21 ނޮވެމްބަރ 2019 - 07:09
މޭކަޕް ސާމާނު އުފައްދައިގެން ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ހޯދާފައިވާ އެމެރިކާގެ މަޝްހޫރު އަންހެން ވިޔަފާވެރިޔާ ކައިލީ ޖެނާގެ ކޮސްމެޓިކް ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކައިލަން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިލީޒް ކޮސްމެޓިކްސް އާއި ކައިލީޒް ސްކިންގެ 600 މިލިއަން ޑޮލަރު (51 ޕަސެންޓް) ހިއްސާ ވިއްކައިލަން ނިންމީ އެމެރިކާގެ ބިއުޓީ ކުންފުނީ ކޯޓީއަށެވެ. އެ ކުންފުންޏަށް ކައިލީގެ ކޮސްމެޓިކް ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކައިލި ނަމަވެސް އޭގެ ކްރިއޭޓިވް ހެޑެއްގެ ގޮތުގައި 22 އަހަރުގެ ކައިލީ މަސައްކަތްކުރާނެ އެވެ.
އޭނާ ބުނި ގޮތުގައި އަމާޒަކީ ކައިލީގެ ބްރޭންޑް "އިންޓަނޭޝަނަލް ބިއުޓީ ޕަވަހައުސް" އަކަށް ހެދުމެވެ. މިކަމާ ބެހޭ ގޮތުން ކައިލީ ކުރި ޓްވީޓެއްގައި ބުނީ މިއީ އަދި ފެށުމެއް ކަމަށެވެ.
"ކޯޓިއާ ގުޅިގެން އަހަރެންގެ ބްރޭންޑް އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އުފަލެއް،" މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަންއާ އެއްބަނޑު ކައިލީ ބުންޏެވެ.
I can’t wait for all of the amazing things to come for @kylieskin and @kyliecosmetics! I’m excited to partner with @cotyinc to continue to expand my brands globally.. This is only the beginning!
— Kylie Jenner (@KylieJenner) November 18, 2019
ކޯޓީގެ ޗެއާމަން ޕީޓާ ހާފް، ކައިލީ އަކީ އެންމެ މި ޒަމާނުގެ އައިކަންއެއްގެ ގޮތުގައި ސިފަކުރަމުން ބުނީ ކައިލީގެ ކޮސްމެޓިކް ކުންފުންނަކީ ހުރިހާ އެންމެންގެ ރަހަތަކާ ގުޅޭ ގޮތަށް މޭކަޕް ސާމާނު އުފައްދައި މާކެޓް ކުރަން ދަންނަ ވަރުގަދަ ވިޔަފާރިވެރިއެއް ކަމަށެވެ.
Celebrate our 1 year @ultabeauty anniversary with us 💕 30% off all Kylie Cosmetics in store and on https://t.co/WPitgyycjT ✨ pic.twitter.com/tE8GZGb0Tn
— KYLIE COSMETICS (@kyliecosmetics) November 16, 2019
ކައިލީގެ ކުންފުނީގެ ހިއްސާ ކޯޓި އަށް ވިއްކައިލަން ނިންމި އިރު، އެ ކުންފުނީގެ ދަށުގައި ހުރި މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ބާބެރީ އާއި ހޫގޯ ބޮސް ހިމެނެ އެވެ.
މިހާރު އަހަރުވީ އަންހެން ދަރިއަކު ވެސް ހުރީި ކައިލީގެ ކޮސްމެޓިކް ކުންފުނި ވުޖޫދަށް އައީ 2015 ގަ އެވެ. އޭގެ ފަހުން ކައިލީގެ ބްރޭންޑްވެފައި ވަނީ މޭކަޕްގެ ސާމާނުގެ ވިޔަފާރީގެ އެންމެ ނުފޫޒު ގަދަ އެއް ބްރޭންޑަށެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު އެކަނި ވެސް ކައިލީގެ ކުންފުނީގެ އާމްދަނީ 360 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެ ކާމިޔާބީއާ އެކު ފޯބްސް އިން ވަނީ ކައިލީ އަށް އަމިއްލަ މަސައްކަތުން މަޖުހަނަކަށްވި އެންމެ ޒުވާން ބިލިއަރުގެ މަގާމު ވެސް ދިފަ އެވެ. އޭނާގެ މިލްކިއްޔާތަކީ އެއް ބިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯވޭކައިލީ
21 November 2019
އަހަރެން ހިތަށްއަރަނީ ކީއްވެބާއޭ އެހާ ލާރިލިބޭއިރު މެޖޯރިޓީ ޝެއާރ ވިއްކާލީ؟ މަ ނަމަ ނުވިއްކާނަން!
އޮއްޓަރޭ
21 November 2019
އެއީ ބޭފުޅާއަށް ވިޔަފާރި ނޭގޭތީ
ދިލް
21 November 2019
އެހެންވެއޭ ކަލެއަށް ކަމެއް ނުވެގެން ތިޔަ އުޅެނީ ބްރޯ!