މިދިޔަ ކުއާޓާގައި ޓޫރިޒަމަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
31 ޖުލައި 2019 - 14:41
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބުނު އާމްދަނީ ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ސާވޭއަކުން ދައްކައިފި އެވެ.
އަހަރުގެ އެކި ކުއާޓަރުތަކުގެ ކުރިއެރުން ބެލުމުގެ ސާވޭ އިން މިގޮތަށް ދެއްކި ނަމަވެސް ތަފްސީލް ހިސާބުތަކެއް އާންމެއް ނުކުރެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓައާ އަޅާބަލާއިރު ޓޫރިޒަމަށް ލިބުނު އާމްދަނީ ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ޓޫރިޒަމް ދާއިރާ އަށް ލިބުނީ ކުރިއެރުމެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓޫރިޒަމަށް ވަނީ 18.7 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.
ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ދަށްވެފައިވަނީ އޮފް ޕީކް ސީޒަންގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި އޮންނަ ވާދަވެރިކަމާއި، ދިވެހި މުވައްޒަފުން މަދުވުމާއި ތަޖުރިބާކާރު މުވައްޒަފުން މަދުވުމަކީ ވެސް މި ދާއިރާ ދަށަށް ދިއުމަށް މެދުވެރިވި ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެމްއެމްއޭގެ ސާވޭ އިން ދެއްކި ގޮތުގައި މި އަހަރުގެ ތިން ވަނަ ކުއާޓާގައި ވެސް ޓޫރިޒަމްގެ އާމްދަނީ ދާނީ ދަށަށެވެ.
އެމްއެމްއޭ އިން ކުރިއަށްގެންދާ މި "ކުއާޓަލީ ސާވޭ" އަކީ ވިޔަފާރީގެ ދާއިރާ ކުރިއަށްދާ ގޮތް ބެލުމަށް މީރާ އާއި ބޮޑެތި ކުންފުނިތަކުގެ ތަފާސް ހިސާބުތަކުން މައުލޫމާތު އެއްކޮށްގެން ކޮންމެ ކުއާޓާއެއްގައި ހަދާ ސާވޭއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
31 July 2019
މިއީ ކޮންކަހަލަ ޚަބަރެއް!؟ %100 ދައްވުމަކީ އެކައްޗެއްވެސް ނުލިބުން! މިޚަބަރު މިއޮތީ ރަގަޅައް ހެނެއް ހިޔެއްނުވޭ.
ޙަމުން
31 July 2019
ބަލަ ޕީކް ސީޒަން އައީ މިއަހަރުގަ އެކަނިތަ. ނިކަން މިދިޔަ އަހަރާ އޭގެ ކުރީ އަހަރަ އޭގެ ކުރީ އަހަރުގެ ތަފާސް ހިސާބް ތައް ބަލާބަލަ ޕީކް ސީޒަން އައިސްގެން ތިހާބޮޑު ތަން ދައްވެގެން ގައުމައްވަތް ޑޮލަރު މަދުވިތޯ. މިއަހަރު ފުރަތަމަ ކޮޅު އައި ފަތުރު ވެރިންނަކީ އޭގެ ކުރީއަހަރު ބުކިން ހަދާފަ ތިބި އެތައް ބައެއް. ގައުމެއްވާ ނެތް. މީގެންވެސް އެގެނީ ކަންކަމުގަ ގާބިލް ކަން ނެތްބަޔަކު ވެރިކަމުގަ ތިބިކަމުގެ ހެކި.
އަލީ ރާޖާ
31 July 2019
ރާއްޖޭގެ ލަގްޒަރީ މާކެޓް ފުނޑާލަން ޖެހިގެން އޮތް ކަރައިން ޑިސްކައުންޓަށް ސަލާންޖަހާ ގްރޫޕް ގެނެސްގެން އެރައިވަލް ފިގަރ އިތުރުކުރީމަ ތާހިރުވެއްޖެދޯ. https://www.indiatoday.in/trending-news/story/indian-family-steals-accessories-from-bali-hotel-caught-by-staff-viral-video-shocks-internet-1574278-2019-07-27
ާާރަދީން
31 July 2019
ދިވެހިމުވައްޒަފުން މަދުވާނެތާ ރިސޯޓްތަކުގެ ވަޒީފާގައި ގިނައީ ބޭރުމީހުން.ޕަސެންޓެއް ކަނޑައެޅިފަ އޮތަސް މާގިނައިން އުޅޭ..
އިންސާރފު
31 July 2019
ތިއެކަންޔެއް ނޫން މިއަހަރުު އަންނަނީ ގިނައިން އިންޑިޔާ މީހުން. 4 ސްޓާ ހޮޓާތަކުގެ ސުވެނިއަ ޝޮޕްތަކުގައި ޑިސްކައުންޓަށް ސަލާން ޖަހާ ގުރޫޕު. އުޅުމެއް ފައިސާއެއް ނުހުރޭ. މިވަރުން ރާއްޖޭގެ ލަގްޒަރީ މާރކެޓުވެސް ފުނޑޭނެ.
އަލީ ރާޖާ
31 July 2019
މޯލްޑިވިއަންގަ ބަންގާޅުން އަންނަ މީހުން ޓުއަރިސްޓުންގެ ގޮތުގަ ޖަހާ އަދިވެސް. ކޮންމެކަމެއްގަވެސް އޮޅުވާލުން.
އެޖެންޑާ ނަވާރަ
31 July 2019
ސަރުކާރު އިސްތިއުފާ