ވިޔަފާރި / ޓްރީޓޮޕް ހޮސްޕިޓަލް

ޕްލާސްޓިކް ސާޖަރީއާ މެދު ދެކެނީ ކިހިނެއް؟

ޑރ. ސެރްކަން ޑީނާރު: އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަނެއްގެ ގޮތުގައި-- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް

11 ސެޕްޓެމްބަރ 2019 - 12:18

ޕްލާސްޓިކް ސާޖަރީއަކީ މަޝްހޫރު ހިދުމަތެއް ކަމުގައި ވިޔަސް، ރާއްޖޭގައި މި ސާޖަރީތައް އެހާ މަޝްހޫރު ނުވެދާނެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީގެ ޚިދުމަތް ދޭންފެށި ޑރ. ސެރްކަން ޑީނާރްއާ އެކު ކުރި އިންޓަވިއުއެއްގައި މި ހިދުމަތާ ގުޅޭގޮތުން ދިވެހިންގެ ޝައްކުތައް ފިލުވައިދިނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑރ. ޑީނާރް ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް އެސްތެޓިކާއި ޕްލާސްޓިކް ސާޖަރީއާ ދެމެދު އޮޅުން އަރަ އެވެ. ނަމަވެސް ޕްލާސްޓިކް ސާޖަރީއަކީ އެކި ހާދިސާތަކުގައި ގެއްލުންވާ ގުނަވަންތައް ނުވަތަ ވިހާއިރު ހުންނަ ބައެއް އައިބުތައް ރަނގަޅު ކުރުމަށް ހަދާ ސާޖަރީއެއް ކަމަށް ޑރ. ޑީނާރް ވިދާޅުވި އެވެ. އެގޮތުން ވިހާއިރު ތުންފަތުގައި ހުންނަ "ކްލެފްޓް ލިޕް" ފަދަ އައިބުތަކާއި އެކްސިޑެންޓުތަކުގައި ގެއްލުންވާ ގުނަވަންތަކަށް ފަރުވާ ދިނުން މި ސާޖަރީގެ ތެރޭގައި ހިމެނެ އެވެ.

ޕްލާސްޓިކް ސާޖަރީއާ މެދު ގިނަ ބަޔަކު ދެކޭގޮތް ބަދަލުވެފައިވަނީ، ފާއިތުވި އަހަރުތަކުގައި ބޭރުދުނިޔޭގެ ގިނަ ތަރިންގެ މެދުގައި ކޮސްމެޓިކް ޕްލާސްޓިކް ސާޖަރީގެ އެކި ބާވަތްތައް މަގުބޫލުވެފައިވާތީ ކަމަށް ވެސް ޑރ. ޑީނާރް ވިދާޅުވި އެވެ. އެގޮތުން ޕްލާސްޓިކް ސާޖަރީއަކީ ހަމައެކަނި ރީތިވުމުގެ ގޮތުން ހަށިގަނޑަށް ގެންނަ ބަދަލުތައް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

"ޕްލާސްޓިކް ސާޖަރީއަކީ ދެވަނަ ބޮޑުހަނގުރާމައިގައި މީހުންގެ ކަންފަތާއި ނޭފަތް ހަލާކުވުމުން އެ އަލުން ހެދުމަށް ފެށި ހިދުމަތެއް. މިއީ އަސްލު ޕްލާސްޓިކް ސާޖަރީގެ ބޭނުމަކީ،" ޑރ. ޑީނާރް ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުޅުވި ސިނަމާލެ ބްރިޖްގެ ސަބަބުން ވެސް ޕްލާސްޓިކް ސާޖަރީ އަށް ބޭނުންވެފައިވާ މިންވަރު އިތުރުވި އެވެ. އެގޮތުން މަގުމަތީ އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަރީގެ ހިދުމަތް ހޯދާ ދިވެހީންގެ އަދަދު ގިނަވި އެވެ. ޑރ. ޑީނާރް ވިދާޅުވިގޮތުގައި އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަން ފެއްޓެވި ފަހުން އެންމެ ގިނަވެފަ ވަނީ ފިރިހެނުންގެ "ބްރެސްޓް ގްރޯތު" ކޭސްތަކާއި ވިހެއުމުގެ ސަބަބުން އަންނަ ބަދަލުތަކުގެ ކޭސްތަކެވެ. މިގޮތުން އުފެދުމުގައި ހުންނަ އުނިކަމާއި، "ގްރެނިއުލޮމެޓަސް މެސްޓައިޓިސް" ކޭސްތަކުގައި ގިނަ ބަޔަކަށް ފަރުވާދީފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު މީހުންނަށް މި ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ސާޖަރީއާ ގުޅިގެން މީހުންގެ މެދުގައި އުފެދިފައިވާ ކުށްހީ އާ ގުޅިގެން ގިނަ ބަޔަކު އެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނުވެ އެވެ. އަދި ސާޖަރީ ހަދަން ދާ ޑޮކްޓަރުގެ ކިބައިން އެ މީހުންގެ މައުލޫމާތުތައް ސިއްރުކުރުމަށް އެދެ އެވެ. މިއީ މި ހިދުމަތް ދިނުމުގައި އެ ހޮސްޕިޓަލުން އެންމެ ބޮޑަށް ބަލާނެ އެއްކަން ކަމަށް ޑރ. ޑީނާރް ވިދާޅުވި އެވެ.

"ޕޭޝަންޓުގެ ޕްރައިވެސީއަކީ ޕްލާސްޓިކް ސާޖަންއެއް އެންމެ މުހިންމުކަން ދޭނެ އެއް ކަންތައް. އަޅުގަނޑުމެން އަބަދުވެސް ޑޮކްޓަރާއި ޕޭޝަންޓާ ދެމެދުގެ ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓާނަން." ޑރ. ޑީނާރް ވިދާޅުވި އެވެ.

ޑރ. ޑީނާރް އަކީ 20 އަހަރު ވަންދެން ޕްލާސްޓިކް ސާޖަރީގެ ހިދުމަތް ދެމުން އަންނަ ޑޮކްޓަރެކެވެ. އޭނާ ޕްލާސްޓިކް ސާޖަރީގެ ތަމްރީން ހަދާފައިވަނީ ތުރުކީގެ ޔުނިވާސިޓީ ހޮސްޕިޓަލުންނެވެ. އޭގެ ފަހުން އެ ގައުމުގެ މިލިޓަރީ އަދި ސަރުކާރު ހޮސްޕިޓަލްތަކުގައި އޭނާ ވަނީ ޕްލާސްޓިކް ސާޖަނެއްގެ ގޮތުގައި މަސައްކަތްކޮށް، މިހާތަނަށް 500 އަށްވުރެ ގިނަ ސާޖަރީ ހަދައިފަ އެވެ. ޑރ. ސެރްކަން ޑީނާރް މިހާރު ހިދުމަތް ދެމުން ގެންދަވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަނެއްގެ ގޮތުގަ އެވެ.

0 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454