ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ރެސްޓޯރަންޓެއް: މުވައްޒަފުންނަށް ބޮޑު ސާވިސް ޗާޖެއް ލިބުނު
06 މާޗް 2018 - 14:00
މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 2،070.80 ޑޮލަރު (31،931.7ރ.) ބަހައިފި އެވެ.
މިއީ މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓް ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައިވެ އެވެ.
ނ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 2،542 ޑޮލަރު (39،197.6ރ.) ބަހާފައިވެ އެވެ.
އެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1،476 ޑޮލަރު (22،759ރ.) ލިބުނެވެ. ތިން ވަނާގައި އުޅެނީ ވަން އެންޑް އޮންލީ ރީތި ރަށެވެ. އެ ރަށުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ އަށް 18،766ރ. އެވެ.
އެއް ހާސް ޑޮލަރަށް ވުރެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައި ވަނީ ރާއްޖޭގެ ނުވަ ރިސޯޓަކުންނެވެ. އޭގެ ތެރޭގައި ދިވެހި ކުންފުނިތަކުން ހިންގާ ރިސޯޓްތަކުގެ ތެރެއިން ހިމެނެނީ އެންމެ ރިސޯޓެކެވެ. އެއީ ޔުނިވާސަލް ރިސޯޓުގެ މިލައިދޫ އައިލެންޑް ރިސޯޓެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1،175.91 ޑޮލަރު (18،132ރ.) ލިބުނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ދިހަ ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ ވެސް އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޔަންމާ
07 March 2018
އެކަމު އަހަރެން އަޑުއެހި ގޮތުގަ އެންމެ ބޮޑު އެއްޗެއް ލިބުނީ ސަން އައިލެންޑް ރިސޯޓުން އެއީ މުވައްޒިފަކަށް 4000 ޑޮލަރު
ރިސޯޓު ބޯއީ
06 March 2018
ގިނަ ރިސޯޓު ތަކުގަ ތިޔަވަރަށް ސަރވިސް ޗާޖް ދެވެން އޮންނާނެ ފުލް އޮކިއުޕެންސީގަ ހިންގާ ރިސޯޓުތަކުގަ. އެކަމަކު ރިސޯޓު ހިންގާ ވެރިން އެމީހިންގެ ޖީބަށް ވަކި ބައެއް އަޅާފަ ނޫނި ތި ނުބަހާ ރިސޯޓުތައް ގިނައީ . ހަމަ ހަމަ ގޮތަކަށް ސާވިސް ޗާޖު ބަހާނަމަ ރިސޯޓު މަވައްޒަފުންޙާ ބޮޑު އާމްދަނީއެއް ލިބޭ އެހެން ދާއިރާއެއް ނޯންނާނެ.
ގައުމުގެ ދުލުން
06 March 2018
މިގައުމުގެ ކައްޕި މިކަމުގައި ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރަން...
ކުރެއްދޫ
06 March 2018
އުއްޗުގެ ރިސޯޓްތަކުން ކިހިނެއްބާ ހަދަނީ
އަލިރާ
06 March 2018
ގަވާއިދުގައިވާ ގޮތުން ސަރވިސް ޗާރުޖު ޖުމުލަ އަދަދުން ގިނަވެގެން %1 އުނިކުރެވިދާނެ ރިސޯޓު ބޭނުންވެއްޖެ ހިދެއްގައި. ބާކީ %99 ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ބަހަންޖެހޭނެ، މގަވާއިދު ހުރިހާ ރިސޯޓުތަކުން ތަންފީޒުކުރަމުން ނުދޭ، މިގަވާއިދު ތަންފީޒު ކުރަމުންދޭތޯ ޓުވަރިޒަމް މިނިސްޓުރީން ނުވެސް ބައްލަވާ، އަދި މިކަމާއި މެދު ޓުވަރިޒަމް މިނިސްޓުރީން ފިޔަވަޅުވެސް ނާޅާ. މިގަވާއިދު ތަންފީޒުކުރާ ބައެއް ރިސޯޓުތައް އެބަހުރި. މިގޮތުން ޕާރކުހަޔަޓުގެ ނޯޓިސް ބޯޑުގައި ކޮންމެ ހަފުތާއަކު 1 ފަހަރު ސަރވިސް ޗާރޖު ލިބޭ މިންވަރު އާއްމުކުރަމުންދޭ.