީތިވާނެ.

The name is already taken The name is available. Register?

ޤާސިމް

25 December 2017

ޓާމިނަލް ބޮޑުކުރުމަށްވުރެ ލަސްވަނީ އެއާޓްރެފިކް އާ ރަންވޭ ބިޒީވީމާ ކަމެއް ނޭނގޭތަ. ޖީއެމްއާރުން މަސައްކަތްކުރީ އެއާޕޯރޓްގައި އައު ރަންވޭ އެއް އެޅުމުގެ މަގު މުޅިން ބަންދުކޮށް، މިތަނުގެ އެއާ ޓްރެފިކްގެ ބޮޑުބައެއް އިންޑިއާ އަށް ޑައިވާޓް ކުރުމުގެ ޕްލޭންއެއް. އެއިރުން މިހާރު ފްލައިޓެއް ޖެއްސުމާއި ރަންވޭ ކްލިއާ ކުރުމަށް ހިނގާ 15 މިނިޓްގެ ސަބަބުން އެއާޕޯރޓްގެ ތޮއްޖެހުން ބޮޑުވެގެން ދާނީ. 2014 ގައި ޓާމިނަލެއް ލިބުނަސް އެތަނަށް ބޭނުންވާ ވަރަށް ޕެސިންޖަރުންނެއް ނުލިބޭނެ އޭރުންނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454