ފިހާރައެއްގެ ތެރޭގައި "ފިޖީ ވޯޓަ ގާލް" ގެ ސޫރައެއް ބަހައްޓާފައި.
05 ފެބުރުއަރީ 2019 - 07:31
މިދިޔަ މަހު ބޭއްވި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ ތެރޭގައި ފެން ބަހައިގެން ބޮޑު މަޝްހޫރުކަމެއް ހޯދި އެމެރިކާގެ މޮޑެލް ކެލޭތު ކަތުބާޓް އަދި އަސްލު ނަމުން ނަމަ ކެލީ ސްޓެއިންބެކް "ފިޖީ ވޯޓާ" އަށް ދައުވާކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލޮސް އެންޖެލިސް އަށް ނިސްބަތްވާ 31 އަހަރުގެ މޮޑެލް ފިޖީގެ ކުންފުނި "ފިޖީ ވޯޓާ" އަށް ދައުވާކުރަން ނިންމީ އޭނާ އެ ކުންފުނީގެ ފެން ބަހައިގެން ފެނަށް ލިބުނު މަޝްހޫރުކަމާ އެކު، ފެން އިޝްތިހާރު ކުރަން ކެލޭތުގެ ސޫރަ އެ ކުންފުނިން ބޭނުންކުރާތީ އެވެ.
ގިނަ ބަޔަކަށް މިހާރު ކެލޭތު އެނގެނީ ވެސް "ފިޖީ ވޯޓާ ގާލް" ގެ ގޮތުގަ އެވެ.
ނަމަވެސް އޭނާގެ ހުއްދަ ހޯދުމަކާ ނުލައި، އިޝްތިހާރުތަކާއި "ފިޖީ ވޯޓާ" ވިއްކާ އައުޓްލެޓްތަކުގައި ކެލޭތުގެ ސޫރަ އިސްކޮޅު ސައިޒްގެ ކާޑުބޯޑްގައި ޕްރިންޓްކޮށް، އަންނަނީ ބޭނުން ކުރަމުންނެވެ.
ފިޖީ ވޯޓާ މޮޑެލް
މިކަމާ ގުޅިގެން އޭނާ ގާނޫނީ ޓީމާ ހަވާލާދީ މީޑިއާތަކުން ބުނީ ދައުވާކުރަން ނިންމީ ހުއްދަ ހޯދުމެއް ނެތި، ވިޔަފާރީގެ ބޭނުމަށް ކެލޭތުގެ ސޫރަ ބޭނުންކޮށް، އޭނާގެ "ނަން ވިއްކައިގެން" ފިޖީ ވޯޓާ އާމްދަނީ ހޯދާތީ ކަމަށެވެ.
ކެލޭތުގެ ޓީމުން ބުނި ގޮތުގައި ގޯލްޑެން ގްބޯލްސްގެ ރެޑް ކާޕެޓްގައި "ިޖީ ވޯޓާ" ގެ ކުލަ ކަމަށްވާ ނޫކުލައިގެ ގައުންއެއްގައި ކެލޭތު ފެން ބަހައި ދިނުމުން "ފިޖީ ވޯޓާ" އަށް ލިބުނު މަގުބޫލުކަމާ އެކު ކުންފުންޏަށް އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
We’re so glad everyone is talking about our water!
— FIJI Water (@FIJIWater) January 7, 2019
*senses ominous presence*
She’s right behind us, isn’t she? #FIJIwatergirl
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ފިޖީ ވޯޓާ" އިން ވަނީ އެ މީހުންގެ ފެން ޕްރޮމޯޓް ކުރަން އެމްބެސެޑަރެއްގެ ގޮތުގައި ކެލޭތު ހަމަޖައްސަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައި ނުވަނީސް އޭނާގެ ސޫރަ ބޭނުންކޮށްގެން "ފިޖީ ވޯޓާ" އިޝްތިހާރު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ކެލޭތުގެ އެޖެންޓް ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން "ފިޖީ ވޯޓާ" އިން ދައްކާ ވާހަކަ ތަފާތެވެ. އެ ކުންފުނިން ބުނާ ގޮތުގައި ކެލޭތުގެ ސޫރަ ބޭނުން ކުރަނީ އޭނާއާ އެކު ހަދާފައި އޮތް އެގްރިމަންޓެއްގެ ދަށުންނެވެ. ނަމަވެސް އެގްރިމަންޓާ އޭނާ ހިލާފުވެފައިވާ ކަމަށް ބުންޏެވެ.
Golden Globe mifaharu hagguvanee fen bahaa meehaa ah
The most trusted news source in the Maldives
Mihaaru
ކެލޭތު މަޝްހޫރުވީ ގޯލްޑެން ގްބޯލްސްގައި ފެން ބަހައިގެން.
"އެހެންވީމާ އަހަރެމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކޯޓްގައި އަހަރެމެންނާ އެއްކޮޅަށް މައްސަލަ ނިމޭނެ ކަމަށް. ފިޖީ ވޯޓާގެ ހިސްޓްރީ އަށް ބަލައިފި ކަމަށް ވަންޏާ އަހަރެމެންނަކީ މަޝްހޫރު މީހުންނާ އެކު މަސައްކަތް ކުރުމުގެ ރީތި ރެޕިއުޓޭޝަނެއް އޮތް ކުންފުންޏެއްކަން ހާމަ ވާނެ،" ފިޖީ ވޯޓާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy