އެއާ އިންޑިއާގެ 76 ޕަސެންޓް ހިއްސާ ވިއްކާލަން ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް ޝައުގުވެރިވާނެ ބަޔަކު ނުވި.
30 އޯގަސްޓް 2018 - 13:28
ނިއު ދިއްލީ (އޮގަސްޓް 30) - ކައިރި މުސްތަގްބަލެއްގައި އެއާ އިންޑިއާ ޕްރައިވެޓައިޒް ކުރެވިދާނެހެން ހީނުވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ޕާލަމެންޓުގެ ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.
އޭވިއޭޝަން މިނިސްޓްރީގެ ސީނިއާ އޮފިޝަލުން ޕާލަމެންޓަރީ ޓްރާންސްޕޯޓް، ޓޫރިޒަމް އެންޑް ކަލްޗާ ސްޓޭންޑިން ކޮމިޓީ އަށް ހާޒިރުވެ ގެއްލުމާ އެކު ހިންގާ އެއާލައިނަށް ސަރުކާރުން ފައިސާ ހޭދަކުރާ ގޮތުގެ މައުލޫމާތު ވަނީ ދީފަ އެވެ.
އެއާ އިންޑިއާގެ ހިއްސާ ވިއްކުމާ ގުޅޭ ގޮތުން ކޮމިޓީން ކުރި ސުވާލެއްގައި ސިވިލް އޭވިއޭޝަން ސެކްރެޓަރީ އާރު. އެން ޗޫބޭ ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި އެކަން ކުރެވިދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
އެއާ އިންޑިއާގެ ހިއްސާ ވިއްކަން ހުޅުވާލި މުއްދަތު ވަނީ މިދިޔަ މެއި މަހުގެ ނިޔަލަށް ހަމަވެފަ އެވެ. އިންޑިއާ ސަރުކާރުން ބުނެފައި ވަނީ މިއީ އިންޑިއާގައި އިންތިޚާބު ބާއްވާ އަހަރަށް ވާތީ، އެއާ އިންޑިއާގެ ހިއްސާ ވިއްކުމުގެ ޕްލާނާ އެއްގޮތަށް ކުރިއަށް ނުދިއުމަށް ނިންމައި، އެއާލައިނުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ސަރުކާރުން ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން މި ގޮތަށް ނިންމާފައި ވަނީ އެއާ އިންޑިއާގެ 76 ޕަސެންޓް ހިއްސާ ވިއްކާލަން ހުޅުވާލި މުއްދަތު މިދިޔަ މެއި މަހު 31 ގައި ހަމަވިއިރު އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ސަރުކާރުގެ ސްޓްރެޓެޖީ އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.
އެއާ އިންޑިއާ ގަންނަން އެއްވެސް ފަރާތަކުން ޝައުގުވެރި ނުވީ، ތަޖްރިބާކާރުން ބުނާ ގޮތުގައި، ސަރުކާރުން ހުށަހަޅާ ޝަރުތުތައް ބޮޑުވުމުންނެވެ. އެއާލައިން ވިއްކާލަން ކުރާ މައިގަނޑު އެއް ޝަރުތުގެ ތެރޭގައި ގަންނަ ފަރާތަކުން އެއާލައިނުގެ 27،000 މުވައްޒަފުންނާ ހަވާލުވާން ޖެހެ އެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. އެއާލައިނުގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާލައިންގެ ހިއްސާ ގަންނަ ފަރާތަކުން އެ ދަރަންޏާ ވެސް ހަވާލުވާން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
30 August 2018
އިންޑިއާ ބަޔަކާ ބޭރުގެ އެއްވެސް ބަޔަކާ ވިޔަފާރިއެއް ނުކުރެވޭނެ، އެއީ އެމީހުންގެ އެދުން އެއަށްވުރެބޮޑުވާނެ، އެމީހުންނަށް ވިޔަފާރިކުރެވޭނީ އެމީހުން އެމީހުނާ،
ވާލުސޮރު
30 August 2018
ނާ ތިހެނެއް ނުވާނެ ތާ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ބާއްވާ އިންތިޚާބުން ކޯލިސަނުން ކާމިޔާބުކޮށް ވެލާނާ އިންޑިޔާގެނަމުގައި ތިޔަ ބުނާ އެއާރ އިންޑިއާ ޕްރަވަޓައިޒް ކުރާނެ
ޑަން
30 August 2018
ޢުމުރުން ފަސްދޮޅަސް އަހަރުވެފަ ތިބި ކެބިން ކުރޫ އިން ލައިގެން ތިކަން ނުކުރެވޭނެ