ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދު:-ފޮޓޯ:ހުސައިން ވަހީދު/މިހާރު
24 ޖުލައި 2019 - 10:35
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ހަ ތަނެއް ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
އެއީ، ސެންޓްރޯ މޯލްގެ ދެ ޔުނިޓަކާއި ރެނާޓަސް އިތާމުތްގެ ޔުނިޓަކާއި ކޮމާޝަލް ބްލޮކް-އީގެ ބައެއްގެ އިތުރުން ވެއާ ހައުސް ޝެލް-1 ގެ ދެ ޔުނިޓެކެވެ. މި ތަންތަނުގެ ތެރެއިން ސެންޓްރޯ މޯލްގެ އެއް ޔުނިޓާއި ރެނާޓަސް އިތާމުތްގެ ޔުނިޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަން ޖެހެ އެވެ.
ސެންޓްރޯ މޯލް އަދި ރެނާޓަސް އިތާމުތްގެ ޔުނިޓު ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 10 އަހަރަށެވެ. ބާކީ ހުރިހާ ތަނެއްގެ ބިޑް ސެކިއުރިޓީ އަކީ 50،000 ރުފިޔާ އެވެ. އެ ތަންތަން ކުށްޔަށް ދޭނީ ފަސް އަހަރަށެވެ.
މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ މީހުން މި މަހުގެ 31 ގެ ކުރިން އެޗްޑީސީ އަށް ލިޔުންތައް ހުށަހަޅަންޖެހެ އެވެ.
ވިޔަފާރީގެ ބޭނުމަށް ބައެއް ތަންތަން ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައިވާ އިރު، ދާދި ފަހުން ހުޅުމާލޭގެ މާރުކޭޓު ސަރަހައްދުން 57 ގޮޅިއެއް އެޗްޑީސީން ވަނީ ކުށްޔަށް ދީފަ އެވެ.
ބިމު ކުއްޔަކީ އެޗްޑީސީ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވަސީލަތެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 63 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެކަމަކު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 76 ޕަސެންޓުގެ ދަށް އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި އެޗްޑީސީގެ ފައިދާ އަކީ 19 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
24 July 2019
ކޮން ބިޑް ސެކިއުރިޓީއެއްތަ؟ ތިޔަވެސް ނިކަމެތިންނަށް ނުދިނުމަށް ކުރާކަމެއް. ޑިޕޮސިޓަށް އެއްޗެއްނަގާނަމަ އޯކޭ. ދެން ކުލި ނުދޭނަމަ ނެރެވޭނެދޯ