އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޑިޔާގެ ސްކިލް ޑިވެލޮޕްމެންޓް ސެކްޓާގެ އިސްވެރިންނާ ބައްދަލުކުރައްވަނީ--ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
23 ޖުލައި 2019 - 11:27
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޑިޔާ އަށް ވަޑައިގަންނަވައިފި އެވެ.
ފައްޔާޒު ވިދާޅުވީ، ދެ ދުވަހުގެ މި ދަތުރުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ނެރުމަށް ބޭނުންވާ ހުރަނަރުތައް ތަރައްގީ ކުރުމަށްޓަކައި އިންޑިޔާގައި އެކަން ކުރާ ގޮތް ދެނެގަންނާނެ ކަމަށެވެ. އަދި މިކަމުގައި ފަންނީ އެހީތެރިކަން ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ތަމްރީނުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޑިއާއާ އެކު ރާއްޖެ އިން ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 18ގަ އެވެ.
އިންޑިޔާގެ އެހީތެރިކަމާ އެކު ދިވެހި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، އެކަމަށް މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޑިޔާގެ ސްކިލް ޑިވެލޮޕްމެންޓް ސެކްޓާގެ އިސްވެރިންނާ ބައްދަލުކުރައްވަނީ--ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
އިއްޔެ މިނިސްޓަރު ފައްޔާޒު ވަނީ އިންޑިޔާގެ މިނިސްޓާ އޮފް ސްކިލް ޑިވެލޮޕްމެންޓް އެންޑް އޮންޓަޕްރަނާޝިޕް، މަހެންދްރާ ނަތް ޕާންޑޭއާ ބައްދަލުކުރައްވައިފަ އެވެ.
ފައްޔާޒު އިންޑިޔާ އަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ބައެއް ޕްރޮޖެކްޓްތަކަށް އިންވެސްޓަރުންނާއި ފައިސާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޓީމުން މިއަދު ވަނީ އިންޑިޔާގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކާ މަޝްވަރާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިން -ޔާމިންގެ ދަރި
23 July 2019
ޔާމިނު 5 އަހަރުން ހޯދި ލާރި އެންމެ 8 މަސްތެރޭގައި މި ވަޒީރުވަނީ އިގްތިސާދުގެ ސިޔާސަތުތައް ވިއްކަވައިގެން ހޯއްދަވާފަ. ތިޔައީ ހިވާގީ، މުރާލި މިނިސްޓަރެއް.
ޝާހިދާ
23 July 2019
ދިވެހިރާއްޖޭގެ ތާރީހުގައި ފެނުނު އެންމެ ހިންގުންތެރި އަދި ކެރޭ އިގްތިސާދީ ވަޒީރަކީ މިނިސްޓަރ ފައްޔާޒު އިސްމާޢީލް.!
ރުޅި
23 July 2019
މިހާރުވެސް ބީޓެކް ނިންމާފަތިބި ޒުވާނުން އެތިބީ ހުނަރުނެތިގެނެއްނޫން. ކަންކުރާނެ ފުރުޞަތާއި މާހައުލު ނެތިގެން. އެކުދިންނަށް މިއަދު ދިމާވެފައިވާ ދައްޗަކީ ބިދޭސީންގެ އުނދަގޫ. އެމީހުންނާހެދި ދިވެހިންނަށް އެއްވެސް މަސައްކަތެއް ފެށޭނެގޮތެއްނެތް. މާލޭން ފިހާރައެއް ހުސްވާއިރަށް ބިދޭސީން އެތަންތަން ބުނި އަގެއްދީފައިނަގާ. ކަމެއްކުރަން ބޭނުންވާނަމަ ބިދޭސީންނަށް ފެހުމާއި ބޯކޮށުން މަނާކުރޭ. އަދި ކުދި ކުދި ފިހާރަތަކުގައި ސޭޓުންގެ ގޮތުގައި ނުތިބެވޭގޮތްހަދާ.
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
23 July 2019
5 މިނެޓުން 5 މިނެޓުން ނާށިގަނޑު ހިފައިގެން ދިޔުމަކީ ހާދަ ލަދުވެތި ކަމެކޭ. އެގައުމުގާ ބަނޑަށް އުޅޭ އެތަށްބަޔަކު އެބަ އުޅޭ.
ފުންއަސަރު
23 July 2019
ތިޔަބުނާ ބަޔަކީ އަހަރެމެންނަށް އެހާ ކަމުދާ ބަޔަކަށް ވާނެބާ؟ އަދި އެމީހުން ކަންކުރާގޮތް އެއީ އަހަރެމެންނަށް އެހާ މުހިންމުކަން ބޮޑު ކަމަކަށް ވެދާނެބާ؟ ބައެއްގެ ފަރާތުން ނަމޫނާ ނަގަން އުޅޭއިރު، އެބަޔަކު ކަންކުރާގޮތް އެއީ ނަމޫނާ ނަގަން އެންމެ އެކަށީގެންވާ މީހުންތޯ ބަލަން ޖެހޭ. އެހެންނޫނީ އެބަޔަކު ކަންކުރާގޮތް ފެނިފާ ލަދުގަންނަ ހިސާބަށްވެސް ކަންކަން ހިނގައިދާނެ.