މައި ކޮލެޖުން އަނެއްކާ ވެސް މަތީ ތައުލީމަށް ގިނަ ފުރުސަތުތަކެއް

ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވަމުން އަންނައިރު، އެކަމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ މައި ކޮލެޖެވެ. މީގެ 13 އަހަރު ކުރިން އުފެއްދި މި ކޮލެޖުން އެތައް ހާސް ދަރިވަރުންނެއް މިހާތަނަށް ވަނީ އުނގެނިގެން ނުކުމެފަ އެވެ. އެތަނުގެ އެކި ސެންޓަރުތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މިއީ، އަނެއްކާ ވެސް އާ ފުރުސަތެކެވެ. މައި ކޮލެޖުން އަންނަ ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.


އެ ކޯސްތަކުން، ވަޒީފާ އަކަށް ބޭނުންވާ ހުރިހާ ބައިތަކެއް އަދި ދާއިރާތަކެއް ކިޔަވައިދެ އެވެ. އޭގެ ތެރޭގައި، މާކެޓިން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، ޕްރޮކިއުމަންޓް މެނޭޖްމަންޓް، މާކެޓިން، ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ހިމެނެ އެވެ. ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ލެވެލްއާ ހަމައަށް ގެންދާ ކޯސްތަކުގައި އޮންލައިން އަދި ވާޗުއަލްކޮށް ހިންގާ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ސަރައްހެއްގައި ހުރި މީހަކު ކަމަށް ވިޔަސް އެ ކޯސްތަކުގައި ބައިވެރި ވެވޭނެ އެވެ.

މައި ކޮލެޖުން، ބޭރުގެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ: މަތީ ތައުލީމުގެ ގިަނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައި.

އޮންލައިންކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި ސޮފްޓްވެއާ އިންޖީނިއަރިންގެ ޑިޕްލޮމާ އާއި ޕްރައިމަރީ ޓީޗިން އާއި މާސްޓާސް އިން އެޑިއުކޭޝަނާއި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.

ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެގޮތުން މިފަހަރު އަލަށް ތިން ކޯހެއް ފަށަން ހަމަޖައްސާފައި ވެ އެވެ. އެއީ ސެޓްފިކެޓް ލެވެލް ތިނަކުން ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި އެޑްވާންސްޑް ސެޓްފިކެޓް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސްގެ ޑިގްރީ ޕްރޮގްރާމެވެ.

މައި ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ތެރެއިން.-- ފޮޓޯ: މައި ކޮލެޖު

ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ލެވެލް ތިނެއް ގައި ކިޔަވައިދޭ މޮޑިއުލްތަކުގެ ތެރޭގައި ކޮމިއުނިކޭޝަން ސްކިލްސް އާއި އިންޓްރޮޑަކްޝަން ޓު ކޮންޕިއުޓާސް އެޑްމިނިސްޓްރޭޝަން އޮފް ޕަބްލިކް ސެކްޓާ އޯގަނިޒޭޝަންސް ހިމެނެ އެވެ. އެ ކޯހުގެ މުއްދަތަކީ ފަސް މަހެވެ. އެޑްވާންސްޑް ސެޓްފިކެޓް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި އިންޓްރޮޑަކްޝަން ޓު ގަވަނަންސް އާއި ލީޑަޝިޕް އަދި ޕާސަނަލިޓީގެ ތަރައްގީ އާއި ވަޒީފާގެ ތަމްރީނާއި ޕަބްލިކް ފައިނޭންޝަލް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ. އެއީ އެއް އަހަރު ދުވަހުގެ ކޯހެކެވެ.

މައި ކޮލެޖުގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ތެރެއިން.-- ފޮޓޯ: މައި ކޮލެޖު

ބެޗްލާސް އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަންގެ ކޯސް ތިން އަހަރުން ފުރިހަމަ ކުރެވޭނެ އެވެ. އެއީ ޑިޕްލޮމާ ލެވެލް އިން ފަށައިގެންނެވެ. އެ އަށް ފަހު އެސޯސިއޭޓް ޑިގްރީ އަދި ބެޗްލާސް ފުރިހަމަކުރެވޭނެ އެވެ. އެ ކޯހުގެ ފީ އަކީ މަހަކަށް 2،100ރ. އެވެ.

ހުރިހާ ކޯހަކުން ވެސް 25 ޕަސެންޓް ލިބޭނެ އެވެ. މައި ކޮލެޖުގެ ހުރިހާ ލާނިން ސެންޓަރުތަކުން ޑިސްކައުންޓް ލިބޭނެ އެވެ. ހުޅުމާލެ، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށީ، ށ. މިލަންދޫ، ނ. ހޮޅުދޫ، މާލެ، ރ. މީދޫ، ބ. އޭދަފުށީ، ޅ. ހިންނަވަރު، ކ. ކާށިދޫ، މ. މުލި، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ގަން، ގއ. ވިލިނގިލީ، ޏ. ފުވައްމުލަކު، ގދ. ތިނަދޫ އަދި އައްޑޫގައި ވަނީ މައި ކޮލެޖުގެ ސެންޓަރުތައް ގާއިމްކޮށްފަ އެވެ.