ވިޔަފާރި / މީރާ

ރީލޯޑާއި ރާސްޓަސް އިން ޖީއެސްޓީ ކަނޑާފައި ޖަމާކުރާ ގޮތަށް ހަދަނީ

މީރާ އިން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު ޖަމާކުރި އާމްދަނީ ވަނީ ދަށްވެފައި. --މިހާރު ފޮޓޯ: ނިޝާން އަލީ

އަންނަ މަހުން ފެށިގެން ކުރާ ރީލޯޑާއި ރާސްޓަސްތަކުން އެކައުންޓަށް ޖަމާ ވާނީ ޖީއެސްޓީ އަށް ވާ އަދަދު އުނި ކުރުމަށް ފަހު ކަމަށް މީރާއިން ބުނެފި އެވެ.

މިހާރު ރީލޯޑު އަދި ރާސްޓަސް އިން ޖީއެސްޓީ ނަގަނީ ރީލޯޑު ނުވަތަ ރާސްޓަސް ކުރާ އަދަދުގެ މައްޗަށް ޖީއެސްޓީގެ އަދަދު ވަކިން އިތުރު ކޮށްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ގެންނަ ބަދަލާ އެކު ކަސްޓަމަރުން އިތުރަށް ޖީއެސްޓީ ދެއްކުމުގެ ބަދަލުގައި އެކައުންޓަށް ފައިސާ ޖަމާ ވާނީ ކަސްޓަަމަރު ދައްކާ އަދަދުން ޖީއެސްޓީގެ އަދަދު އުނިކޮށްފައި ކަމަށެވެ.

"މި ބަދަލާ ގުޅިގެން ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވާ ވަކިލާރީގެ މައްސަލަ އަށް ހައްލެއް ލިބި ޕްރިޕެއިޑް ކަސްޓަަރުންނަށް ރީޗާޖު ކުރުމުގައި ފަސޭހަ ވެގެން ދާނެ،" އެ ބަޔާނުގައި ވެ އެވެ.

މިރާ އިން އިތުރަށް ބުނީ މި ބަދަލާ ގުޅިގެން އާންމުންނާއި ވިިޔަފާރިކުރާ ފަރާތްތަކުން ހޭލުންތެރި ކުރުމަށް އެ ފަރާތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

މުވާސަލާތީ ހިދުމަތްތަކަށް ޖީއެސްޓީ ނަގަން ފެށީ 2014 މެއި މަހުން ފެށިގެން، ޖީއެސްޓީ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުންނެވެ.

40 ކޮމެންޓް, 145 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 4%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖ

29 September 2016

މިހާރުވެސް ދިރާގު / އޫރީދޫ އައުޓްލެޓް (މިސާލަކަށް އެއަރޕޯރޓު ގައި) ތިކަން ކުރާނީ މި "އަލަށް" ތައާރަފުކުރާ ގޮތަށް.

The name is already taken The name is available. Register?

ނިޔައްޓޭ

28 September 2016

ޖީއެސްޓީ ލައިގެން ނުވާނެ މިކަމެއް!!!

The name is already taken The name is available. Register?

ހާދަރު

28 September 2016

އެބުނީ މިސާލަކަށް -/10 ރ ބޭނުންނަމަ އަހަރެމެން މިހާރު ފިހާރައަށް މިދެނީ 11 ރުފިޔާ. އެކަމަކު އަސްލު 10 ރުފިޔާގެ 6 ޕަސެންޓަކީ 60 ލާރި. 60 ލާރި ނެގުމުގެ ބަދަލުގައި ފިހާރައަށް މިނަގަނީ 1 ރުފިޔާ. އެކަމަކު މި ބަދަލުގެ ސަބަނުން އަހަރެމެން ފިހާރައަށް 11 ރުފިޔާ ދިނުމުން ފިހާރައިން އަހަރެމެންނަށް 11 ރުފިޔާ ފޮނުވާނެ. އެކަމަކު ފޯނަށް ޖަމާވާނީ 10 ރުފިޔާ 40 ލާރި. މީ ވަރަށްވެސް ރަނގަޅު ބަދަލެއް. އެންމެ ފުރަތަމަވެސް މިކަން ކުރަން ޖެހޭނެ ގޮތަކީ މީ. ނުޤަވާޢިދުން ވަރަށް ބައިވަރު ފައިސާ ރީލޯޑް ކުރާމީހުން އަހަރެމެންގެ އަތުން ނަގައިފި. މީ މިކަން ކުރާ ބަންގާޅީންނަށްވެސް ލިބުނު ދެރައެއް.

The name is already taken The name is available. Register?

އޭޒެޑް

28 September 2016

11 ރުފިޔާއިން ފޯނަށް ޖަމާވާނީ 10.377

The name is already taken The name is available. Register?

ޖިހާދު

28 September 2016

ވާވަަރަށް ފިހާރަތަކުން ބޮޑުކޮށް ޖީއެސްޓީއަށް ލާރި ނެގިފަހުން ދޯ ތިކަމެއް ތިކުރަން އަދި ހިޔާލު ވެސް ހުރީ. ފިހާރަތަކުން ޖެހިލުމެއް ނެތި ބުނަނީވެސް މިހާރު 20 ރުފިޔާއަށް ނަގަމޭ 2 ރުފިޔާ. 50 ރުފިޔާ ހިފައިގެން ގޮސް ދިރާގުފޯނަށް 25 ރުފިޔާ އުރީދޫ ފޯނަށް 25 ރުފިޔާ އެޅިދުވަހު ސޭޓު އަހަރެން އަތުން ނެގި 4 ރުފިޔާ. އެއީ ކޮންމެ 25 އަކަށް ނަގަމޯ 2 ރުފިޔާ. ހީވަނީ ޖީއެސްޓީ ޕަސަންޓް ހަދަން ގެންގުޅެނީ ހަލާކުވެފައި އޮތް ކަލްކިޔުލޭޓަރެއް ހެން. އެވްރެޖްކޮށް މިހާރު ފިހާރަތަކުން ނަގަމުންދާ ޖީއެސްޓީ ރޭޓަކީ 10 ޕަސަންޓް.

The name is already taken The name is available. Register?

ޝީން

28 September 2016

ޝުކުރިއްޔާ ބޭބެ.. ބޭބެގެ ކޮމެންޓުން މި ޚަބަރުގައި މިބުނާ އެއްޗެއް އަޅުގަނޑަށް ފަހުމު މިވީ

The name is already taken The name is available. Register?

އަދުނާނު

28 September 2016

ތީރުން ވާނީ ކިހިނެތްބާ. މިހާރުވެސް 20ރ ރިލޯޑް ކުރިއަސް 1/20 ނަގަންޖެހޭ ތަނަކަށް 2ރ ނުދެނިސް ރިލޯދް ނުކޮށްދެ. 10 ރ ނަމަ 1ރ ގިނައީ ވާނުވާގަ ތިބި މީހުން

The name is already taken The name is available. Register?

މަހުމާ

28 September 2016

ކޮންމެ ހެނެއް ވިޔަސް ފޯނުން ނަގާ ޖީއެސްޓީ ވެސް އެބަނަގާ ކަނޑައެއް ނުލިތާ އެހެންވީމަ ރައްޔިތު މީހާގެ ހިތަށް ތިކަމުން ލިބޭ އެއްވެސް ތަސައްލީއެއް ނެތް މެއަށް ލިބުނު ފިނި ކަމެއް ނެތް ނިކަން ދެކިބަލަ ކުނިކޮށްޓަށް ކުނި އުކާލުމުގަވެސް ކޮއްޓަށް ނަގާ ފީ ބޮޑު ޕިކަޕަކަށް 800 ކުޑަ ޕިކަޕަކަށް 350 މިއީ ކިހާ ބޮޑު ބުރައެއްތޯ ކުއްލިއަކާ އުފުލައިގަންނަން މިޖެހުނީ އެހެން ވީމަ ބޮޑު ޕިކަޕްތައް ދާމަގުން ކުދި ޕިކަޕްވެސް ބަރުކޮށްގެން ދާނީ ޔައުނީ ބޮޑު ސޯބު އެނބުރޭގޮތަކަށޭ ކުދި ސޯބުވެސް އެނބުރޭނީ ވަﷲ އައުލަމް

The name is already taken The name is available. Register?

އަސުރުމާ

29 September 2016

ބޮޑު ސޯބު އެނބުރޭ ގޮތަކަށް ނޫން ކުދި ސޯބު އެނބުރެނީކީ.... ރަނގަޅަށް އެކަން ދިރާސާ ކޮށްލަން ފެނޭ.

The name is already taken The name is available. Register?

Ayyob

28 September 2016

މިހާރުވެސް ވަކިލާރިއަކަށް ދައްޗެއްނޫން. ޑޮލަރަށް ދަތީ މިކަން ހައްލުކޮއްދެއްވިއްޔާ މާރަނގަޅު.

The name is already taken The name is available. Register?

ވާންޗޯ

27 September 2016

މިަހަބަރުގ ވީގޮތެއް ހަރާން މަށަކަށް ނޭނގުނު. އަޅެ މީހަކު ކިޔާދީބަލަ.

The name is already taken The name is available. Register?

އ މ

28 September 2016

އެބުނީ ފިހާރަފިހާރައިން މިހާރު ޖީއެސްޓީ ލާރި ނެގިޔަ ނުދޭށޯ. އެކަމަކު ލާރި ދައްކާ ސީދާ އަދަދަށް ރިޗާޖު ނުލިބޭނެޔޯ. ލާރި ދޭ ވަރަށްވުރެ ސީދާ 6 ޕަސެންޓު ދަށްކޮށޯ ރިލޯޑު ވާނީ. سلام

The name is already taken The name is available. Register?

އަދުރޭ

27 September 2016

އަހަރެން ވަޒީފާ އަދާކުރަންމިޖެހެނީ އާއިލާއާ އެތަކެއް ކިލޯމީޓަރެއް ދުރުގަ އެމީހުންނާ ހަމަޔައް ދެވެނީ ދެމަހުން ނޫނީ ތިންމަހުން އެއްފަހަރު، އެމީހުންނާ ފަސޭހައިން ބައްދަލް ކުރެވޭނެ ހަމައެކަނި ވަސީލަތަކީ ފޯނު މިއިންވެސް މިނަގަނީ ޓެކުސް، ބޮޑެތި މަހުޖަނުން އެތައްމިލިޔަނެއްލިބޭ އިރު އެތައްމިލިޔަން ޑޮލަރެއް އެމީހުންގެ އެކައުންޓްތަކައް ވާނުވާނޭގި ވަންނައިރު އިންކަމް ޓެކުސް ނަގަން ނުކުރިގެން މިއުޅެނީ ކީއްވެގންބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454