ބެހެރް އިން ބޭނުން ވަނީ "ކަލާ އެކްސްޕްލޯރާ" އެއް.
29 އެޕްރީލް 2019 - 07:09
ދަތުރުކުރަން ބޭނުންވާ މީހުންނާއި ކުލަތަކަށް ލޯބިކުރާ މީހުންނަށް މިއޮތީ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ. އެމެރިކާގެ ކުލަ ކުންފުންޏެއް ކަމަށްވާ ބެހެރް އިން ވަނީ "ކަލަ އެކްސްޕްލޯރާ" އެއްގެ ގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފަ އެވެ.
އެ މަގާމަށް ނަގާ މީހެއްގެ ޒިންމާއަކަށް ވާނީ ބެހެރް އިން ތަފާތު ކުލަތައް އީޖާދުކުރަން މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން އާ ކުލަތަކެއް ވުޖޫދަށް ގެންނަން އެމެރިކާ އާއި ކެނެޑާގެ ހިތްގައިމު އެކި ސަރަހައްދުތަކަށް ދަތުރުކުރަން ޖެހޭނެ އެވެ.
އެކަމަކު އެ މީހަކީ ވަކިން ހާއްސަކޮށް ކުލަތަކަށް ޝައުގުވެރިވާ އަދި އާ ކަމެއްގެ ތެރޭގައި އުޅެ ތަޖުރިބާކޮށްލަން ބޭނުންވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.
DREAM JOB ALERT! This summer, we’re sending one colorful candidate on an adventure across the U.S. and Canada to source #colorinspo, name new Behr paint colors & earn $10k along the way. Apply to be our first-ever #BehrColorExplorer: https://t.co/ir3vmhjHdt pic.twitter.com/GYL397rWLq
— BEHR Paint (@BehrPaint) April 24, 2019
"އަހަރެމެންގެ ޓާގެޓަކީ މިހާރު ވުޖޫދުގައި ނެތް ތަފާތު ކުލަތަކެއް ނެރެ، އެއަށް ކިޔާނެ ނަންތަކެއް ވެސް ހޯދުން،" ބެހެރް އިން ބުންޏެވެ.
މަގާމަށް ނަގާ މީހަކަށް މުސާރަ އަށް 10،000 ޑޮލަރު ލިބޭ އިރު، ކުރަން ޖެހޭ ހުރިހާ ދަތުރެއްގެ ހަރަދާއި ހުރުމާއި ކެއުން ފަދަ ހުރިހާ ކަމެއް ބެހެރް އިން ހަމަޖައްސައި ދޭނެ އެވެ. އެކަމަކު "ކަލާ އެކްސްޕްލޯރާ" އެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހެނީ ކިހާ މުއްދަތަކަށް ކަމެއް ބެހެރް އިން ނުބުނެ އެވެ.
އެ މަގާމަށް ކުރިމަތިލާ މީހާއަކީ އެމެރިކާ ނުވަތަ ކެނެޑާގެ ޕާސްޕޯޓް އޮންނަ އުމުރުން 21 އަހަރުން މަތީގެ މީހަކަށް ވާން ޖެހޭނެ އެވެ.
ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ އޮތީ ހުޅުވާލައިފަ އެވެ. މި ލިންކަށް https://behr.wyng.com/5cae7a903b945305f1665cab/ ވަދެލައިގެން އެޕްލައި ކުރެވޭނެ އެވެ.
މިއީ ބެހެރް އިން "ކަލާ އެކްސްޕްލޯރާ" އެއްގެ މަގާމަށް މީހަކު ހޯދާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ އެ މަގާމަށް ހޮވޭ މީހަކީ 1947 ގައި ވުޖޫދަށް އައި ބެހެރްގެ ތާރީހުގެ ތެރެއިން ވެސް ހާއްސަ ޖާގައެއް ލިބޭނެ މީހަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy