ރެޑްވޭވުން، ޝާޕް ބްރޭންޑުގެ އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި އޭސީ ރާއްޖެ އަށް ތައާރަފް ކޮށްފި

ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑެއް ކަމަށްވާ "ޝާޕް' އައިސް އަލަމާރި އާއި ދޮންނަ މެޝިން އަދި އޭސީ، ރެޑް ވޭވުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.


މީގެ ތެރެއިން އޭސީ އާއި އައިސް އަލަމާރި އަކީ ޖަޕާނުގެ ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓަރު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ. މި ޓެކްނޮލޮޖީގެ ސަބަބުން 77 ޕަސެންޓް ހަކަތަ ސަލާމަތް ކޮށްދޭއިރު 50 ޕަސެންޓަށް ހަރަދު ވެސް ކުޑަވެ އެވެ.

ޝާޕް ބްރޭންޑުގެ އައިސް އަލަމާރީގައި ހިމެނޭ "އޭޖީ ޕްލަސް ނެނޯ ޑިއިޑޮރައިޒާ" އަކީ ވެސް ފާހަގަކޮށްލެވޭ ޓެކްނޮލޮޖީ އެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އައިސް އަލަމާރީގައި ހުންނަ ބެކްޓީރިއާ އާއި ވަސް ނައްތައިލަދީ، ކާ އެއްޗެހި ތާޒާކަންމަތީ ބެހެއްޓޭނެ އެވެ. ރެޑް ވޭވުން މިހާރު ލިބެން ހުންނާނީ މި ބްރޭންޑުގެ ކުދި އައިސް އަލަމާރި އެވެ.

ރެޑްވޭވުން ވިއްކާ ޝާޕް އައިސްއަލަމާރިތަކެއް-- ފޮޓޯ: ރެޑް ވޭވް

ޝާޕް އޭސީގެ ދެ ރޭންޖެއް ރެޑްވޭވުން ވަނީ ތައާރަފު ކޮށްފަ އެވެ. މި އޭސީގައި ހިމެނޭ ޖަޕާނުން ދުނިޔެ އަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމާކުލަސްޓާ އިއޯން ޓެކްނޮލޮޖީ" އަކީ ވައިގެ ތެރޭގައި ހުންނަ 99 ޕަސެންޓް ބެކްޓީރިއާ އާއި އެލާޖީ މެދުވެރި ކުރުވާ ފަދަ ހިރަފުހުގެ 97 ޕަސެންޓް ނައްތައިލަދޭ ޓެކްނޮލޮޖީ އެކެވެ. އަދި ވައިގެ ތެރެއަށް މި އޭސީތަކުން ދޫކޮށްލާ "އިއޯން"ގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެ އެވެ. މި ޓެކްނޮލޮޖީ ހިމެނޭ އައިސް އަލަމާރި ވެސް ތައާރަފް ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

މީގެ އިތުރުން ޝާޕް އޭސީގައިވާ ބާރުގަދަ ޖެޓްގެ ސަބަބަން ވަރަށް އަވަހަށް ފިނިކޮށްދިނުމުގެ ގާބިލްކަން ލިބިފައިވެ އެވެ. މި އޭސީން، އެންމެ ދަށް ޓެމްޕަރޭޗަރު ކަމަށްވާ 14 ޑިގްރީ ސެލްސިއަސް އަށް ފިނިކޮށްދޭން އެވެ.

ޝާޕްގެ އުފެއްދުންތައް ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާ އެކުގަ އެވެ. އަދި އާދަޔާ ޚިލާފަށް އަގު ހެޔޮވާނެ ކަމަށް ރެޑް ވޭވުން ބުނެ އެވެ.