ލައިފްސްޓައިލް / ޑަޔާނާ

ޑަޔާނާގެ "ޓްރަވޯލްޓާ ގައުން" އަލުން ނީލަމެއްގައި ވިއްކައިލަނީ

ޑަޔާނާ.

އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ، އެމެރިކާގެ ވައިޓް ހައުސްގައި މީގެ 34 އަހަރު ކުރިން އޮތް ރަސްމީ ފަރިއްކޮޅެއްގައި، ތުރުކުރެއްވި މަޝްހޫރު "ޓްރެވޯލްޓާ ގައުން" ނީލަމެއްގައި ތިން ވަނަ ފަހަރަށް ވިއްކައިލަން ނިންމައިފި އެވެ.

އެމެރިކާގެ އޭރުގެ ރައީސް ރޮނާލްޑް ރޭގަން އާއި އަނބިކަނބަލުން ނޭންސީ ރޭގަން ބޭއްވެވި ފަރިއްކޮޅުގައި އޭރު އުމުރުފުޅުން 24 އަހަރުގެ ޑަޔާނާ ތުރުކުރެއްވި ކަޅު ކުލައިގެ ވެލްވެޓް ގައުން އަކީ ޑިޒައިނަރު ވިކްޓާ އެޑެލްސްޓީންގެ ފަރުމާއެކެވެ. ގައުން "ޓްރެވޯލްޓާ ގައުން" ގެ ނަމުގައި މަޝްހޫރުވެގެން ދިޔައީ ވައިޓް ހައުސްގެ ހަފުލާގެ ތެރޭގައި ޑަޔާނާ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން ޓްރެވޯލްޓާ އެކު ނައްޓަވާފައިވާތީ އެވެ.

ކައިވެނީގެ ހަދިޔާއަކަށް ފިރިލަކުން ޕްރިންސް ޗާލްސް މާމާފުޅު ހަދިޔާއެއްގެ ގޮތުގައި ޑަޔާނާ އަށް ދެއްވި ގައުން ނީލަމެއްގައި އަލުން ވިއްކައިލަން ނިންމާފައިވާ އިރު، އޭގެ އަގު މި ފަހަރު ފެށެނީ 350،000 ޕައުންޑް (453,355 ޑޮލަރު) އިންނެވެ.

އެ ގައުންއަކީ ޑަޔާނާގެ އެންމެ ގަޔާވި ހެދުންކޮޅުތަކުގެ ތެރެއިން އެކައްޗެވެ. އެގޮތުން "ޓްރެވޯލްޓާ ގައުން" ހަތަރު ފަހަރެއްގެ މަތިން ތުރުކުރައްވާފައިވެ އެވެ.

View this post on Instagram

Arguably the most iconic and memorable gown Princess Diana ever wore, second only to her wedding dress:⁠⠀ .⁠⠀ The midnight-blue velvet evening gown by Victor Edelstein, worn to attend the White House State dinner on the 9th November, 1985, where she famously danced with John Travolta⁠⠀ .⁠⠀ Victor Edelstein made dresses for Princess Diana over an eleven-year period. She would often pop into his shop at 3-4 Stanhope Mews and look through the collections whilst her security guard waited outside. The Princess saw this model in his studio in burgundy and requested it be made for her in midnight blue. The fittings for the gown took place in her private apartments at Kensington Palace. At the last fitting, Princess Diana was so delighted with the final result that she rushed to show it to Prince Charles. Mr Edelstein recalls that the Prince, who appeared in full regimental dress (as he had an official engagement that day), told the Princess that she looked wonderful in the gown and that it would be perfect to wear with jewels⁠⠀ .⁠⠀ Falling alluringly off the shoulders and with a diagonally-swathed velvet skirt which hugs the figure tightly to the knee, then flaring out into a broad flounce above layered tulle petticoats, this is one of the most glamorous gowns she ever wore. And it was clearly a favorite, being worn for at least five further Royal engagements⁠⠀ .⁠⠀ Poignantly, Princess Diana chose this gown 12 years later to wear for the last official portrait ever taken of her. The photograph, by Lord Snowdon, shows a thirty-five-year-old Princess appearing self-assured, confident and, of course, dazzlingly beautiful⁠⠀ .⁠⠀ (Lot 237, estimate £250,000-350,000. Auction 9th December)⁠⠀ .⁠⠀ .⁠⠀ #princessdiana #fashionhistory #johntravolta #thewhitehouse #victoredelstein #passionforfashion #vintagecouture

A post shared by Kerry Taylor Auctions (@kerrytaylorauctions) on

ގައުން އެންމެ ފުރަތަމަ ވިއްކައިލީ އޮގަސްޓް 31، 1997 ގައި ޑަޔާނާ އަވަހާރަވުމުގެ ދެ މަސް ކުރިން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭއްވި ނީލަމެއްގަ އެވެ. އެ ފަހަރު އެއިޑްސް އަށް މަސައްކަތްކުރާ ޗެރިޓީތަކަކަށް އެހީވާން ގައުން ވިއްކައިލީ 100،000 ޕައުންޑް (129,547 ޑޮލަރު) އަށެވެ. ގައުން ގަތީ އެމެރިކާގެ ފްލޮރިޑާގެ އަންހެން ވިޔަފާރިވެރިއެއް ކަމަށްވާ މައުރީން ޑަންކެލް އެވެ.

އޭނާ ފަހުން ވަނީ 2013 ގައި ގައުން 240،000 ޕައުންޑް (310,888 ޑޮލަރު) އަށް ވިއްކާލައިފަ އެވެ. އެ ފަހަރު ގައުން ގަތީ އަންހެނުންނަށް ހަދިޔާކުރަން އިނގިރޭސިވިލާތުގެ މީހެކެވެ.

View this post on Instagram

One moment in time: the clock strikes midnight on the 9th November, 1985, and a handsome John Travolta nervously taps on the shoulder of a 24-year old Princess Diana, and asks her to dance⁠⠀ .⁠⠀ Princess Diana is wearing the midnight-blue velvet evening gown by Victor Edelstein which which be starring in our upcoming 9th December auction and is estimated at £250,000-350,000⁠⠀ .⁠⠀ The two unlikely dancing partners were in attendance at The White House State Dinner, hosted by President Ronald Reagan and his wife Nancy. Princess Diana accompanied her husband, Prince Charles, where they met the leading politicians and business leaders of the day, mixed with a sprinkling of Hollywood movie stars and entertainers. Unusually, Mr Travolta had not been invited with a companion but he soon understood the reason why. Afterwards, in an interview with chat show host Andrew Denton, he described how Nancy Reagan quietly took him aside and whispered that Princess Diana had only one wish on this American trip - and that it was to dance with him!⁠⠀ .⁠⠀ Travolta recalled: 'She turned around and she did that look that she did so, so beautifully and I asked if she would care to dance and she said she'd love to and we danced for twenty minutes to a medley of Grease and Saturday Night Fever...I was on cloud nine. She has great rhythm... ''Maybe some day we'll get to do this in a less-watched situation'', I said near the end. ''That would be great'', she replied.' Then, as everybody applauded, he thanked her. He described the experience as being 'like a fairy tale'⁠⠀ .⁠⠀ (Lot 237, estimate £250,000-350,000. Auction Monday 9th December)⁠⠀ .⁠⠀ #princessdiana #fashionmoment #johntravolta #whitehousestatedinner #theroyalfamily #victoredelstein #cinderella #vintagecouture⁠⠀

A post shared by Kerry Taylor Auctions (@kerrytaylorauctions) on

ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ މަންމާފުޅުގެ "ޓްރެވޯލްޓާ ގައުން" މި ފަހަރު ނީލަމުގައި ވިއްކައިލަނީ ލަންޑަނުގެ އޮކްޝަން ހައުސް ކެރީ ޓޭލާ އޮކްޝަންސްގެ ފަރާތުންނެވެ.

"މިއީ މިހާތަނަށް ޑަޔާނާ ތުރުކުރެއްވި އެންމެ އައިކޮނިކް އަދި އެންމެ ތާރީހީ އެއް ގައުންއަށްވާތީ މީތި ނީލަމުގައި މި ފަހަރު ވިއްކައިލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް،" ކެރީ ޓޭލާ އޮކްޝަންސްގެ ފަރާތުން ލޫޒީ ބިޝޮޕް ބުންޏެވެ.

"ޓްރެވޯލްޓާ ގައުން" ގެ ނީލަން ކުރިއަށް ދާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުޅި

20 November 2019

އަހަރެން ހިލޭ ދިނަސް ބޭނުމެއްނޫން.

The name is already taken The name is available. Register?

ޙަސަންފުލު

20 November 2019

ނެށުމުގެ މާތް ގޮތް ތޯ މީ، ނައްޓަވާފައިވުން

The name is already taken The name is available. Register?

ކާޅޭ

20 November 2019

ހޫންޏެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454