ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--ފޮޓޯ:އޭއެފްޕީ
06 ޖޫން 2019 - 19:57
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރުދުވަހު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ވިދާޅުވީ ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމަކާއި ކަސްްޓަމްސް އާއި ޝިޕިން އާއި ގުޅޭ މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރާނެ ކަމަށެވެ. މީގެ އިތުރުން ވެސް އެކި ދާއިރާތަކުން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.
ޒަމާންވީ ރަހުމަތްތެރި ދެ ގައުމުގެ ގުޅުމުގައި އެންމެ ޚާއްސަ އިސްކަމެއް މިހާރު ދެނީ އިންޑިއާގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންގެ ގުޅުމަށް ކަމަށް އެކްސްޓާނަލް އެފެއާޒުން ބުންޏެވެ.
މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާއަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
08 June 2019
ރާޑަރ އޮބްޒާވް ކުރާށާއި ހެލިކޮޕްޓަރު ދުއްވަން މިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ބޭތިއްބުމަކީ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތާ އިސްތިޤްލާލް ނަގާލުން. މިފަދަ އެގްރީމެންޓެއް ބަޔާކާއެކު ހަދައިގެން ނުވާނެ. ދިވެހިން ހޭލާ...،
އަބްދޫ
07 June 2019
ތިޔަ އެގްރީމަންޓް ތަކުގެ ނަމަކީ މެމޮރިންޑަމް އޮފް އަންޑަސްޓޭންޑިންގ އެމްއޯޔޫ 2008 ގަ 30 ހެއްހާ އެމްއޯޔޫގަ ސޮއިކުރި އަރެން މްންދުރު ދުފާލަން 2 ގަނޑު ބިލެތް ބޭނުން ނުގެނަސް ދެވުނަސް މައްސަލައެއްނުން ދެފަރާތުން ސޮއިކޮށްލީމަ އެވީ އެމްއޯޔޫ އަކަށް. ތިޔައީ މޯދީ ލައްވާ ތިޔަ ކުރާ ވައްތަރު ސޮޔަކީ
އަބްދޫ
07 June 2019
ތިޔަ އެއްބަސް ވުންތަކަކީ އިންޑިޔާސަރުކާރުން ކޮށްދޭން ލާޒިމް ކުރާ އެއްބަސަވުންތަކެއްނޫން .ތިޔައީ ދަޅަދައްކާ ވައްތަރުގެ އެއްބަސް ވުންތަކެއް. 2008 ގަ ނަސީދު ވެރިކަމަށް އައިސް ކިހާގިނަ އެމް އޯޔޫ ތަކެއްގާ ސޮއިކުރި ، އެކަތިވެސް ވުޖޫދަކަށް ނާދޭ . މޯދީ ލައްވާ ސޮއިކުރަނީވެސް އެމް އޯޔޫ ތަކެއްގާ . އެމްއޯޔޫ އަކީ ކަމެއްކުރަން ލާޒިމް ކުރާ އެއްޗެއްނޫން. ރައްޔިތުންނަށް ވެވޭ އޮޅުވާލުމެއް . ކަންކުރާކަމަށް ދެއްކުމެއް. ލޮލުގަ އަޅުވާ އނދުނެއް.
ހަރުގަދާ
07 June 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކަނިމާ އެކަނި ބެލެހެއްޓުމުގެ ގާބިލުކަމެއް ނެތް. ލަންކާ މޮރިޝަސް ފަދަ ތަންތަނުންވެސް ބަލހައްޓަނީ ކައިރި ގައުމުތަކާއި ގުޅިގެން. އަސްކަރީ ގޮތުން އެމެރިކާ ފަދަ ސްޕަރ ޕަވަރތައް ވެސް ކަންކަން ކުރަނީ އެސަރަހައްދެއްގެ އެހެން ގައުމުތަކާ ގުޅިގެން. މިދެން ކޮންތަނެއް. އަމިއްލައަށް ދަތްކޮށްޓާ އިލޮށިވެސް ނުއުފެއްދޭ ތަނެއްލ
އެހެންތަ
07 June 2019
އެކޮންޤައުމުތަކެއްލައްވާބާ ލަންކާ މޮރިޝަސްގެ ކަޑުގެ ސަރަހައްދު ބަލަހައްޓަނީ. މި ޤައުމު އަޅުވެތިކުރުމަށް މިޤައުމުން ރުހިގެން ޤައުމު ވިއްކާލީ. މި ސަރުކާރު އޮތީ ބޮޑެތި ޚިޔާނާތުގެ ތެރޭ އިންޑިޔާއަށް ވިކި އަޅުވެތިވެފަ.
ޖަމާނު
07 June 2019
ތާކުން ތާކުނުޖެހޭ ހުރިހާ ކަމަކާ ބޮޑު ޑިމޮކްރަޓިކް ސައްލާގަނޑެއް ބާއްވާ!!! ރައްޔިތުންގެ އިހުސާސްތަކާ ގައުމުގެ ކުރިމަގާ މެދު ބޮޑެތި ކަންތަށް ނިންމަންވީމާ ރައްޔިތެއް ކީއްކުރަން މަޖިލީސް މެންބަރެއް، ކައުންސިލަރެއްގެ ހިޔާލެއްވެސް ހޯދުމެއް ނެތި ފަޓާސްބަރިއެއް ހެން ސޮއި ކޮށް ނިންމާލަނީ؟؟!!!!
ހަނާން
07 June 2019
ވައްކަން ކުރީ ރައްޔިތުންނާ މަޝްވަރާކޮށްފަބާ؟
އެންދެރި
07 June 2019
އެއްބަސް ވުން ތަކުގެ މައުލޫމާތު އާއްމު ރައްޔިތުން އެނގެން ބޭނުން ވެއެވެ.
މަންޑޭލާ
07 June 2019
އިންޑިޔާ ސިފައިން ބާލާ މިހާރަކު މިނިވަންކަމުގެ އިހުސާސެ ނުކުރެވޭ.
ރިޝާ
07 June 2019
ނަރުހުންނާ ޑޮކްޓަރުންނާ ޓީޗަރުންނޯ؟
ޖޖޖޖ
07 June 2019
އެވެސް ބާލާ
ޝޮކްތެރަޕީ
07 June 2019
ދިވެހިން މިވަނީ ނޭގުމެއްގެ ތެރޭ މި ރާއްޖެއަކީ މިނިވަންކަން ވަރައް ބޮޑައްބޭނުންވާ ޤައުމެ. ދިވެހިން އަދި ތެދުވާނެ މި ރާއްޖެ ސަލާމައްކުރަން. އިންޝާﷲ
އަދީބު
07 June 2019
ތިޔަ ކޮންމެ އެއްބަސްވުމެއްގައި ސޮއި ކުރަންވާނީ، ތިޔަ ކަންކަން ކުރުމުގެ އިންތިޒާމްތަކާއި އުސޫލުތައް ހަމަޖައްސާފައި ހުރި ނަމައެވެ. އެހެން ނޫނީ، ތިއީ މުޅިން ވެސް އަރުވާލާ ސައިބޯނި ބޮކިތަކެކެވެ.
އިބާދު
07 June 2019
އިންޑިއާ ބޮޑުވާޒީރަަކައްހުރީ 2002ވަނަ އަހަރު ގުޖްރާތް އެތައްހާސް މުސްލިމުންނެތްގެ ގަތުލު އާއްމު ހިންގި ބޮޑު ގާތިލް މި ދިވެހިރާއްޖެ އަށް އަންނާނެ ކަމެއްނެތް..ވޯޓް އޮޅުވާލައިގެން މި ފަހަރު ވެރިކަން ލިބުނީ..އިންޑިއާ ސިފައިން އަދި ބާދަގަޑު ހެލްކޮޕްޓަރ ގަޑު ވެސް މި ގައުމުން ބޭރު ކޮއްލާ އ