ކުޑަ ބަނޑޮސްގެ މަތިން ނަގާފައިވާ ފޮޓޯއެއް: މިއީ މާލެ އަތޮޅުގައި މިމަހު ހުޅުވި ދެވަނަ ރިސޯޓު. ފޮޓޯ: ކުޑަ ބަނޑޮސް
31 ޖުލައި 2016 - 12:30
ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އޮތް ކުޑަ ބަނޑޮސް، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި މިދިޔަ ހޯމަ ދުވަހު ހުޅުވައިފި އެވެ.
"މަލަހިނި ކުޑަ ބަނޑޮސް"ގެ ނަމުގައި ހުޅުވި ހަތަރު ތަރީގެ ރިސޯޓުގައި ހުންނަނީ ތަފާތު ފަސް ވައްތަރެއްގެ 82 ކޮޓަރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 40 އަކަމީޓަރުގެ ބީޗް ވިލާ އާއި 22-24 އަކަ މީޓަރުގެ ގާޑެން ރޫމްތަކެކެވެ. ނަމަވެސް މިރަށުގައި މޫދު ކޮޓަރިއެއް ނުހުރެ އެވެ.
ކުޑަ ބަނޑޮސް ރިސޯޓުގެ ކޮޓަރިއެއް: އެ ރިސޯޓު ވަނީ މިދިޔަ ހަފުތާގައި ހުޅުވާފައި. ފޮޓޯ: ކުޑަ ބަނޑޮސް
އެ ރިސޯޓުގައި ދެ ބާ އަދި ރެސްޓޯރަންޓެއްގެ އިތުރުން ސްޕާ އެއް ވެސް ހުރެ އެވެ. އަދި މޫދު ކުޅިވަރުތަކަށާއި ޑައިވިން ހާއްސަ މެރިން އެންޑް ރެކްރިއޭޝަން ސެންޓަރެއް ވެސް ކުޑަ ބަނޑޮހުގައި ހުރެ އެވެ.
މާލެއާ 9.7 ކިލޯ މީޓަރު ދުރުގައި އޮންނަ ކުޑަ ބަނޑޮސް ތަރައްގީކުރަން ސަރުކާރުން ދިނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ރަށް ރިސޯޓެއްގެ ގޮތުގައި ހިންގަން ހުއްދަ ދޫކުރީ ޕިކްނިކް އައިލެންޑްތައް ރިސޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ދަށުންނެވެ.
ކުޑަބަނޑޮހުގެ ގޮނޑުދޮށުގައި ޓޫރިސްޓުންގެ ބަޔަކު ކުޅިވަރު ކުޅެނީ. ފޮޓޯ: ކުޑަ ބަނޑޮސް
ޕިކްނިކް އައިލެންޑްތައް ރިސޯޓްތަކަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ކ. މާދޫ ފިނޮޅު ވަނީ "އޯޒެން ބައި މާދޫ"ގެ ނަމުގައި މަތީ ފެންވަރު ރިސޯޓެއްގެ ގޮތުގައި މިމަހުގެ ކުރީކޮޅު ހުޅުވައިފަ އެވެ. އަދި ދަތުރު ދާން ބޭނުންކުރި ކ. ކޮއްދިއްޕަރުގައި ވެސް ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި
01 August 2016
ދިވެހިން އެކަނިދާގޮތަށް އޮތީމާ ދާނީ ހަފުތާޔަކު އެއްދުވަހު، ރިސޯޓު ހެދީމާ ދާނޭ ހުރިހާ ދުވަހަކު. ބައިވަރު ފައިސާވެސް ލިބޭނެ. މިހާރުވެސް ގިނަމީހުން ދަނީ ރިސޯޓުތަކަށް ފެންވަރުގަ އުޅެލައި ޗުއްޓީ ހޭދަކޮށްލަން. ފައިސާވެސް އެބަހުއްޓޭ. ދެރަނުވޭ.
ދިވެހި ފަތުރުވެރިޔާ
01 August 2016
ދިވެހިން އެކަނި ދާންއޮންނަ ރިސޯޓަކަށްހެދި ނަމަ ޢޭރުން ދިވެހިންނަށް އުފަލެއް ލިބޭނީ، ރާއްޖޭގައި ޑޮމެސްޓިކް ޓުއަރިޒަމް ކުރިއަރުވަން އެބަޖެހޭ، އޭރުން ރާއްޖެއިން އެތައްބައިވަރު ޑޮލަރު ބޭރުނުވެ ސަލާމަތް ކުރެވޭނީ
ނޯ
01 August 2016
މިއީ ވަހީއްދީން ހިންގައިފައިވާ ބޮޑު ޖަރީމާއެއް!
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
31 July 2016
ދުނިޔެ ބަދަލުވެ ކަންކަން ''ބަދަލު ކުރާން ބޭނުންވި ރައްޔިތުން'' ކަންކަން ބަދަލު ކުރަމުން އައިސް 2016 ވަނަ އަހަރު އައިއިރު އެމަރިކާ އާއި ޔޯރޮޕް ގެ ޤައުމު ތަކުގައި ''ސާދާ ރައްޔިތުންގެ ވެރިކަން'' ހިގާން ފަށާ އަދި އެފްރިކާގެ ހުރިހާ ޤައުމު ތަކެއްގައިހެން އޮތް ''ޖައްބާރު ވެރިކަންތައް ވައްޓާލާ'' މަޑޫމަޑުން ރައްޔިތުންގެ ވެރިކަން ޤާއިމް ކުރަމުން ޑިމޮކްރަސީ އަށް މަގު ކޮށަމުން ދާ އިރު އަރަބި ޝޭހުން ތަކުގެ ''ރަންދުނިޔެ'' ބަދަލުކޮށް އެފަދަ ޤައުމު ތަކަށް ވެސް ''ރައްޔިތުންގެ ބާރުވެރިކަން'' ފެތުރެން ފަށައިފި. . . . . އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާ ގެ ބަނޑުދޮށުގައި އޮތް ސިލޯނާއި އިންވެގެން އޮތް ކުޑަކުޑަ ދިވެހި ރައްޖޭގެ ރައްޔިތުންނަށް މިވަނީ ކަނު އަދިރި ކަމުގެ ތެރެއިން އަރައި ނުގަނެވިފަ. . . . ބައެއްމީހުން އަދިވެސް ''ރައްޔިތުންގެ ވެރިކަމަށް ބިރުގަންނާތީ'' ރައްޔިތުންނަށް ބާރު ދޫނުކުރާން ވެގެން ކަނޑިބަޑީ އަދި މުލައްދަނޑީގެ އިތުރުން ދުނިޔޭގެ ޤާނޫނު ތަކާއި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ހިލާފު ޤާނޫނު ޖޯދުކުރުވައި ދުވަސް ނުފުރާ ވިހައިގެން ނެރުމުގެ ސަބަބުން ރާއްޖެ މިވަނީ ''ޖަރާސީމެއް ފެތުރި'' ވަބާއެއްގެ ތެރެއަށްވެއްޓިފައި. / މިނިވަންކަން ، އައްޑޫ ސިޓީ
ޥަލިޔުލްވގ
31 July 2016
ތޮއްޖައްސާފައިޥަ މާލެ ރައްޔިތުން ހިތްހަމަ ޖައްސާލާ އުފާކޮށްލަން ދާން އޮތް ހަމައެކަނި ދެރަށްއެޢީ ރައްޔިތުންގެ މަޖްލީހުގެ އަގުލަބިއްޔަތު ހޯއްދަވާގެން ކުރައްވާހާވެސް ކަމަކީ ކަޓްޖައްސާ ތިމާމެންގެ ޖީބުބޮޑުކުރުން.. ރައްޔިތުންނަށް އެއްވެސް ބެއްލެވުމެއްނެތް ހާބަރުކަޑަތައް ނެނއގެވީ. ކާނިވާ ކަޑަތައް ނެގުން ދެންއެއޮތީ.. ގާޑިޔާތައް ގެންގޮސް ކުނިކޮށި ކާރިޔަށް.. ފިނިމަިޒާންތައް ނެންގެވީ. ކުނިއުކާލުމަށް އޮތްކުޑަ އަގު 85 އިން 850ރ އަށް. ކަރަންތް ސަބްސިޑި ކަނޑުވާ އަދި ޢެވަރުންވެސް ނުފުދި އަގުވެސް ބޮޑުކުރެއްވީ. ޢާސަންދަ އިން ލިބޭ ބޜސްތައް މަދުކުރެއްވީ. ޢެހިދުމަތް ޢާޢީޖީއެމްއެޗެކޭ އެއްގިތަށް އޮތްއޮތުން ޢޭޑިކޭ ކިބައިން ނެންގެވީ.. އެއަރޕޯޓް ކުއްޔަށް 25 އަހަރަށް ދެއްވީތީ އަތުލައްވާ 99 އަހަރަށް ފަޅުރަށްރަށާއި ބައެއް ބިންތައް ވިއްކަވަނީ. ދެން އޮތް ހަމައެކަނި ހައްގުކަމަށްވާ ރައްޔިތުންގެ އަޑުފޯރުކޮސްދޭ ފަރަތްކަމަށްވާ މީޑިއާގެ ބާރު ނެންގެވީ.....ރައްޔިތުންގެ ކެކުޅުން ހައްދުންނައްޓަވާގޮތް ނުހައްދަވާ.
007
31 July 2016
ކީއްވެތަ އާރަށް ވިޔަފާރި އުސޫލުން ބޭރުބަޔަކށް ވިއްކާނުލީ؟ ދެން މީގެ ފަހުން ދިވެހިން ޕިކްނިކް ދާނީ އާރަށަށް. ވަރިހަމަ ނޭރުވިޔަސް.
ބަނޑޮސް
31 July 2016
ރަގަޅު ވެރިޔަކު ދިވެހިންނައް ލިބުނު އިރަކުން މިރައް މާލޭ ރައްޔަތުންނައް އަބުރާ ހޯދަންވާނެ. ކުޑަ ބަނޑޮހަކީ މާލޭ ރައްޔަތުންގެ ހައްގެއް.
މުޙައްމަދު
31 July 2016
މާލޭ ރައްޔިތުން ކޮންތާކުން ހޯދި ޙައްޤެއް އެއީ.. މާލޭގެ ރައްޔިތުންނަށް އޮންނާނީ މާލެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ކަނޑަކީ ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤެއް.
މުހައްމަދުގެ ބައްޕަ
31 July 2016
ކަލޯމެން މާލެ އަޜައި ތޮއްޖެސީމަ އަހަރަމެން ދާކަށްނޯވޭ އިތުރު ތަނެއް. ކަލޯމެން500ރ އަށް ވޯޓް ވިއްކަވާލައްވައިން ވަކި ރަނގަޅުގޮތެއް ވިބާ.
މުޙައްމަދު ބައްޕަގެ އަންހެނުން
01 August 2016
ކަލޯމެންނަށް ކާންބޯން ތިޔަ ލިބެނީ އަހަރެމެން މާލެއަރާ ތޮއްޖައްސުވައިގެން ދޭ ކުލިން. މާލޭ ރައްޔިތުންނަށް ގޯތިދޭން ވިލިގިއްޔާ ހުޅުމާލެ ހިއްކަައި އިންޑަސްޓްރިއަލް ޒޯނާ ހެދިގޮނޑުދޮށާއި ރަސްފަންނާއި ބުރިޖުއަޅަނީ އަހަރެމެން އަތުން ވެސް ޓެކްސް ނަގައިގެން. އަހަރެމެން 500 އަށް ވޯޓުވިއްކަނީ މާލޭ ބޭފުޅުން ރައީސްކަމަށް ހޮވަން. ތިޔަ ބޭފުޅުން ވޯޓުވިއްކަނީ ގޯއްޗާއި ފްލެޓަށް
ޢައިންތު
31 July 2016
ދިވެހީންނަށް ޗުއްޓީ ދުވަހު ދަތުރަކުވެސް ދެވެން އޮތް ރަށްއަތުލާފަ ކޮންވާހަކައެއް...
އޭޕީ މީހާ
31 July 2016
ދިވެހިންނަކީ ހަމައެކަނި މާލެ މީހުންތާ؟ މާލޭގަ ދިވެހިންނަށްވުރެ ގިނައީ ބިދޭސީން ލޮލް. ބަލަ އަހަރުމެން ރާއްޖެތެރޭ މީހުން ނޫޅެމޭ ޗުއްޓީއެއް ލިބުނީމަ ދާނެތަނެއް ނުވެގެންނެއް. ގައުމުގެ މެޖޯރިޓީ އަކީ ތިބައިމީހުންގެ ބަހުރުވައިންނަމަ "ރާއްޖެތެރޭގައި" ތިޔައީ މައިނޯރިޓީ
މެންޓަލިސްޓް
31 July 2016
ވަރަށް ގިނަ މީޙުންގެ ޙިޔާލްތަފާތްވެފައި އޮތް މައްސައެއް ކުޑަބަނޑޮހަކީ ،،،، ދަތުރުދާނެ ތަނެއް ނެތޭ އެންމެ ގިނައިން ކީ. އަސްލުގައި އެވެސް ރަގަޅު ވާހަކައެއް.، ނަމަވެސް ރިސޯޓެއް ހެދީމަ އެތަނުން ކުރާ އިގްތިސޯދީ ފައިދާ ގައުމަށް ބޮޑުވާނެ. އެތައް ބަޔަކަށް ވަޒީފާއާއި ދައުލަތަށް ލިބޭ ޓެކްސްގެ އާންމުދަނީ އިތުރުވާނެ. ދެން ދިވެހިން ދަތުރުދާން ހުޅުމާލޭ ސެކަންޑްފޭސްގައި އޮތް ފަރުކޮޅުފުށި އެގޮތުގައި ބޭއްވުން ބުއްދިވެރީ. ޢޭރުން ހުރިހާ ކަމެއް ފުރިހަމަވީނުން.
ރެދަން
31 July 2016
ތިތަން ވަހީއްދީން ނެގުމުން އޭނާއާއަށް ކުރާ އިހްތިރާމް ގެއްލިއްޖެ!!! ދިވެހިންނަށް ހެޔޮ އެދޭ މީހެއްކަމަށް ވަކާލާތު ކުރިއަސް އެތައް ހާސް ބައެއްގެ ހިތްހަމަޖެހުން އެންމެ މީހެއްގެ ހިތަްހަމަ ޖެހުމަށްޓަކާ ތިއޮތީ ގުރުބާން ކޮށްފައި... ދުވަހަކު ވެސް ވަހީއްދީނަށް ތިކަމަކަށް މާފެއް ނުކުރާނަން.