މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސް އިމާރާތް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
04 އޯގަސްޓް 2019 - 15:10
މި އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތަށް ލިބުނުގެ އާމްދަނީގެ 61 ޕަސެންޓް ބަލައިގަތީ ޑޮލަރުން ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކުއާޓާގައި 160.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ދިވެހި ރުފިޔާއިން ޓެކްސްގެ ގޮތުގައި ބަލައިގަތީ 1.53 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 18 ޕަސެންޓް އިތުރުވެފަ އެވެ.
ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމެކެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރު ހިންގަމުންދާ ރިސޯޓުތައް އިތުރުވެފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.
ޑޮލަރުން ބަލައިގަތް އާމްދަނީގެ 52 ޕަސެންޓަކީ ޓީޖީއެސްޓީ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރިސޯޓު ކުލީގެ ހިއްސާ 15 ޕަސެންޓަށް އަރާ އިރު ގްރީން ޓެކްސްގެ އާމްދަނީ 8 ޕަސެންޓު ހިއްސާވެ އެވެ.
ދެވަނަ ކުއާޓާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖޫން މަހު އެވެ. އެގޮތުން އެ މަހު އެކަނި ޑޮލަރުން ނެގި އާމްދަނީ 61 މިލިއަން ޑޮލަރަށް އަރަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި 3.99 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ ތެރެއިން 3.18 ބިލިއަން ރުފިޔާއަކީ ޓެކްސް އިން ލިބުނު އާމްދަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑުރެކިއުލާ
04 August 2019
ދައުލަތަށްލިބޭ އާމްދަނީގެ 8 ޕަސެންޓަކީ ގްރީން ޓެކްސް؟ މިއީ ނިސްބަތުންބަލާއިރު ސައުދީއަށް ތެލުންވެސް ނުލިބޭ މިންވަރު. އެކަމަކު ސިންގަޕޫރު ހައްދާފަ ދިވެހިން ތިބެނީ.
އަހްމަދު
04 August 2019
އަދިވެސް ޑޮލަރ ސަރުކާރަށް ވަންވަރު އިތުރު ކުރެވިދާނެ.... މިސާލަކަށް ރިޒޯޓުތަކަުން ދައްކާ އިމްޕޯރޓް ޑިއުޓި ކަހަލަ އެއްޗެހިވެސް ޑޮލަރުން ދައްކަންޖެހޭ ކަހަލަ ގޮތަކަށް ހެދުން.... ފަހަރެއްގަ ކޮއްމެވެސްކަހަލަ އިންސެންޓިވެ އެއްދީގެން ނަ،މަވެސް.
އެލީޝް
04 August 2019
އެކަމު މިހާރުވެސް ޑޮލަރ ހޯދަން އުނދަގޫ..ވިއްކާ ތަންތަނުން ކުރިން ބޭނުންވަރަކަށް ލިބޭ..މިހާރު އެމީހުން އަތުވެސް ނުހުރޭ..