ހުޅުމާލޭގައި އަލަށް ހަދާ ފުޑް ކޯޓާއި މާރުކޭޓް ހިމެނޭ ސަރަހައްދުގައި ހަދާފައިވާ ބިލްޑިންގެއް: މިތަނުގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
26 މާޗް 2018 - 14:48
ހުޅުމާލޭގައި 71 ގޮޅި ހިމެނޭ ޒަމާނީ ފެންވަރުގެ މާރުކޭޓަކާއި ފުޑް ކޯޓެއް ހިމެނޭ ބިލްޑިންއެއް ހަދަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) ކިޔާ ކުންފުންޏާ ހަވާލުކޮށްގެން ހަދާ ބިލްޑިންގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ ކަމަށެވެ. އެތަނުގައި ހިމެނެނީ ރާއްޖޭގެ އުފެއްދުންތައް ވިއްކަން 63 ގޮޅި އާއި ކެފޭ ގޮތަށް ހިންގަން އަށް ގޮޅި އެވެ.
ހުޅުމާލޭގައި އަލަށް ހަދާ ފުޑް ކޯޓާއި މާރުކޭޓް ހިމެނޭ ބިލްޑިންގުން ބައެއް: މިތަނުގައި 71 ސްޓޯލް ހިމެނޭ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
"މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް މުހިންމު ތަނެއް. މިތަނުގައި ހުންނާނެ ދިވެހިންނަށް މަހާއި ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކުރެވޭ ސްޓޯލްތަކެއް. އޭގެ އިތުރުން ދެން ހިމެނޭނީ ކާބޯތަކެތި ވިއްކާ ސްޓޯލްތައް،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ދެކުނަށް އޮންނަ ސަރަހައްދުގައި މާރުކޭޓާއި ފުޑް ފުޑްކޯޓް ހިމެނޭ ބިލްޑިންގެ ފައުންޑޭޝަން ނިންމައި، ފުޑްކޯޓުގެ ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ ފުރާޅުގެ މަސައްކަތް ވެސް އަންނަ މަހު ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި މިހާރު ވެސް މަހާއި ދިވެހި އުފެއްދުންތައް ވިއްކަން މާރުކޭޓެއް މައި ބަސް ސްޓޮޕް ކައިރީގައި ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
27 March 2018
ކިތަންމެ ޒަމާނީ ފެންވަރަށް ހެދިއަސް ހީވާނީ އިންޑިއާ ލަންކާ ގެ ފަގީރު އަވަށެއްގައި އޮންނަ ތަނެއް ހެންނެވެ. މިހާރު ހަދާފަހުރި ހުވަނދުމާ މާރުކޭޓު އެހުރީ ދަގަޑު ހޮޅިން ހަދާ ރީތި ސަތަރި ޖަހާފައެވެ. އެތަން ހަދާފަހުރީ ރީތިކޮށެވެ. އެކަމަކު ތަންބޭނުންކުރާމީހުންވަނީ މުޅިތަން ހުތުރުކޮށްފައެވެ.
އުމަރު
26 March 2018
ހަދާނެ އެކަމަކު ކުޑަކުޑަ މާރުކޭޓެއް ހަދާނީ 5 އަހަރުން 5 އަހަރަށް އިތުރުކޮށް މަރާމާތުކޮށް ކަޓްނެގޭގޮތަށް ބަދަލުތަށް ގެނެވޭގޮތަށް، ހުޅުމާލޭގެ ކުރީގެ ޕްލޭން މުޅިން ހިނގައްޖެ، މިހާރު އެއީ ހަމަ ދިވެހިންގެ ކިއްލާއެއް
ޙިނި
26 March 2018
ތިތަން ހަދާލަން ވެސް ބިލްކޮއްލާނެ 25 މިލިޔަން ޑޮލަރު
އާދަނު
26 March 2018
ބޭރުގެ ކުންފުންޏަކަށް ތިޔަވަރުގެ ކުޑަ ޕްރޮޖެކްޓެއް ދޭންޖެހުނު ސަބަބެއް ނޭންގުނު.
ޢަހޫ
26 March 2018
ހުސްކޮރަޕްޝަން
އައްޔުބެ
26 March 2018
ތިޔަބުނާ އެމްއެމް އެކްސްޕޯޓަކީ މައުމޫން ސަރުކާރުންފެށިގެން މިއައި ހުރިހާ ސަރުކާރެއްގައި ފައިދާ ނަގަމުންދާ ކޮރަޕްޓް ކުންފުންޏެއް. މިމީހުންއަތުން ވަރަށް ޓިޕްސްލިބިފައިހުންނާނެ ސިވިލްސާވިސްގެ މެނޭޖިރިއަލް ލެވެލްގެ މީހުންނަށާއި ނައިބުން ލެވެލްގެ ސިޔާސީ ފަރާތްތަކަށް.
ކައުރީ
26 March 2018
ކޮބާތަ މަސްމާރުކޭޓު
ވާލުސޮރު
26 March 2018
ތިޔަބުނާ ބާވަތްތައް ހުޅުމާލޭ ގެ ކުދިފިހާރަ ތަކުންވެސް އާންމުކޮށް ލިބޭ ހުޅުމާލޭ ރައްޔިތުންނަށް އެންމެ ދަތިވަނީ ޒަމާނީ ރޯމަސް މާރުކޭޓެއް ނެތީމަ. މިހާރު އަތްފޯރާ އަގެއްގަ މަސްކޮޅެއް ލިބެނީ މަސްވެރިކަން ރަނގަޅުވެފަ ކަންނެލި ބަދަރުން މަސްވިއްކާ ދޯންޏަކުން މަސްވިއްކާ ފަހަރަކާ ލައްވާލިއްޔާ.:ހުޅުމާލޭގަ ހިންގާ މަސްފެކްޓަރީ އަކުން މަސްކިލޯއެއް އުޅެނީ އާންމު ރައްޔިތުންގެ އަތްފޯރާވަރަށް ވުރެ މާ މަތީގަ. ހުޅުމާލޭ ބައެއް ރައްޔިތުން ބުނަނީ މަސްފެކްޓަރީގެ ނުފޫޒާ ހުރެ ހުޅުމާލޭގަ މަސްމާރުކޭޓެއް ނޭޅިގެން އުޅެނީކަމަށް.
އެޅިގަލުންތަ؟
26 March 2018
އެޅިގަލުންތަ؟
ރަދީފް
26 March 2018
''އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) ކިޔާ ކުންފުންޏާ ހަވާލުކޮށްގެން ހަދާ ބިލްޑިންގެ''.އެއްކަލަ 100 މިލިއަނުގެ ޖޫރިމަނާ ކިހިނެތްވާނެބާ؟؟