20 އޮކްޓޯބަރ

October 20, 2020 46
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!

ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިއްޖެ އެވެ؛ ކޮންމެ ދުވަހަކު ރާއްޖެ ގުޅައި ރޮއެ އާދޭސްކުރަނީ، ކޮންމެވެސް ވަރެއްގެ ފައިސާއެއް ފޮނުވައިދޭށެވެ. އެކަމަކު، އަލީ ޖަލާލަށް (އަސްލު ނަމެއް ނޫން) ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. އާއިލާ ދޫކޮށްލައި އޭނާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ...

27 ސެޕްޓެމްބަރ

September 27, 2020 7
ބޮޑުފިނޮޅުގެ މައްސަލަ ދެ މަސް ފަހުން ތާވަލުކޮށްފި

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ދެ މަސް ފަހުން މާދަމާ އަށް ތާވަލުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2020 17
އެލްއާރުއޭއާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ރިޒް

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މުސާރަ ދިނުމުގެ މައްސަލާގައި ރިޒް ކުންފުނީގެ އެއްބާރުލުން ނުލިބޭ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ރިޒް ކުންފުނިން ރޭ ބުނެފި އެވެ.

10 އޯގަސްޓް

August 10, 2020 5
މައްސަލަ ބަލަން ރިޒްގެ އެއްބާރުލުން ނުލިބޭ: އެލްއާރްއޭ

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ބެލުމަށް މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ފަރާތުން އެންމެ ފުރިހަމަ އަށް އެއްބާރުލުން ނުލިބޭ ކަމަށް ލޭބަ ރިލޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

04 އޯގަސްޓް

August 04, 2020 18
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި

މުސާރައިގެ މައްސަލައިގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ބިދޭސީން ރާއްޖެ އިން ފޮނުވާލައިފި އެވެ.

August 04, 2020 65
މުސާރަ ނުދޭ ހުރިހާ ބިދޭސީންނާ ދައުލަތުން ހަވާލުވަނީ؟!

ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރުގެ ހާލަތުން ވެސް ވަރަށް ސާފު މައްސަލައެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް...

24 ޖުލައި

July 24, 2020 3
ބޮޑުފިނޮޅުން ބިދޭސީން ބާލުވާ ކަމަށްބުނެ ކަންބޮޑުވުން

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

23 ޖުލައި

July 23, 2020 19
ބިދޭސީންނަށް މުސާރަ ދޭން ރިޒްއަށް އަންގައިފި

ބ. ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މި މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އަންގައިފި އެވެ.

06 ޖުލައި

July 06, 2020 7
ބޮޑުފިނޮޅުގެ މައްސަލައިގައި 5 އިދާރާއެއް ހާޒިރުކުރަނީ

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދީ، ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް އެ މީހުން ލައްވައި ރިޒް ކުންފުނިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތާ ގުޅިގެން، ސަރުކާރުގެ ފަސް އިދާރާއެއް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން މިއަދު ނިންމައިފި އެވެ.

04 ޖުލައި

July 04, 2020 78
ބިދޭސީންގެ އަމަލު "އޯކޭ"ވުމަކީ ޣައްދާރުވުން: މާރިޔާ

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކުރުން އެއީ ރަނގަަޅު ކަމެއް ކަމަށް ދެކުމަކީ ގައުމަށް ޣައްދާރުުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

30 މާޗް

March 30, 2020 22
ގާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރާތީ ކަންބޮޑުވެއްޖެ

ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަހާ ހެދި ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅުވައި ގިނަ މުވައްޒަފުންތަކެއް ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރަމުންދާތީ ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ކަންބޮޑުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 38
ރިސޯޓްތަކުން ދިވެހިންނަށް ފުރުސަތު ހަނިކުރަން އުކުޅެއް!

ވަޒީފާ ދިނުމުގައި ރިސޯޓުތަކުން މިހާރު އެންމެ ބޮޑަށް ފެންނަ މައްސަލަ އަކީ ދިވެހިންނަށް ކުރެވޭ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެހެން ކުންފުނިތަކަށް ދޫކޮށްގެން ބިދޭސީ މުވައްޒަފުންނަށް ގިނަ ވަޒީފާތައް ދިނުން ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.

03 އެޕްރީލް

April 03, 2019 9
މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުން: ނިމުމެއް ނެތް؟

ދާދި ފަހުން އިވުނީ ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ އެއް މަހަށް އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ އެވެ. އެ ނިންމުމާ އެކު، ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެހެން...

09 މާޗް

March 09, 2019 149
މުޅި ކޯހުން އެއްވަނަ، އެކަމަކު ވަޒީފާއެއް ނެތް!

ގާނޫނީ ވަކީލް ކަމުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރީ މުޅި ކޯހުން އެއް ވަނަ ހޯދައިގެންނެވެ. އެ ހިސާބުން އޭނާ އަމަލީ މައިދާނަށް ކުރިމަތިލީ ރަނގަޅު ވަޒީފާއަކާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދާ އެކު އެވެ. ނަމަވެސް ކަންދިމާވި ގޮތް ވަރަށް ތަފާތެވެ. ވަޒީފާއެއް ހޯދަން އުޅޭތާ އަހަރެއްހާ ދުވަސް ވީއިރު އަދިވެސް ވަޒީފާއެއް ނުލިބެ...

26 ފެބުރުއަރީ

February 26, 2019 5
މުސާރަ ނުލިބުނު ބިދޭސީީންގެ މައްސަލަ ހައްލުކުރަނީ

މުސާރަ ނުލިބިގެން ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ބިދޭސީ މަސައްކަތު މީހުން އަސްލު ނިސްބަތްވާ ކޮންޓްރެކްޓަރުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި އެވެ.

24 ޑިސެމްބަރ

December 24, 2018 110
ރިސޯޓެއްގައި ފަސް ދިވެހިން، ދެން ހުސް ބިދޭސީން!

އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުން ގެންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.

December 24, 2018 77
ބިދޭސީން ގެތައް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަނީ

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން މާލޭގެ ގެތައް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން...

December 24, 2018 64
ހަދާ ރިސޯޓެއްގައި ހާހެއްހާ ބިދޭސީން ގަވައިދާ ހިލާފަށް!

ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި ގަވައިދާ ހިލާފަށް ހާހެއްހާ ބިދޭސީން އުޅޭ މައްސަލައެއް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޯ) އިން ބަލަން ފަށައިފި އެވެ.

01 އޯގަސްޓް

August 01, 2018 8
ރީ-ރަޖިސްޓްރީ ކުރަން ހިތްވަރު ދެން: ލޭބާ ރިލޭޝަންސް

އަންނަ މަހުގެ 23 ގައި ބާއްބާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އުޅުމަކީ ހިތްވަރުދޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޯ) އިން އިއްޔެ ބުނެފި އެވެ.

31 ޖުލައި

July 31, 2018 38
ސިޔާސީ މަސައްކަތް ކުރުވާނަމަ ފިޔަވަޅު އަޅާނަން: ލޭބާ

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ބުނެފި އެވެ.

20 ޖޫން

June 20, 2018 2
ޝަކުވާ ހުށަހެޅި 42 މީހަކަށް ރޯދަ އިނާޔަތް ހޯދައިދީފި

މި އަހަރުގެ ރޯދަ މަސް ފެށުނު އިރު، ރޯދަ އިނާޔަތް ނުލިބިގެން 58 މީހަކު މައްސަލަ ހުށަހެޅުމުން، އޭގެ ތެރެއިން 42 މީހަކަށް އިނާޔަތް ހޯދައިދީފައިވާ ކަމަށް، ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ބުނެފި އެވެ.

06 މެއި

May 06, 2018 26
ދެން ވެސް އޮތީ ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ!

ރޯދަމަސް ކައިރިވާ އިރު އަބަދުވެސް ރޯދަ އިނާޔަތުގެ ވާހަކަ ދައްކަން ފަށަ އެވެ. އަދި ވަޒީފާގައި އުޅޭ ކޮންމެ ދިވެއްސަކަށް ވެސް ހައްގު އިނާޔަތް ނުލިބުމުގެ ޝަކުވާ ވެސް ބޮޑުވެ އެވެ.

03 މެއި

May 03, 2018 13
ރޯދަ އިނާޔަތް ދޭން އަންގައިފި

ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.