ޓޮލާނޯ މޯލްޑިވްސް ކުނާވަށި ގެ ވިލާއެއް: މިއީ ލާ ވީ އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު-- ފޮޓޯ: ލާ ވީ ހޮޓެލްސް އެންޑް ރެޒޯޓްސް
07 ސެޕްޓެމްބަރ 2019 - 21:40
އޮސްޓްރޭލިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލާ ވީ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
"ޓޮލާނޯ މޯލްޑިވްސް ކުނާވަށި"ގެ ނަމުގައި ތަރައްގީ ކުރާ މި ރިސޯޓަކީ ވ. އަތޮޅުގައި އޮންނަ ރިސޯޓެކެވެ. މިއީ ޑައިވް ކުރުމަށް އެންމެ ހިތްގައިމު އެއް މަންޒިލް ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ބޯޓެއްގައި އެއް ގަޑިއިރު ތެރޭގައި ދެވޭނެ އެވެ.
މި ރިސޯޓުގައި 72 ވިލާ ހުންނައިރު ހުރިހާ ވިލާއަކުން ވެސް ފެންނާނީ ދިވެހި އާޓިސްޓުންގެ ހުނަރު ކަމަށް ލާ ވީ އިން ބުންޏެވެ. ވިލާގެ އިތުރުން އެ ރިސޯޓުގެ އެހެން ތަންތަނުން ވެސް ދިވެހިންގެ ހުނަރު ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވިލާތަކުގެ އިތުރުން އެކި ކުޒީންތަކުގެ ފަސް ރެސްޓޯރެންޓް ވެސް މި ރިސޯޓުގައި ހުރެ އެވެ.
ޓޮލާނޯ މޯލްޑިވްސް ކުނާވަށި ގެ ވިލާއެއްގެ އެތެރެ-- ފޮޓޯ: ލާ ވީ ހޮޓެލްސް އެންޑް ރެޒޯޓްސް
މީގެ އިތުރުން މޫދު ފެންނާނެހެން އިންފިނިޓީ ޕޫލަކާއި ސްޕާއެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. ވޯޓާ ސްޕޯޓްސް ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތާއި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއެއް ވެސް މި ރިސޯޓުގައި އޮވެ އެވެ. މި ހުރިހާ ހިދުމަތެއް ހޯދުމުގައި ޓޫރިސްޓުންނަށް ފުރިހަމަ ޕްރައިވެސީ ލިބޭނެ ކަމަށް ލާ ވީ އިން ބުންޏެވެ.
ލާ ވީ އިން ވަނީ އެ ރިސޯޓު ހުޅުވުމުގެ ކުރިން މުވައްޒަފުން ހޯދަން އިއުލާން ކޮށްފަ އެވެ. އެގޮތުން ޝެފުންނާއި ރެސްޓޯރެންޓްތަކަށް ބޭނުންވާ މީހުންގެ އިތުރުން ހައުސް ކީޕިން އާއި ރިކްރިއޭޝަނާއި ސެކިއުރިޓީ އަދި އިންޖިނިއަރިން އާއި މެއިންޓެނެންސް އަށް މީހުން ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
07 September 2019
ދިވެހިންނަށް ކިތަށް ވަޒީފާ ލިބޭނެބާ؟