ވިލާ ޕެޓްރޯލް ޝެޑް ބަންދުކޮށްފައި، އެ ކުންފުނިން އިންޑަސްޓްރިއަލް ވިލެޖުގައި އާ ޕެޓްރޯލް ޝެޑެއް ހުޅުވަން ވަނީ ހަމަޖެހިފައި ކަމަށް ބުނޭ.-- ފޮޓޯ: މިހާރު
07 މެއި 2018 - 13:53
ފަންސަވީސް ބުރި އަށް އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެކުނުން ހުރި ވިލާ ޕެޓްރޯލް ޝެޑް އިއްޔެ އިން ފެށިގެން ބަންދުކޮށްފި އެވެ.
ވިލާ ޕެޓްރޯލް ޝެޑްތައް ހިންގާ ވިލާ ހަކަތައިގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ، ޕެޓްރޯލް ޝެޑް އިއްޔެ ބަންދުކުރީ ސަރުކާރުން އަންގައިގެން ކަމަށެވެ. އަދި އެ ތަން ބަންދުކުރަން ހައެއްކަ މަސް ކުރިން ނޯޓިސް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްުޔެ ބަންދުކުރީ. މިއަދު އެތަން ރޫޅާލުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މާލޭގައި ހިންގާ ވިލާގެ ހަމައެކަނި ޕެޓްރޯލް ޝެޑް ބަންދު ކުރި އިރު، އެހެން ޕެޓްރޯލް ޝެޑެއް ހަދަން އިންޑަސްޓްރިއަލް ވިލެޖުން އެ ކުންފުންޏަށް ބިމެއް ދީފައިވާ ކަމަށެވެ. އެ ބިމުގައި ޕެޓްރޯލް ޝެޑް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންދުކުރި ވިލާ ޕެޓްރޯލް ޝެޑާ އިންވެގެން، އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ހިމެނޭ އެސްއޯއެފް އިން ކުރިން ހިންގި ޕެޓްރޯލް ޝެޑެއް ވެސް ހުރެ އެވެ. އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ވާއިރު އެ ތަން ވެސް ރޫޅާލާނެ އެވެ.
ވިލާ އިން މާލޭގައި ހިންގާ ޕެޓްރޯލް ޝެޑު ބަންދުކުރި އިރު، އެ ކުންފުނިން ހުޅުމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާއްނާ
08 May 2018
އާދެ ހޮސްލިޓަލް ކަހަލަ ތަންތަން ކަވަރީ ޕެޓްރޯލްޝެޑްތަކާއި ތެޔޮވިއްކާ ތަންތަން ހުރުމަކީ ސެކިއުރިޓީގެގޮތުން ނުރައްކާތެރިކަމެށް ، އަދި އިންޝުއަރެންސް ކުރާއިރު މައްސަލަ ނުކުންނާނޭކަމެށް ، ތިޔަނިންމުމަކީ އެގޮތުން ބަލާއިރު ރަގަޅު ނިންމުމެށް،
ޢަލީ1
08 May 2018
ތިތަން ތަނުން 24 ގަޑިއިރު ހިދުމަތް ލިބެންޖެހޭ ނަމާދުގަޑީގަ ސައިހޮޓާހުޅުވިފަ ހުންނަކަމަށް ވަންޔާ ބަންދުކުރެވިގެން ނުވާނެ އެއްގަޑިއެއްގަވެސް ނަމާދުގަޑި ނުވަތަ ރޭގަޑުމީހުން ނިދުމުން ޓްރާންސްޕޯރޓް ހުއްޓިގެން ނުވާނެ
ރިޔާޒ
07 May 2018
ހުއްޓަސް ނެތް ތަންތަން. ގަވާއިދުން ހުޅުވާފަ ހުންނަ ތަންތަނެއްވެސް ނޫން.
ހޮޓްކިންގ
07 May 2018
ފިއުލް ސަޕްލައިން އައިޖީއެމްއެޗްކައިރީ ހިންގާ ތަންވެސް ބަންދުކޮށް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަންވީ. ހަމައެކަނި ސައިކަލަށް ޚިދުމަތްދޭން ކީއްކުރަން ހުޅުވާފަ ހުރިތަނެއް.
މަމެން ތަމެން ޑާޑާ
07 May 2018
އެބަ ރަނގަޅު ! ބަދަލުދީފައި ކަންކަންކުރީމަ.
އަހަންމާބެ
07 May 2018
މީގަ ވަކި މައްސަލައެއް ނެތެއްނުން! މިއޮތީ ރައްޔިތުންގެ ރައްކަލަކަށް އެޅި ފިޔަވަޅެއް. ދެން އޮތީ ވިލާއަށް ބިމެއް އެއޮތީ ލިބިފަ، ހައެއްކަމަސްކުރިން ނީޓިސް ދީފައިވުމުން މިތަން ބަންދުކުރާއިރު ލިބުނު ބިމުގައި ޝެޑެއް އެޅިނަމަ ހުންނާނީ މިހާރު ނިމި ޚިދުމަތްދެވޭ ވަރުވެފައި ކަމުގައި ދެކެން. މިކަންވެސް ސިޔާސީ ނުކުރިއްޔާ ރަނގަޅު!
ޒުވާން އަހަންމާ
07 May 2018
އަހަންމާބެޔަށް ބުނެލަން އޮތީ އެގްރީމެންޓް ހަމަނުވަނީސް ބިމެއްދިނަސް އަދި އެޔަކީ ހައްލެއްނޫން. އެތަން އެޅުމަށް އެދާ ހަރަދު ދެނީ އަންމާބެތަ؟؟