ޕްރިންގަލްސް ލަކީ ޑްރޯގެ ނަސީބުވެރިން ޕްރިމިއާ ލީގު ބަލަން އިންގްލެންޑަށް!

ދުނިޔޭގެ މަޝްހޫރު ޗިޕްސް ބްރޭންޑް، ޕްރިންގަލްސްއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން އިންގްލިޝް ޕްރިމިއާ ލީގު ބެލުމަށް އިންގްލެންޑަށް ފުރައިފި އެވެ.


ގުރުއަތުން ހޮވުނު ހަތަރު ނަސީބުވެރިން އިންގްލެންޑަށް ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ހަތަރު ނަސީބުވެރިން ވަނީ ޕްރިމިއާލީގުގައި އިއްޔެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗު ދަނޑުގައި ލައިވްކޮށް ބަލާފަ އެވެ.

މި ހަތަރު ނަސީބުވެރިން ރާއްޖެ އެނބުރި އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

ޕްރިންގަލްސް އިން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ ވީީބީ ބްރަދާސްއާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. ވީބީ ބްރަދާސް އަކީ ޕްރިންގަލްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.