ޖޮނީ (ވ) އާއި ޓިމް ކުކްއާ އެކު އިވެންޓެއްގައި.
28 ޖޫން 2019 - 16:55
އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްގެ ކުރިމަތީގައި މިހާރު އޮތީ ވަރަށް ބޮޑު މައްސަލައެކެވެ. ފޫބައްދަން ވެސް އުނދަގޫވާ ވަރުގެ މައްސަލައެކެވެ. އެ ކުންފުނީގެ މައި ޑިޒައިނަރު ޖޮނީ އައިވް މިހާރު ވަނީ އެޕަލް އިން ވަކިވާން ނިންމައިފަ އެވެ.
ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު އެޕަލްގައި މަސައްކަތް ކުރި 52 އަހަރުގެ ކުޅަދާނަ ޑިޒައިނަރު، އެޕަލް ދޫކޮށްލާ އިރު އޭނާއަކީ މިހާތަނަށް އެޕަލް އިން ނެރުނު އައިފޯނާއި އައިޕެޑާއި އައިމެކް ފަދަ ޒަމާނީ އަދި ސްމާޓް އެތައް އުފެއްދުމެއްގެ ފަރުމާތަކުގެ މުގުލުގައި ހުރި މީހާ އެވެ.
އެޕަލް އިން އިސްތިއުފާ ދިނުމަށް ފަހު "ލަވްފޯމް" ގެ ނަމުގައި އަމިއްލަ ޓެކް ސްޓާޓަޕެއް ފަށަން ޖޮނީ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެޕަލް އިން ވަކިވުމާ ބެހޭ ގޮތުން އޭނާ ބުނީ މިއީ މަގާމުން ވަކިވާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
"ވަރަށް ގިނަ ދުވަހު އެ ކުންފުނީގައި މަސައްކަތް ކުރެއްވިއްޖެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ އަހަރެން ފަހުރުވެރި ވެސް ވަން،" ޓެކް އުފެއްދުންތައް ޑިޒައިން އެތަކެއް އެވޯޑެއް ވެސް ހޯދާފައިވާ ޖޮނީ ބުންޏެވެ.
Jony Ive, the design guru behind iPhone and iMac, is leaving Apple pic.twitter.com/JLPvsrXDOC
— TicToc by Bloomberg (@tictoc) June 28, 2019
ޖޮނީ އެޕަލް ދޫކޮށްލާތީ ކުންފުނީގެ މެނޭޖްމަންޓް ތެރޭގައި ބޮޑެތި އުދާސްތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް އޭނާ އުފަލަމުން ދިޔަ ޗީފް ޑިޒައިން އޮފިސަރުގެ މަގާމު ދެން ފުރާނެ މީހަކާ ދޭތެރޭ ސުވާލު އުފެދިފައިވެ އެވެ.
# of patents held
— Jon Erlichman (@JonErlichman) June 27, 2019
by Jony Ive: +5,000
# of patents held
by Thomas Edison: 2,332 pic.twitter.com/1OkYX8u1P3
ޓެކް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޓިމް ކުކްގެ ދަށުން މަސައްކަތް ކުރަމުން އަންނަ އެޕަލްގެ ސީއީއޯ ޖެފް ވިލިއަމްސް އަށް ދެން ޖޮނީ ނަގަމުން ދިޔަ ޒިންމާތަކުގެ މައުލޫމާތު ރިޕޯޓް ކުރުމުގައި އިސްކޮށް ތިބޭނީ އިންޑަސްޓްރިއަލް ޑިޒައިންގެ ވައިސް ޕްރެޒިޑެންޓް އެވަންސް ހެންސްކީ އާއި ހިއުމަން އިންޓަފޭސް ޑިޒައިންގެ ވައިސް ޕްރެޒިޑެންޓް އެލަން ޑައި އެވެ.
މީޑިއާތަކުން ބުނީ ޖޮނީ އެޕަލް ދޫކޮށްލުން ވެގެން ދާނީ އެ ކުންފުންޏަށް ލިބޭ ގެއްލުމެއްގެ އިތުރަށް ސްމާޓް ޓެކް އުފެއްދުންތައް ފަރުމާ ކުރުމުގެ ދާއިރާ އަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މި ދާއިރާގައި މަސައްކަތް ކުރާ މީހުން އޭނާ ސިފަ ކުރަނީ އެތައް މީހުންގެ ހުނަރާ ނުބައްދަލު އާދަޔާހިލާފު ހުނަރުވެރި ފަންނުވެރިއެއްގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތަށް އުފަން އަދި އެމެރިކާގެ ރަށްވެހިކަން ވެސް ޖޮނީގެ މިލްކިއްޔާތު 130 މިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައޯކަލޯ
30 June 2019
ނެހީ......
ޖ×ސ×
28 June 2019
އެޕަލްގަ މަސައްކަތް ކުރެއްވި އެންމެ ހީވާގި އެއް މުވައްޒަފު މިއަދު އެޕަލް އާ ވަކިވެގެން އެދަނީ ކުންފުނި އަދަވަޅެއްގައި ވަނިކޮށް.. އަދަ ވަޅެކޭ މިބުނީ މިސާލަކަށް އެޕަލްގެ ބައެއް ޕްރޮޑަކްޓްތައް އެޕަލް އިން ކުރިން އުފައްދާފައިވާ ހައިރާން ކުރުވަނިވި ގޮއެއްގަނޑު މިހާރު އުފައްދަމުން ގެންދާ އެއްޗިހީގައި ނުހުރުން.. އެޕަލް ފޭން އެއްގެ ހައިސިއްޔަތުން އުންމީދު ކުރަނީ ވަރަށް މޮޅު ޑިޒައިން ޓީމެއް އެޕަލް އިން ހަޔާ ކުރާނެ ކަމަށް
ޑރ.އަހުމަދު ނާސިހު/ކެނަޑާ
30 June 2019
އެޕަލްގެ ފޭނުން އުފާކުރުމަށް ގޮވައިލަން، މޯލްޑިވުސް އައްޑޫ އަށާއި ކެނަޑާއަށް ނިސްބައްވާ ޓެކު ޑިޒައިނަރަކު މި ހަފުތާގައި އެޕަލް އާއި ގުޅޭނެ. ހިތްވަރު ދެރެނުކުރޭ މުސްތަގުބަލުގައި އެޕަލް އިން ނެރޭނީ ތަފާތުތަކެއް ފެނިގެންދާނެ ޚާއަސަކޮށް ދިވެހި ކުދީންނަށް