އުރީދޫގެ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕޭނުގައި މެސީ ދިވެހި ސަގާފީ ހެދުމުގައި.
14 ޖޫން 2018 - 20:10
ޑިޖިޓަލް ދުނިޔެއެއްގައި ކުރެވިދާނެ ތަފާތު ކަންކަން ދައްކުވައިދިނުމުގެ ގޮތުން، އުރީދޫ އާއި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ގުޅިގެން "އެންޖޯއި ދަ އިންޓަނެޓް"ގެ ނަމުގައި ތަފާތު ކެމްޕޭނެއް ފަށައިފިއެވެ.
މެސީ އަކީ އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ، މި ކެމްޕޭނުގައި ފެނިގެން ދަނީ އުރީދޫން ހިދުމަތް ދެމުން އަންނަ އެކި ގައުމުތަކުގެ ސޯޝަލް މީޑިޔާގައި ނުފޫޒުގަދަ މީހުންނާ އެކީގަ އެވެ. މީގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އަހްމަދު އާތިފް ވެސް ފެނެ އެވެ.
މިކެމްޕޭންގެ ދަށުން، އުރީދޫގެ އެންމެ ކުރިއަރާފައިވާ ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
"މެސީ އަދި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުން ވަނީ އަޅުގަނޑުމެންގެ ނެޓްވޯކްގެ ފެންވަރާއި ލިބެން ހުރި ޑިޖިޓަލް ކޮންޓެންޓްގެ މުއްސަނދިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައި. މެސީއާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އަދި މިކަމަށްޓަކައި މެސީ އަށް ޝުކުރު އަދާކުރަން،" އުރީދޫގެ ސީއީއޯ ޝައިޚް ސައުދް ބިން ނާސިރް އައްޘާނީ ވިދާޅުވި އެވެ.
މިރޭ ފަށާ ވޯލްޑްކަޕް މެޗުތަކާ ދިމާކޮށް އުރީދޫ އިން އާންމުކުރި "އެންޖޯއި ދަ އިންޓަނެޓް" ވީޑިއޯގައި ދިވެހި ސަގާފީ ހެދުމުގައި މެސީ ފެނިގެން ދެ އެވެ.
ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އާތިފް، މެސީއާ އެކު އުރީދޫގެ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕޭނުގައި.
"މެސީއާ އެކު ކުރިއަށްގެންދިޔަ މި ކެމްޕެއިނުގައި، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު އާތިފަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. އާތިފަކީ ރާއްޖޭގެ ގިނަބައެއްގެ މަގްބޫލުކަން ލިބިފައިވާ، އައު ކަންތައްތަކާ ކުރިމަތިލާން ވަރަށް ކެރޭ އަދި ޑިސިޕްލިންޑް އެތުލީޓެއް. އަދި މި ކެމްޕެއިނަށް، ހާއްސަގޮތެއްގައި ޕްރާގާއި ބާސެލޯނާގައި ކުރިއަށްދިޔަ ޝޫޓިންގެތެރޭގައި، އާތިފްގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" އުރީދޫގެ މޯލްޑިވްސްގެ ޑިރެކްޓާ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވި އެވެ.
ބާސެލޯނާ އަދި އާޖެންޓީނާ ގައުމީ ޓީމުގެ އެންމެ މުހިންމު ފޯވާޑް ކަމަށްވާ މެސީ، އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެވެ. މީގެ ކުރިން ވެސް އުރީދޫ އާ އެކު މެސީ ވަނީ ތަފާތު ކެމްޕޭންތައް ކުރިއަށް ގެންގޮސްފަ އެވެ.
"ފުޓުބޯޅަ ދަނޑުގެ ބޭރުން ވެސް ޑިޖިޓަލް ދުނިޔޭގައި ކޮށްލެވޭ ތަފާތު މަޖާ ކަންތައްތައް ދައްކުވައިދޭ މި ކެމްޕެއިނަށް، އުރީދޫއާ އެކު ކުރެވުނު މަސައްކަތް ވެގެން ދިޔައީ ވަރަށް ފުރިހަމަ ތަޖުރިބާ އަކަށް. ކަސްޓަމަރުންނާ ހަމައަށް އުރީދޫ އިން ގެނެސްދެނީ، މުޅިން ތަފާތު ދުނިޔެ އެއް،" އުރީދޫ އިން މިއަދު ފެށި ކެމްޕޭނާ ގުޅޭގޮތުން މެސީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޅޯ
17 June 2018
ތި ހިޔެއްނުވޭ އަސްލު އެޑް އެއް ހެނެއް.
ލ.އަތޮޅު
16 June 2018
ބުނަންތަ މި އިސްތިހާރުގަ އެއްވެސް އަސްލެއްނެތް..
ޖޭމުސް ބޮންޑު
15 June 2018
އަދިވާނެ މެސީ މަހަށް ފޮނުވަންވެސް އިނގޭ.. ރަގަޅުވާނެ މުބާރާތުން ކެޓީމަ...
ޝޮކްތެރަޕީ
15 June 2018
އެމްޑީޕީ ކުރާ ކެންޕޭނުން މިރާއްޖެ އަގުވެއްޓެނީ.
ހޯރަފުށީ ފަންކާ
15 June 2018
ސުކުރިއްޔާ އުރީދޫ
ޙަސަންދީ
15 June 2018
އުރީދޫއިން ތިޔަ ފެށި ކެންޕޭނުން މި ދިވެހިރާއްޖެ އިތުރަށް ދުނިޔެއައް އިސްތިހާރުވެގެން މިދިޔައީ، ތިޔަ ކެންޕޭނުން ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމައްވެސް ވަރަށް ބޮޑު ނަފާއެއް ލިބިގެންދާނެ ދުޢާއަކީ އެހެން ކުންފުނިތައް ސިޔާސީ މުޑުދާރު އަމަލްތަކުން ހަލާކުވެން ދާހެން އުރީދޫ އައްނުވުން..
ސައިނީ
15 June 2018
ސާއިދުވެސް ދިރާގު ދޫކޮށް އުރީދޫއަށް ބަދަލުވުން ބުއްދިވެރި މަގޭ ހިޔާލު ބީ ގުލޯބަލް
ހުސީމެސީ
14 June 2018
މެސީއަށް ހަމަލޮލުން ދިވެހި ރާއްޖެ ބަަލާލުމުގެ ފުރުސަތު ނުލިބި ހުރި މީހަކު ދިވެހި މުންޑެއް ލެއްވީމާ ކަމަކު ނުދޭ... އޭނާ ރާއްޖެ ގެނެވޭ ފެންވަރު އުރީދޫގައި ނެތީތަ؟ މާ ބޮޑު އަގެއް ކިޔަނީތަ؟ ވާ ގޮތެއް ބުނެބަލަ
ސައިނީ
15 June 2018
މެސީ ރާއްޖެގެންނަށް ބޭނުން ނުވަނީ ކަންނޭގެ ދޯ
ސެމީ
16 June 2018
ގައުމު ގުދުރަތީގޮތުން ރީއްޗަސް ވެރިކަން މުޑުދާރު. ރައްޔިތުން އޮޕްރެސްޑް. މެސީ ޕްރޮޓެސްޓް.
ކުދުރޭޑިއޯ
14 June 2018
މެސީ އައްޑިހަ އައްޑިހައިގެ މުންޑެއް ލައްވާފަ ޅާބެއް ހިފައިގެން ރާބަދި ހިފައިގެން ދާ ފޮޓޯއެއް ނެތްތަ.