އޭއައިއޭގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސި މުހައްމަދު ލަތީފް.-- ފޮޓޯ: މިހާރު
26 އެޕްރީލް 2018 - 12:18
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރަކަށް، އުވާލަން ނިންމާފައިވާ މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ލަތީފް ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭއައިއޭގެ މެނޭޖިން ޑިރެކްޓަރަކަށް ލަތީފް ހަމަޖެއްސިއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި މ. ފައިޒާ އައިޝަތު ޒާރާ އާއި މއ. ދީބް، ފާތިމަތު މިޒްނާ އައްޔަން ކޮށްފައިވާ ކަމަށެވެ. ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް ލަތީފަކީ އައިލެންޑް އޭވިއޭޝަންގެ ވެސް ބޯޑު މެމްބަރެކެވެ.
އޭއައިއޭ އަކީ ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އޭގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިން އިން 30 ޕަސެންޓް ހިއްސާ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 10 ޕަސެންޓް، އެސްޓީއޯގެ 10 ޕަސެންޓް ހިއްސާ ހިމެނެ އެވެ.
އޭއައިއޭގެ ޗެއާމަން ހަމަޖައްސަނީ ބޯޑުގެ މެމްބަރުންގެ ތެރެއިންނެވެ. ނަމަވެސް މިވަގުތު އެ ކުންފުނީގެ ޗެއާމަނެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
27 April 2018
މާލޭ ސަރުކާރުގެދަށުން ހިންގާކުންފުންޏަކުން އަމުދުން އޭއައިއޭގެ ތިތިބަމީހުންގެމަސްލަހަތާއި ގޭން އެއަރޕޯޓްގެ ތަރައްޤީއާއިފުށުއަރާނެތީ ތިޔަކުންފުންޏަކަށް ގޭން އެއަރޕޯޓް ތަރައްޤީކޮށްނުހިންގޭނެ. . . . އެހެންކަމުން މިސަރުކާރުބަދަލުވުމާއިއެކު އޭއައިއޭ ބޭންކްރަޕްޓްއިއުލާންކޮށް ކުންފުނިއުވާލާހިއްސާދާރުންގެ ތެރޭގައިތިބިމީހުންވެސް ކުންފުނިހިންގުމަށްކުރާންޖެހޭ މަސައްކަތްކޮށްފައިނުވާތީ ހަމަހަމައުސޫލުން ގެއްލުމަށް ޒިންމާކޮށް މިކަންނިންމުމަށްފަހު “މޯލްޑިވިއަން، ގޭން އިންޓަނޭޝަނަލް އެއަރޕޯޓް ޕކލ ގެ ނަމުގައި އައްޑޫ ސިޓީ، ފުވައްމުލަށް ހުވަދޫ ލާމް އަދި ތ އަތޮޅު ކައުންސިލް ބައިވެރިކޮށް ކޮންމެކައުންސިލެއްގެ %5 އަދި ގޭން އެއަރޕޯޓް ސަރަހައްދުގެ އެންމެ މަތީފެންވަރަށް ތަރައްޤީކުރުމަށާއި އަލަށްއުފަންދާކުންފުނީގެ މަތިންދާބޯޓް ސީޕްލޭންފްލީޓް ބޮޑުކުރުމަށް ބޭނުންވާހުރިހާފައިސާއެެއް އިންވެސްޓްކުރާ ބޭރުގެބަޔަކަށް %50 ދިވެހިރައްޔިތުންނަށް ބާކީހުރި ހިއްސާވިއްކާ ރާއްޖޭގެ އެންމެނަފާވެރި ކުންފުންޏަށް މިތަންބަދަލު ކުރެވޭނެ.
އެންދެރިސޮރު
27 April 2018
މިހާރު ފްލައިޓަށް އަރަނީ ކުޑަ އަލައިގެން ދެން އެވަރުވެސް ނުވާނެ. މިޤައުމުގަ ހަމަ ނެތީތަ މިކަމަށް ޤާބިލު މީހަކު؟؟
ނޫރުްއްދީން
27 April 2018
އޭ ކޮބާ. ގަމުގަ މަސައްކަތް ކުރާ ހުރިހާކުދުން ޕިންކް ކުލައިގެ ޓީޝާޓާ، ފަޓުލޫނަކާ،ޓައިއެއް ގަނެފަ ބަހައްޓައްޗޭ. ދެން ޖަލްސާތަކަށް ބޯހަމަކުރުމަށް ތައްޔާރަށް ތިބެންޖެހޭނީ.
މީނައަކީ
27 April 2018
ކުރިން ސްރީލަންކަން އެއަރލައިންސްގަވެސް މަސައްކަތް ކުރި މީހެއް
ލައްޗޭ
27 April 2018
އެމް އާރް ޑީސީ
ކަދުރުވެހިކަލް
26 April 2018
އެމް އާރު ޑީސީގަ ޓްރެއިނިންގ ހަދާފަ ހުރީ
މުހައްމަދު ހުސޭން
26 April 2018
މަރުހަބާ މުހައްމަދު ލަތީފް.
ރަދީފް
26 April 2018
އޭވިއޭޝަން ދާއިރާއިން ކޮބައިތޯ މިބޭފުޅާގެ ސީވީގަ އޮތް އެއްޗަކީ؟؟ ވ.ވެދުން. ~ރަދީފް~®
އަނިލް މަނިކު
26 April 2018
ވޮލީ ބޯޅަ އެސޯސިއޭޝަން ނުހިނގުނު މީހަކަށް ތިކަން ވެދާނެކަމކަށް ނުފެނޭ
ދޮންމަނިކުބެ
26 April 2018
ގެއްލުނު މަޤާމުގެ ބަދަލުގައި މަޤާމެއް ދެއްވައިފި މިހެން ސުރުޚީއަކަށް ޖެހިނަމަ ވަރަށް ފުރިހަމަވީސް. މީއަޅުގަނޑުގެ ޚިޔާލެއް. އެހެންވެސް ބުނެވިދާނެތާ، އެއް މަޤާމަށްވުރެ ގިނަ މަޤާމުތައް އެކަކަށް ދޭއިރު، މިޤައުމުގައި މިފަދަ މަޤާމުތައް އަދާކުރެވޭނެ ޖޮބެއްނެތި އުޅޭ ތައުލީމީ މީހުން ބައިވަރު.