ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅަން ގޮސް،ފެބްރުއަރީ 24--ފޮޓޯ:އާކައިވް
26 ފެބުރުއަރީ 2019 - 13:43
މުސާރަ ނުލިބިގެން ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ބިދޭސީ މަސައްކަތު މީހުން އަސްލު ނިސްބަތްވާ ކޮންޓްރެކްޓަރުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މިދިޔަ އާދިއްތަ ދުވަހު އެއްވި 56 ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނައީ އެ ކުންފުނީގެ ނަމުގައިކަން އެނގުނީ ވެސް މި މައްސަލަ ފެންމަތިވުމުން ކަމަށެވެ. އެކަމަކު އެއީ އެތަނުގެ މުވައްޒަފުން ނޫން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެ މީހުން ރާއްޖެ ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާށެވެ. އެ ފްލެޓްތައް އެޅުމާ ހަވާލުވީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީޖީ ޗައިނާ-މިލީނިއަމް ޑިވެލޮޕްމެންޓް ގްރޫޕުންނެވެ. އެކަމަކު އެ ކުންފުނިން އެ މީހުން ރާއްޖެ ގެނައީ އެސްޓީއޯގެ ނަމުގަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މުސާރަ ނުލިބިގެން މައްސަލަ ޖެއްސި މީހުން އެސްޓީއޯގެ ނަމުގައި ރާއްޖެ ގެނައީ އެ ކުންފުނީގެ އިސް މެނޭޖްމަންޓަށް ވެސް ނޭނގި ކަމަށެވެ.
"އެއީ ކުރެވިގެންވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ މަސައްކަތަށް އެސްޓީއޯގެ ނަމުގައި 100 ވަރަކަށް ބިދޭސީން ރާއްޖެ ގެނެސްފައިވެ އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން އުޅުނު 350 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުގެ އަގު ވެސް މާ ބޮޑު ކަމަށެވެ. އެގޮތުން އެ މަޝްރޫއުއަށް 27 މިލިއަން ޑޮލަރު (416.34 މިލިއަން ރުފިޔާ) ހޭދަކުރަން އޭރު އޮތީ ނިންމައިފަ އެވެ. އޭގެ ތެރެއިން މުޅި މަޝްރޫއުގެ އަގުގެ 20 ޕަސެންޓްގެ ގޮތުގައި 4.5 މިލިއަން ޑޮލަރު (69.39 މިލިއަން ރުފިޔާ) ވަނީ އެމްސީޖީއަށް ދައްކައިފަ އެވެ. އޭގެ ބާކީ ފައިސާ ހޯދަން އެސްޓީއޯގެ އޭރުގެ މެނޭޖްމަންޓުން ނިންމާފައި އޮތީ ލޯނެއް ނަގައިގެންނެވެ.
ފްލެޓް ލިބޭ އެސްޓީއޯގެ މުވައްޒަފުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެސްޓީއޯއިން ބުނީ މުސާރަ ނުލިބިގެން މައްސަލަ ޖެއްސި މީހުންނަށް ވީހާވެސް އަަވަހަކަށް މުސާރަ ދޭން އެމްސީޖީއަށް އެދިފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޭމީހާކިޔާމީހާ
26 February 2019
ނޫނޭނޫނޭ ސާބަސް! އެކިހެދުމާއި އެކިޔުނިފޯމުގައި ކޮށްފަވާކަންތައް އެނގޭނީ ބެލީމަތާއެވެ! ކޮރަޕްޝަނާއި ޖަރީމާނުހިމެނޭ އެއްކަމެއްވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި ހިނގާފައިއޮވެދާނެކަން މިހާރު ޤަބޫލުކުރަންއެބަދަތިވެއެވެ.
ބަނާނާ ރައިސް
26 February 2019
ވިޔާނުދާ ވާހަކައެ. ސަރުކާރެ ބަދަލުވިޔަސް ސަރުކާރުން ވެފަހުންނަ ހުރިހާ އެއްބަސްވުމެ ޓަސްލާފަ ހަދާންނެތޭފަދަ ގޮތަކަށްނޫން ލިޔެކިޔުންތަކާ އެއްބަސްވުންތަ ހެދިފަހުންނާނީ. ތިޔަ ޕްރޮޖެކްޓަކީ ބަޔަކުފިލާތިބެ ހިންގިކަމެނޫން. އެސްޓީއޯއިން މީގެކުރިން މުސާރަދެމުންދިޔަނަމަ ތިކަމަކީ އެސްޓިއޯގެ މެނޭޖަރު ބަދަލުވީމަ ނުދީހަމަޖެެއްސޭނެ ކަމެނޫން. މިސަރުކާރުން ކުރިޔަށް އޮތްދުވަސްތަކުގަ ސަރުކާރުގެ މުއައްޒިފުންނަ މުސާރަނުދީ ހާއްސަލަތު ގެންނާނެކަންޔަގީން. ފެންވަރުނެތީ.
ކިއެއްވެތޭ
26 February 2019
ތިޔާއީ ސީދާ އިމިގްރޭޝަން ގެ ބޮޑުންނާއި ގުޅިގެން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ގޭސް ގަނޑު ގަނޑޭ އެކަން އެސްޓީއޯ އިން ހައްލު ކުރަން އުޅެނީ އެސްޓީއޯ ނަމަށް އެމެން ބަދަލު ކޮށްފައިވާތީވެ އެސްޓީއޯ އިން މުސާރަ ދޭންތޭ އެކަން އެހެން ނުވާނެއޭ އެހުރިހާ މީހުން ޖެހޭނީ ރާއްޖޭން ފުރުވާލަންއޭ ތަމެން ޒީރޯ ލެވެލް ކޮރަޕްޝަންގެ ދަށުން ކިއެއްވެތޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާނުލައިގެން އުޅެނީ...
ދޯދެން
26 February 2019
މިއީ ބިދޭސީން ގިނަވެގެން މަގުމަތީގައި ހޫރޭ ސަބަބަކީ. ހަމަ ސަރުކާރުގެ ނުބައިކަން.
ސަރުކާނު
26 February 2019
ސާބަސް އެސްޓީއޯ. ފްލެޓްވެސް ނުލިބި މުސާރައިން ކެޑިފައިސާވެސް ނުލިބޭނެ. ކަނކަން ކުރަން އެގޭ މީހުނަށް ކަންކަން ކުރވޭނީ. ދެން އެސްޓީއޯ މީހުންވެސް ތިބޭ ހެވިފަ. އަތްޖަހްން