05 ނޮވެމްބަރ 2019 - 07:24
މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއްގައި، އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި މެކްޑޮނަލްޑްގެ އިސް ވެރިޔަކު މަގާމުން ވަކިކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައި ވަނީ މެކްޑޮނަލްޑްސްގެ ޗީފް އެކްޒެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމު އަދާކުރަމުން ދިޔަ އިނގިރޭސިވިލާތަށް އުފަން ސްޓީވް އީސްޓަބްރޫކް، 52، އެވެ. ނަމަވެސް އޭނާ ލޯބީގެ ގުޅުމެއް ބޭއްވި މުވައްޒަފުގެ ނަމެއް ހާމައެއްނުކުރެ އެވެ.
މަސްލަހަތު ފުށުއަރާނެ މަގާމެއްގައި ހުރެ ތަނުގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވުމަކީ މެކްޑޮނަލްޑްސްގެ އުސޫލުތަކާ ހިލާފު ކަމެކެވެ.
އަލަތު ކައިވެނި ރޫޅިފައިވާ، ތިން ކުދިންގެ ބައްޕަ މެކްޑޮނަލްޑްސްގެ ސީއީއޯގެ މަގާމާ ހަވާލުވީ މީގެ ހަތަރު ކުރިން 2015 ގެ މާޗް މަހު އެވެ. އޭނާ އެ ކުންފުންޏާ އެންމެ ފުރަތަމަ ގުޅުނީ 1993 ގަ އެވެ. އޭނާ އެންމެ ފުރަތަމަ ސްޓީވް އަދާކުރި ވަޒީފާ އަކީ ލަންޑަންގެ މެނޭޖަރެއްގެ މަގާމެވެ.
BREAKING: In a statement, McDonald’s says CEO Easterbrook was fired after the board determined that he “violated company policy and demonstrated poor judgment involving a recent consensual relationship with an employee. “ https://t.co/SMyI5sDyuT
— CNBC Now (@CNBCnow) November 3, 2019
އެކަމަކު ފަހުން ޕިއްޒާ އެކްސްޕްރެސް އާއި އޭޝިއާގެ މަޝްހޫރު ފުޑް ޗެއިން ވެގަމަމާ އިން ލިބުނު ފުރުސަތުތަކާ ގުޅިގެން 2011 ގައި އޭނާ މެކްޑޮނަލްޑްސް ދޫކޮށްލި އެވެ. އަދި އަލުން އެ ކުންފުންޏާ ގުޅުނީ 2013 ގަ އެވެ.
ލޯބީގެ މައްސަލައެއްގައި ވަޒީފާ އިން ވަކިކުރުމާ ގުޅިގެން ސްޓީވް ވަނީ އިސް މަގާމެއްގައި ހުރެ މެކްޑޮނަލްޑްސްގެ އުސޫލުތަކާ ހިލާފުވެވުނީތީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އޭނާ ފޮނުވި އީމެއިލެއްގައި ބުނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށާއި ވަޒީފާ އިން ވަކިކުރަން ކުންފުނީގެ ބޯޑުން ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށެވެ.
ސްޓީވް މަގާމުން ވަކިކުރުމާ ގުޅިގެން ސީއީއޯގެ މަގާމު މިހާރު އަދާކުރަނީ މެކްޑޮނަލްޑްސްގެ ރައީސްގެ މަގާމުގައި ވެސް ހުރި ކްރިސް ކެމްޕްޒިންސްކީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު-
05 November 2019
މީނަގެ މުސާރަޔަކީ އަހަރަކަށް 16 މިލިއަން ޑޮލަރ
ކަމަނާފުޅު
05 November 2019
" އޭނާ ފޮނުވި އީމެއިލެއްގައި ބުނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށާއި ވަޒީފާ އިން ވަކިކުރަން ކުންފުނީގެ ބޯޑުން ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށެވެ." މަގޭގައުމުންވެސް މިކަހަލަ ނަމޫނާސަގާފަތެއް ފެންނަމައޭ ހިތަށްއަރާ.
ލެއްގި ކޮމިޝަނަރ
05 November 2019
މިހައުމަކުން ނުފެއްނާނެ. މިއުޅޭ ޕޮލިސް އޮފިސަރުންތައްވެސް އުޅެނީ އަލަށްވައްދާ ރެކުރޫޓް ކުދިންތަކާހެދި ހޭދެބައިވެފަ. ބަދަލުގަ ލިބެނީ 6މަހުން 6މަހުން .........