ރެސްޓޯރެންޓެއްގައި ބަޔަކު ކަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޖެނުއަރީ 2020 - 15:36
ރާއްޖޭގައި އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ހޮޓާ/ރެސްޓޯރެންޓް/ކެންޓީން ހިންގަން ކުރިން އިކޮނޮމިކް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނެގުމުގެ ބަދަލުގައި، އެ ވިޔަފާރިތައް ރަޖިސްޓްރީކުރަން އާ އުސޫލުތަކެއް ކަނޑައަޅައި، އެއަށް މި މަހު 4 އިން ފެށިގެން އަމަލްކުރަން ފަށައިފި އެވެ.
ކުރިން ނަމަ އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ހޮޓާ/ރެސްޓޯރެންޓް/ކެންޑީން ނުވަތަ ކެފޭ ފަދަ ތަންތަން ހިންގެނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ. އަދި އެ ހުއްދަ، އެތަންތަނުގައި އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ.
އެކަމަކު އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނަށް ގެނައި ބަދަލުތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަމަލު ކުރަން ފެށުމުން އިމްޕޯޓް މުދަލުގެ ވިޔަފާރި އާއި، ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެންޓީން ވިޔަފާރިތަކަށް ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އިމްޕޯޓް މުދާ ވިއްކުމަށް ދޫކޮށްފައިވާ ހުއްދައެއް: މިހާރު މި ހުއްދަ ނަގާކަށް ނުޖެހޭ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި ވިޔަފާރިތައް ކުރަން ބޭނުންވާ މީހުން މިހާރު ޖެހޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރާށެވެ. އެއަށް ފަހު އެއްވެސް ހުއްދައަކާ ނުލާ އެ ވިޔަފާރިތައް ހިންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކުރިން ދޫކުރި ހުއްދަތައް ހުއްޓާލުމާ އެކު، އެ ވިޔަފާރިތަކަށް ނަގަމުން އައި މަހު ފީ ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ކުރިން އެ ފީތައް ނަގަމުން އައީ އިކޮނޮމިކް މިނިސްޓްރީންނާއި މީރާއިންނާއި ރަށު ކައުންސިލްތަކުންނެވެ.
ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން ރަޖިސްޓްރީކުރަން ޖެހެނީ އަލަށް އެ ވިޔަފާރިތައް ފަށާ ފަރާތްތަކެވެ. ކުރީގެ ހުއްދަތަކުގެ ދަށުން ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް އިތުރު ހުއްދައެއް ބޭނުމެއް ނުވެ އެވެ. އެކަމަކު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކުލަވާލައި ދަފުތަރުގައި އެތަންތަން ހިމަނަން 60 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުމާލު ހަސަންދީ
07 January 2020
މޮނަލާލްސް އާއި އިންޑިއަން އެމްޕޯރިއަމް އަށް ރާއްޖޭގައި އެކަހަލަ ވިޔަފާރިކުރެވޭ އަދި ކުރާތާ މިހާރު ގަރުނެއްވަނީ. ކޮން އުސޫލަކުންތޯ އެމީހުން މިތާ ފައިބައިތިބެގެން ފިހާރަހުޅުވައިގެން ވިޔަފާރިކުރެވެނީ؟ އެމީހުން ވީއެންމެއަވަހަކަށް ބޭރުކުރަންޖެހޭ. ވިޔަފާރިކުރަން މިތާތިބެން ވިސާދެވިގެންނުވާނެ އަދި ބޭރުމީހުންގެ ނަމުގައި ކަންމަތީ ފިހާރަތަކާ އެކަހަލަ ކުދިވިޔަފާރިތައް ރަޖިސްޓްރީކުރެވިގެން ނުވާނެ!! ބޭރުކުރޭ!!
ރުޅި
07 January 2020
ފިހާރަ ރަޖިސްޓްރީ ކުރަންޖެހޭގޮތަށް ބޭއްވުން ރަނގަޅު. ދެން މަހުފީގެ ބަދަލުގައި ރަޖިސްޓްރޭޝަން ފީ އެއް ނެގުން ރަނގަޅު. ދެން މިހާރު ތިޔަ ހެދިގޮތުން ބިދޭސީންގެ އުނދަގޫ ވިޔަފާރިތަކަށް ވަރަށް ބޮޑުވާނެ. ޚާއްޞަކޮށް އިންޑިއާގެ ވިޔަފާރިވެރިންނާހުރެ ދިވެހިން އިތުރަށް ނިކަމެތިވެގެންދާނެ. އަދި ބަންގާޅު މީހުންނަށް މިއީ ރަނުގެ ފުރުޞަތެއް. ވިޔަފާރި ފުރީ ވިސާ ފުރީ ގާނޫނު ފުރީ
ސަޅިބޭބެ
07 January 2020
ކޮންމެ ތަނެއްގަވެސް ގާނޫނު ހުއްދަކުރާ ހަމަ ކޮންމެކަމެއް ނަފާހޯދަން ކުރެވެންޖެހޭނެ ދެން ޓެކުސް ދެއްކީމަ އެވީ...
ސަރިއަތް
07 January 2020
އިންޑިއާގެ ވަގުވިޔަފާރިކުރާ މީހުންނަށް ލިބުނު ރަނުގެ ފުރުސަތެއް. އިންޑިއާގެ ވޯރާއިން އަތްގަދަވާކަމުގެ އަލާމާތްތައް މިދަނީ ފެންނަމުން. ވިޔަފާރިތައް ރަޖިސްޓްރާރ އޮްފް ކޮމްޕެނީޒް އެކުލަވައިލާ ދަގްތަރެއްގައި ރަޖިސްޓަރީ ކުރަންޖެހެނީ ކޮންސަބަބކާހުރެތަ؟ އެއީ، ކުންފުނިތަކުގެ ރަޖީސްޓަރީ ބަލަހައްޓާ ފަރާތެއްނޫންތަ؟ ފަރުދުންގެ ވިޔަފާރީއާ ކުންފުންޏާބެހޭ ބޮޑުމީހާއާ ހުރީ ކޮން ގުޅުމެއް؟ ސުވާލެއް
އޮނަރަބްލް އަފީފު ދީދީ
07 January 2020
އާބާދީ 5000 ހަމަނުވާރަށްރަށުގައިހުންނަފިހާރަތަކުން އިންޕޯޓް އެކްސްޕޯޓްނުކޮށް ރާއްޖޭގެ ހޯލްސޭލްފިހާރަތަކުންގަނެގެން ވިޔަފާރިކުރާނަމަ އެމީހުން ޓެކްސްރިޕޯޓްހުށަހެޅުމަށްވެސްލުއިގޮތްތަކެއް ހަމަޖައްސާދޭންޖެހޭ. # ލާމް އަތޮޅާއި އައްޑޫސިޓީގެރައްޔިތުންއެއްގަމުއުޅަނދެއްނެތި އެތަންތަނުގައިއުޅުމަކީ ތަކްލީފެއްކަމުގައިވާއިރު ލާމާއި އައްޑޫއަށްގެންނަ އުޅަނދުތަކުން މާލޭގެތޮއްޖެހުންހުއްޓުވުމަށްނަގާ %200 ޑިއުޓީނެގުމަކީހަމަޖެހޭއުސޫލެއްނޫން. މިކަންވެސްބަދަލުވާންޖެހޭ.
ކޮކ8
06 January 2020
މިއީ ބަރާބަރު ނިންމުމެއް ވިޔަފާރިއަށް ދިރުންގެނުވާނެ
ސޯފީ
06 January 2020
ސާބަހޭ ފައްޔާޒް މަށަކީ ތިޔަފިކުރުގެ މީހެއްނޫން އެކަމު ތިޔަ ނިންމުމަށްބުނެވޭނީ ހަމަ ސާބަހޭ... ތިޔަ ހުއްދައެއް ހޯދުމަށްވުރެ މަރުބަލީގަ ނިމުންރަނގަޅޭހިތަށްއެރި ކިތައމެ ފަހަރުތަކެއް އައި.. މިނިންމުމުން އިގްތިސީަދަށް އާރޯކަންލިބިދޭނެ
މޮޑަފްް
06 January 2020
ތީގަ ސާފުނުވާ ކަންތައްތައް ވަރަށް ގިނަ. ނަން ފާސްކުރުމާ ފިހާރަތަކަށް ނަންދިނުމާ މިހާރުހުރި އަމިއްލަ މީހުންގެ ނަމުގަ ހުރި ފިހާރަތަކަށް ވާނެ ގޮތާަ މިކަންކަން އެނގުން މުހިންމު.
ރައްޔަތުމީހާ
06 January 2020
މިއީ ވަރަށް ވެސް ތާކުން ތާކު ނުޖެހޭ ކަމެއް. މިހާރު ވެސް ބޭރު މީހުން މިރާއްޖޭގެ ވިޔަފާރި އަށް އަތް ގަދަ ކުރަމުން ދާ ދަނޑިވަޅެއްގައި، މިގޮތަށް މިކަން ހުޅުވާލީމަ، އެމީހަކު ބޭނުން ގޮތަކަށް ޕާކު ކުރާ އުސޫލުން މިކަން ވެސް ކުރަންވީ. ބަލަން ތިބެމާތޯ ވާނުވާ.