މަޓާޓޯ އިން ވަނީ ރިޔާދު ފެއާގައި މިއަހަރު ބައިވެރިވެފައި--ފޮޓޯ: މަޓާޓޯ
05 ޖޫން 2019 - 15:20
ފިތުރު އީދުގެ ޗުއްޓީގައި މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ޓްރެވަލް އެޖެންސީތަކުން ބުނާ ގޮތުގައި ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓްތަކަށް މެދުއިރުމަތިން އަންނަ މީހުންގެ ނިސްބަތް ވެސް މި އީދުގައި ވަނީ އިތުރުވެފަ އެވެ.
ކެޕިޓަލް ޓްރެވެލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވީ މިދިއަ ބުކިންތައް މަދުވި ނަމަވެސް މިހާރު އަނެއްކާވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުން ގިނަވާން ފަށައިފަ އެވެ.
"ދުވާލަކު ގާތްގަނޑަކަށް 70 ނުވަތަ 80 ވަރަކަށް މީހުން ބުކްކުރޭ އެބަ. އީދަށް އަންނަ މީހުން ގިނަ،" އޭނާގެ ކުންފުނި މެދުވެރިކޮށް އަންނަ މީހުންނާ ބެހޭ ގޮތުން ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވީ ކޮންމެ އަހަރެއްގެ ކުޑަ އީދު ބަންދުގައި ވަކި ސަރަހައްދުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވެ އެވެ. އެކަމަކު ކުޑަ އީދަށް ވުރެ ބޮޑު އީދުގައި މެދުއިރުމަތީ ފަދަ ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތިން އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު 52،000 ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ އަ އެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ސައުދީ އަރަބިއްޔާއިން 23،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ. މީގެ އިތުރުން ކުވައިތާއި ލުބުނާނާއި ޔޫއޭއީން ވެސް ޓޫރިސްޓުން ރާއްޖެ އާދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
05 June 2019
މެދު އިރުމަތިން މީހުން ގިނައިން އަންނަ ނަމަ ވަރަށް ރަނގަޅަށް އިންޓެލިޖެންސް އިދާރާތަކުން ފާރަލާން ޖެހޭނެ، ތީގައި ނުބައެއްވެސް އުޅޭދާނެ، ކަޅުދިދަ ގެންގުޅޭ ކުދިންވެސް ތިބެދާނެ،
އަދުރޭ ބިންތި ނިހާނު
05 June 2019
އީދަށް ދިވެހިން އަރަބިގައުމުތަކަށް ދިޔުމުން އެގައުމުތަކުގެ މީހުން އަންނަންވީ މިގައުމަށް. މީ ސަޅިގޮތެއްނު. މިހާރު ލަންކާއަށްވެސް ދެވޭކަށް ނެތްވިއްޔަ.
އަދުރޭބެ
05 June 2019
މެދުއިރުމަތިން އަންނާނީ މުޅިން ވެސް "ހަލާލު" ޓޫރިސްޓް ޚިދުމަތް ހޯދަން އަންނަ މީހުން. ކާށިދޫގައި އެފަދަ ތަންތަން ހެދުމުގެ ހުވަފެން އަދި ހަމަ އޮތީ ކުރިޔަށޯ.
ތެދުތެދު
05 June 2019
ސައޫދީ ޓޫރިސްޓުން ރާއްޖެއަށް ގިނައިން އަންނާތީ ވަރަށް އުފާވެއެވެ.