28 ޖުލައި 2019 - 08:06
ސެމްސަންގްގެ ގެލެކްސީ ނޯޓް 10 އަންނަ މަހުގެ 7 ގައި ދައްކާލާނެ އެވެ. މި މޮޑެލްގެ ފޯނު ނެރޭ ވާހަކައާ އެކު އާންމުންގެ މެދުގައި އެންމެ ބޮޑު ބަހުސަކަށްވެފައި އޮތީ، ފޯނު އޮންނާނެ ގޮތަކާ ދޭތެރޭގަ އެވެ.
މިއީ އޭގެ ވީޑިއޯއެކެވެ. އެހެންވެ ގެލެކްސީ 10 ނޯޓް ނެރުމުގެ ކުރިން ވެސް މީގެ ޑިޒައިންނިން އާއި ފީޗާތަކަށް ކޮންމެވެސް ވަރަކަށް ފަރިތަވެލާށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މި މޮޑެލްއަކީ ހަމަ ވަރަށް ޗާލު އަދި ގެންގުޅެން ވެސް ފަސޭހަ އެއްޗަކަށް ވާނެ އެވެ.
ދެކުނު ކޮރެއާގެ ސެމްސަންގުން ނެރޭ ގެލެކްސީ ނޯޓް 10 ވެގެން ދާނީ އެންޑްރޮއިޑް މާކެޓްގައި ހިމެނޭ އެންމެ ބާރުގަދަ ފޯނަށެވެ. ގެލަކްސީ ނޯޓްގެ ހާޑްވެއާ ގޮތުގައި ބޭނުންކުރާ އަދި އާންމުންނަށް ފަރިތަ ބައިތަކުގެ ތެރޭގައި ހިމެނޭ ބެޓެރީ، ރޭމް، ސްޓޯރޭޖް، ޑިސްޕްލޭ، ޗާޖަރާއި އެއާ ގުޅުން ހުރި ކޭބަލްތައް ވެސް ދަރަޖަކޮށްފައި ހުންނަނީ ފެންވަރު ރަނގަޅު، "ޕްރީމިއަމް" އައިޓަމްތަކެއް ގޮތަށެވެ.
ސެމްސަންގުން ގެލަކްސީ ނޯޓް އާއިލާ ދަމަހައްޓަމުން ދިޔަ ސިޔާސަތުތަކަށް ބަދަލެއް ގެނުވާނެ ނޯޓް 10 އިން މުޅިން ކަށަވަރު ވާނީ ފޯނު ރަސްމީކޮށް އަންނަ މަހުގެ 7 ގައި ނިއު ޔޯކްގައި ދައްކައިލުމުންނެވެ.
ގިނަ ބަޔަކު މިހާރު ތިބީ އެ ދުވަހަކަށް ކައުންޓްޑައުން ފަށައިގެންނެވެ. އެމެރިކާގައި މިހާރު ވަނީ ފޯނުގެ ޕްރި-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ. ފޯނުގެ އަގުތައް ފެށޭނެ ކަމަށް ވަނީ 1،000 ޑޮލަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްދި
28 July 2019
އަސްލު ފޯނު ހުންނަ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ.