ރީލޯޑެއް ނުވަތަ ރާސްޓަސްއެއް ބޭނުންވެއްޖެ ނަމަ އަވަސް އަރުވާލާފައި ދަނީ އެންމެ ކައިރި ކަންމަތީ ފިހާރައަށެވެ. ބިލަކަށް ފައިސާ ދައްކަން ޖެހިއްޖެ ނަމަ ނަންބަރު ނަގައިގެން އެތައްއިރެއް ހޭދަކުރަންޖެހެ އެވެ. ނަމަވެސް މިކަން ބަދަލުވެއްޖެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެއަށް މި ވަނީ މިކަމަށް ފަހިކަމެއް އައިސްފަ އެވެ.

"ފަހިޕޭ" ގެ ނަމުގައި ދެ ޒުވާނަކު އުފައްދާފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮންލައިންކޮށް އަދި އޮފްލައިންކޮށް ރީލޯޑް ނުވަތަ ރާސްޓަސްގެ އިތުރުން ގިނަ ބިލްތަކަށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދީފި އެވެ.

ދިވެހި ބަހުން ވެސް ބޭނުންކުރެވޭ މި އެޕްލިކޭޝަނުން ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ހިދުމަތްތައް ހޯދާލެވޭނެ އެވެ. ފަހިޕޭގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

ފަހިޕޭ އަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި އެޕްލިކޭޝަންގެ ހިދުމަތް ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފަ އެވެ. އެގޮތުން ދިރާގު އަދި އުރީދޫގެ ހުރިހާ ބިލަކަށް ފައިސާ ދެއްކުމާއި ދިރާގު އަދި އުރީދޫ ޕެކޭޖު ރީޗާޖާއި ދިރާގުޕޭ ކޭޝްއިން އަދި އުރީދޫ އެމްފައިސާ ކޭޝްއިންގެ ހިދުމަތް ވެސް ލިބެ އެވެ. އަދި ސްޓެލްކޯގެ ކަރަންޓް ބިލާއި މީޑިއާ ނެޓްގެ ބިލްގެ އިތުރުން ފެން ބިލަށް ވެސް ފަހިޕޭ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ އެވެ. އަދި މޯލްޑިސްވް ގޭސްގެ ގޭސް ފުޅިއަށް ވެސް މިހާރު އޯޑަރު ކޮށްލެވޭނެއެވެ.

މާލޭގެ ބުރަ ބޮޑު ދިރިއުޅުމުގައި އުޅޭ މީހުންނަށް، ކިއުގައި އެތައް އިރަކު މަޑުކޮށްގެން ބިލް ދެއްކުމަށް ހޭދަވާ ވަގުތު ސަލާމަތްވީ އެވެ. ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ފަހިޕޭ މެދުވެރިކޮށް ބިލްތައް ޝެޑިއުލް ވެސް ކޮށްލެވޭނެ އެވެ. ޕަހިޕޭ މެދުވެރިކޮށް ރީލޯޑު ނުވަތަ ރާސްޓަސް ހިދުމަތް ހޯދާ ނަމަ އިތުރު ފައިދާތަކެއް ވެސް ކަސްޓަމަރުންނަށް ލިބެ އެވެ. އެގޮތުން ފަހިޕޭގެ ބޯނަސް ސްކީމްގައި ބައިވެރިވުމަށް ފަހު ކުރައްވާ 50ރ. އިން ފެށިގެން މަތީގެ ކޮންމެ ރީލޯޑު ނުވަތަ ރާސްޓަސްއަކަށް ޕޮއިންޓް ލިބޭނެ އެވެ. މި ޕޮއިންޓްތައް ރިޑީމް ކުރުމުން ހިލޭ ބެލެންސް ހޯދުމުގެ ފުރުސަތު ވެސް ފަހިޕޭގައިވެ އެވެ.

އެއްފަހަރާ އެތައް ނަމްބަރަކަށް އެސްއެމްއެސް ފޮނުވާލެވޭ ބަލްކް އެސްއެމްއެސްގެ ޚިދުމަތް ވެސް ފަހިޕޭއިން ލިބެ އެވެ. އާންމު ގޮތެއްގައި ކަސްޓަމަރުންނަށް ވިޔަފާރީގެ ނަމުގައި އެސްއެމްއެސް ފޮނުވަން ޖެހޭ ފަރާތްތަކަށް މި ޚިދުމަށް ވެގެންދާނީ ވަރަށް ބޭނުންތެރި ޚިދުމަތަކަށެވެ. ރާއްޖޭގައި އެންމެ ހެޔޮއަގުގައި ފަހިޕޭއިން މި ޚިދުމަތް ދޭއިރު، މިޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

އިތުރު ފީއެއް ދެއްކުމެއް ނެތި ފަހިޕޭގެ ޚިދުމަތްތައް ބޭނުން ކުރެވޭ އިރު، 12،000 އަށްވުރެ ގިނަ ކަސްޓަމަރުން މިހާރު ވެސް ދަނީ މި އެޕްލިކޭޝަންގެ ފަސޭހަ ލިބިގަންނަމުންނެވެ.

ފަހިޕޭގެ މެނޭޖިން ޑިރެކްޓަރު އަލީ އާރިފު ވިދާޅުވީ، ޕަހިޕޭއިން މަސައްކަތް ކުރަނީ ވީހާ ވެސް ފަސޭހައިން ހިދުމަތްތައް ހޯދޭނެ ގޮތް ފަހިކުރަން ކަމަށެވެ. "އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި ވެސް ކަސްޓަމަރުންނަށް އިތުރު އެތައް ޚިދުމަތްތަކަކަށް ފައިސާ ދެއްކޭނެ ގޮތް ފަހި ކުރާނަން. ފަހިޕޭ އިން މަސައްކަތް ކުރަނީ އާންމުކޮށް ދައްކަން ޖެހޭ ހުރިހާ ބިލްތައް، ކިޔުގައި ޖެހިގެން ދެއްކުމުގެ ބަދަލުގައި ރައްޔިތުންނަށް ފުލް ސޮލިއުޝަނެއް ފޯރުކޮށްދިނުން" އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ލޭންޑްލައިން ނަންބަރު 4007004 އަށް ނުވަތަ މޯބައިލް ނަންބަރު 7997991 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.

ފަހިޕޭ އެލްޕިކޭޝަން ޑައުންލޯޑް ކުރެވޭ ލިންކްތައް

ވެބްސައިޓް:

އެންޑްރޮއިޑް އެޕް:

FahiPay - Apps on Google Play
FahiPay - Apps on Google Play
Reload, raastas and pay all your bills easily anywhere anytime in Maldives. FEATURES: * Offline recharge (vis SMS) * Reload & Raastas service * Pay bills - Dhiraagu, Ooredoo, SuperNet, STELCO, MWSC & MediaNet * Add cash with only amount. * Topup via BML & MIB * Scheduled payments * Redeemable bonus points for every recharge above 50MVR (when subscribed). * Package recharge for Dhiraagu & Ooredoo customers. * Order for Maldive Gas * M-faisaa Cash In & Dhiraagu Pay Cash In. * Cash in through internet banking. * View history at any time. * Easily select contact from contact list. * FahiSend using QR code scan * Send sms in any name at the cheapest price in Maldives * Fingerprint app unlock (for supported devices). * Fahi donation service * Live chat with voice based help Email: [email protected] Mobile: 7997991 Phone: 4007004 Website: www.fahipay.mv

އައިފޯން އެޕް: