މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ބައިވެރިންތަކެއް--ފޮޓޯ:ރައީސް އޮފީސް
17 ޖޫން 2019 - 11:37
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ކްރޮސް ބޯޑާ ކޮންޓްރޯލަށް ބޭނުންވާ ހައި ޓެކް ސިސްޓަމް ގާއިމުކުރުމަށް 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.
މިހާރު ކުރިއަށް ދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް މަސާޓޯ ނަކާނޭ ވިދާޅުވީ، މުދާ ކްލިއާ ކުރުމުގައި ހޭދަވާ ވަގުތު ހައި ޓެކް ސިސްޓަމެއްގެ ސަބަބުން ކުޑަވެ، މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ފުޅާވެ، ރާއްޖޭގެ ކައިރި ގައުމުތައް ކަމުގައިވާ ސްރީ ލަންކާ އާއި އިންޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފަސޭހަ ވެގެންދާނެ އެވެ.
މި މަޝްރޫއުއަށް 11.99 މިލިއަން ހަރަދުވާ އިރު އެ މަޝްރޫއު އަށް ސަރުކާރުން 1.99 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. މި ޕްރޮޖެކްޓް ނިމޭނީ 2023 ވަނަ އަހަރު އެވެ.
މި އެހީގެ ތެރޭގައި ހިމެނެނީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފަސް މިލިއަން ޑޮލަރުގެ ލޯނަކާއި ފަސް މިލިއަން ޑޮލަރުގެ ފައިސާގެ އެހީ އެވެ.
އެހެން ކުދި ޖަޒީރާ ގައުމުތުގެ އިގްތިސާދުތަކެކޭ އެއްގޮތަށް ރާއްޖެ އަކީ ކާބޯތަކެއްޗާއި ތެލާއި އެހެން ގިނަ މުދާތައް ގިނަ އަދަދަކަށް ގައުމަށް އެތެރެކުރާ ގައުމެކެވެ. ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ރޯ މަހާއި މަހުގެ އުފެއްދުންތަކެވެ. މިދިޔަ އަހަރުތަކުގައި އެކްސްޕޯޓް ކުރާ މިންވަރު އިތުރުވި ނަމަވެސް އެކަމަށް ހޭދަވާ ހަރަދުތައް ވަރަށް ބޮޑެވެ.
އެގޮތުން އެކްޕޯޓާއި އިމްޕޯޓް ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ރާއްޖެއަކީ މިސަރަހައްދުގައި ވެސް އެންމެ ހަރަދު ބޮޑު އެއް ގައުމެެވެ.
އޭޑީބީން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް 31 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގިއްޖެތަ
17 June 2019
ބަޔަކަށް ހީވެދާނެ ތިޔަ ކަމަކީ މިސަރުކާރުގެ މަސައްކަތުން ލިބުނު އެއްޗެކޭ. ހަގީގަތަކީ 2017 ފެށިގެން ވެސް ތިބުނާ އެހީއެއް ހޯދަން އިކޮނޮމިކް ޑޮވެލޮޕްމެންޓާއި، ކަސްޓަމްސް ގުޅިގެން އެކިއެކި މުވައްސަސާތަކާއި ގުޅިގެން ކަސްޓަމްސްގަޔާއި މިނިސްޓްރީގައި އެތައް ދުވަހަކު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ.
ބަލާމީހާ
17 June 2019
ކުޑަ އިންޓްރެސްޓް ރޭޓަކީ ކިހާވަރެއްބާ؟
އިލްތިމާސް
17 June 2019
ހެޑްލައިން ކިޔާލާއިރު އިންނަނީ "އެހީއެއް" ދީފި ކަމަށް.... އާޓިކަލް ކިޔާލި އިރު 5 މިލިއަން ޑޮލަރ ( އޮޅިގެން ޖެހިފައިވަނީ 5 މިލިއަންރުފިޔާ) ލޯން އާއި 5 މިލިއަން ޑޮލަރގެ ހިލޭ އެހީ... ދިވެހިންނަކީ ހެޑްލައިން ކިޔާލާ ބައެއްކަން ނޫސްވެރިންނަށް އެނގޭ
ާއެނޮން
17 June 2019
5 މިލިޔަން ރުފިޔާ ތަ ނޫނީ ޑޮލަރުތަ؟
ހާނިމް
17 June 2019
ތީ ހަމަ ހުސް ލޯނު. ކިތަންމެ އޮފްކުރަން މިހާރުން އުޅުނަސް ތީ ގައި ހަމަ 5 މިލިއަން ޑޮލަރަކީ ހަމަ ލޯނު. ދަރަނި. ދަރަނީ. ދަރިންގެ ދަރިންނަށް ދާންދެން ހަމަ ދަރުވަނީ.