ވިޔަފާރި / ސީޕްލޭން ޓާމިނަލް

ޓީއެމްއޭއަށް ބޮޑު ފައިދާއެއް ވާ ގޮތަށް ޓާމިނަލުން ބޮޑު ބައެއް ދޭން ނިންމައިފި

އަލަށް ހެދި ސީޕްލޭން ޓާމިނަލް--ފޮޓޯ: އެމްއޭސީއެލް

05 ފެބުރުއަރީ 2020

81 comments
angry icon 84%

ސީޕްލޭން އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ވާދަވެރި ވިޔަފާރިވެރިންގެ ޝަކުވާތަކަށް ބެލުމެއް ނެތި އަދި އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭނުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމައި، މިއަދު އެކަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޓީއެމްއޭ އިން މިހާރު ވެސް ވަރަށް ކުޑަ އަގެއްގައި އޮޕަރޭޓްކުރަމުން އަންނަ ޓާމިނަލްގައި ލައުންޖްތައް ހިންގާ ޖާގަ، އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހެދި ޓާމިނަލުން ދޭން ނިންމީ، އިންވެސްޓަރުންގެ ހިމާޔަތުގައި ކަމަށެވެ.

ޓީއެމްއޭ އިން ދިގު މާޒީއެއްގައި ހޯދަމުން އައި ބޮޑު ފައިދާ، ހަމަ އެގޮތަށް ނެގޭ ގޮތަށް، އާ ޓާމިނަލުން ޖާގަ ދޭން އުޅޭތީ އިންޑަސްޓްރީގެ ތަޖުރިބާކަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސީޕްލޭން ދުއްވާ ބައެއް ފަރާތްތަކަކީ "ފޮރިން އިންވެސްޓްމަންޓްތަކަކަށް ވުމާ އެކު ބޭރު ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނިންމުންތައް ބައްޓަން ކުރުމަށް ވެސް ސަރުކާރުގެ މި ނިންމުމުގައި ރިޔާއަތް ކުރެވިފައިވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހަމައެކަނި ބޭރު ކުންފުންޏަކީ މިހާރު ޓީއެމްއޭ އެވެ.

ނޫސްބަޔާނުގައި ޓީއެމްއޭއަށް ދެނީ ކިހާ ބޮޑު ޖާގައެއްކަން ބުނެފައި ނެތަސް، އެނގިފައިވާ ގޮތުގައި އާ ޓާމިނަލުން 5،000 އަކަމީޓަރު، މިހާރު ވެސް ޓީއެމްއޭ އިން އެމްއޭސީއެލަށް ދޭ އަގުގައި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ އަކަމީޓަރެއް 23 ޑޮލަރުގެ ރޭޓުން ކަމަށްވެ އެވެ.

ޓީއެމްއޭ އަށް އާ ޓާމިނަލުން ބޮޑު ބައެއް ކުޑަ އަގެއްގައި ދޭން އުޅޭތީ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެންގުމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓްގައި ބުނެފައިވާ ގޮތުގައި ޓީއެމްއޭ އިން އަމިއްލަ އަށް ހަދައިގެން ހިންގަމުން އަންނަ 16،222 އަކަމީޓަރުގެ ޓާމިނަލުން އެމްއޭސީއެލަށް ދެމުން އައީ އަކަމީޓަރަކަށް 10.35 ޑޮލަރަށެވެ.

އެކަމަކު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އާ ޓާމިނަލުން އަކަމީޓަރަކަށް 23.44 ޑޮލަރު ދޭން ވާހަކަ ދެކެވުނު ކަމަށް، އޮޑިޓް ރިޕޯޓުން އެނގެ އެވެ. އެހެންކަމުން މިހާރު ޓީއެމްއޭއަށް 5،000 އަކަމީޓަރު ދެނީ އެ އަގުގައި ކަމަށް ބެލެވެ އެވެ.

ޓީއެމްއޭ އިން ކުޑަ އަގެއްގައި ކުއްޔަށް ހިފައިގެން 61 ލައުންޖް ރިސޯޓްތަކަށް ދީފައި ހުންނަނީ އަކަމީޓަރެއް 170 ޑޮލަރަށް ވުރެ މަތީގެ އަގުތަކެއްގައި ކަމަށްވެ އެވެ.

"ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލް އަށް ލިބެން އޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލްކުރުމާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވަނެ ގޮތަކަށް އަމަލްކުރުމަށް،" ކަމަށް، ފިނޭންސްގެ ބަޔާނުގައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލް

55 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

28،000 އަކަމީޓަރު: ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން

8،836 އަކަމީޓަރު: އެމްއާރުއޯ ފެސިލިޓީ އަށް

100 އަކަމީޓަރު: ވީވީއައިޕީ ބަޔަށް

ފިނޭންސް މިނިސްޓްރީން ބުނީ، ޓީއެމްއޭގެ އިތުރުން ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ މަންޓާ އެއާ އަށް ވެސް، އެ ކުންފުނިން މިހާރު ބޭނުންކުރާ ވަރުގެ ޖާގައެއް، އާ ޓާމިނަލުން، މިހާރު ވެސް ދީފައިވާ އަގަށް، ދެ އަހަރަށް ދޭނެ ކަމަށެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަމުން އަންނަނީ ވަކި އެއާލައިނަކަށް މާކެޓް ކޮންޓްރޯލް ކުރެވޭ ގޮތަށް އާ ޓާމިނަލް ކުއްޔަށް ދިނުމުން، ވާދަވެރިކަން ނުއުފެދޭނެ ކަމަށެވެ.

ހާއްސަ އޮޑިޓަށް ބިނާކޮށް ކުރިން ޖެހި ރިޕޯޓެއް

މަންޓާ އެއާ އިން ހަދާފައިވާ ޓާމިނަލުން އެމްއޭސީއެލަށް ދެނީ ކޮން އަގެއްކަމެއް، އޮޑިޓް ރިޕޯޓްގައި ނެތެވެ. އަދި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެސް ބުނެފައެއް ނުވެ އެވެ.

އައިލެންޑް އޭވިއޭޝަނަށް ދެނީ އެ ކުންފުނިން މިހާރު ވެސް އަމިއްލަ އަށް ހިންގަމުން އަންނަ ކުޑަ ޓާމިނަލެވެ. އެއީ ޓީއެމްއޭ އިން މިހާރު ދޭ ވަރުގެ ކުއްޔެއް ވެސް އެމްއޭސީއެލަށް ދެވޭވަރުގެ އޮޕަރޭޝަނެއް ހިންގޭ ވަރުގެ ގާބިލްކަން މޯލްޑީވިއަންގައި ނެތުމުން ކަމަށް ވެދާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.

އެމްއޭސީއެލްއަށް ބާކީ އޮތް ބައި؟

އާ ޓާމިނަލުން ވިޔަފާރީގެ އުސޫލުން އެހެން ފަރާތްތަކަށް، ސީދާ އެމްއޭސީއެލުން ޖާގަ ދެން ދެވޭނީ ޓީއެމްއޭ އާއި މަންޓާ އެއާއަށް ދީފައި ބާކީ އޮންނަ ޖާގަ އެވެ. އެކަން ފިނޭންސްގެ ބަޔާނުން ވެސް އެނގެ އެވެ.

ޓީއެމްއޭ އާއި މަންޓާ އެއާއަށް "ލައުންޖް ޖާގަ ހަމަޖެއްސުމަށް ފަހު، ބާކީވާ ލައުންޖް ސްޕޭސްއަށް ވާ ޖާގަ ޑިމާންޑަށް ބަލައި، ޓެންޑަ އުސޫލުން އެމްއޭސީއެލުން ހުޅުވާލައި ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ދޫކުރަން" ނިންމާފައިވާ ކަމަށް، ފިނޭންސްގެ ބަޔާނުގައިވެ އެވެ.

ރިސޯޓްތަކަށް ދޫކުރާ ލައުންޖްތަކަކީ ޓާމިނަލުން އެންމެ ބޮޑު އާމްދަނީއެއް ވައްދާ ވިޔަފާރީގެ އެއް ކޮމްޕޯނެންޓެވެ. އެކަމަކު ޓީއެމްއޭ އާއި މަންޓާ އެއާއިން ކުޑަ އަގެއްގައި ޖާގަ ލިބެން އޮއްވާ ބޮޑު އަގެއްގައި އެމްއޭސީއެލުން ޖާގަ ކުއްޔަށް ހިފާނީ ދެން ކޮން ރިސޯޓްތަކުންތޯ، ބައެއް ތަޖުރިބާކަރުން މިހާރު ވެސް ސުވާލު އުފައްދަ އެވެ.

ލައުންޖްތައް ކުއްޔަށް ނަގައިގެން، މަތީ ފެންވަރުގައި އެތަންތަން ހިންގަނީ ރާއްޖޭގެ މެދު ފަންތި އާއި މަތީ ފަންތީގެ ރިސޯޓްތަކުން ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ފެށުމާ އެކު އެމްއޭސީއެލްގެ ބޯޑުން ހަމައެކަނި ޓީއެމްއޭއާ އެކު މަޝްވަރާތައް ކުރިކަން މީޑިއާއަށް ތިލަވެފައިވެ އެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު އާ ޓާމިނަލުން ޖާގަ ދިނުމުގެ މުހިންމުކަމާ މެދު ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން އޭރު ވެސް ބުނަމުން ގެންދިޔައީ، ޓީއެމްއޭ ކޮޅަށް އެމްއޭސީއެލްގެ ބޯޑު ޖެހިފައި އޮތް ކަމަށެވެ.

ޓީއެމްއޭއަކީ މިހާރު ބޭރުގެ ދެ ކުންފުންޏަކުން ކޮންޓްރޯލްކުރާ އެއާލައިނަކަށް ވިޔަސް، އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަން، ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް ކުރިން އޮތް އެއާލައިނެކެވެ. އަދި މިހާރު ވެސް އެމްއޭސީއެލްގެ ބޯޑުގައި އަފީފުގެ ސީދާ ކޮންޓްރޯލް އޮންނަ ވަރަށް، ވިޔަފާރި އާއި އާއިލީ ގޮތުން ގުޅުން އޮތް މެމްބަރުން އެބަ ތިއްބެވި އެވެ.

ދެ އަހަރު ފަހުން އެމްއޭސީއެލަށް؟

ފިނޭންސް މިނިސްޓްރީން ބުނީ އާ ސީޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން، ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލަށް ލިބޭނެ ކަމަށެވެ.

ސަރުކާރުގެ ނިންމުން މިއައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެދުމަކަށް، އޮޑިޓަ ޖެނެރަލް ހާއްސަ އޮޑިޓެއް ހަދާފައި ވަނިކޮށެވެ. އެ އޮޑިޓްގައި ބުނީ އެމްއޭސީއެލުން މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ކުއްޔަށް ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރުން ކަނޑައެޅި ގޮތަށް ކުއްޔަށް ދީފި ނަމަ ލިބޭނީ އަހަރަކު 5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށް، އޮޑިޓްގައި ބުނެފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓްގައި ހުރީ ހިޔާލީ އަދަދުތަކެއް ކަމަށް ބުނެ، ޓީއެމްއޭ އިން ރައްދު ދީފައިވެ އެވެ.

81 ކޮމެންޓް, 178 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 2%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

06 February 2020

ތހިޔަ ޓާމިނަލެއް ހަދައިގެން ތހިއުޅެނީޓީއެމްއޭ އިންދަރަންޏައް ފައިސާނަގައިގެންތަ?ތީހާދަބޮޑުކަމަކައްވެއްޖެއޭދޯ???!!!

The name is already taken The name is available. Register?

ހަސަނު1

06 February 2020

ޕްރޮޖެކްޓުގެ އަގު 55މިލިއަން ޑޮލަރު.. އެއްއަހަރުން ލިބޭ ފައިދާ (އޮޑިޓް ރިޕޯޓުން ސަރުކާރަށް ގެއްލުންވާނެކަމަށް ބުނާއަދަދު) މިހިރީ 41 މިލިއަންގައި. މާނައަކީ ސަރުކާރަށް ދޮޅު އަހަރުތެރޭ އިންވެސްޓްމަންޓް ރިކަވާރ ވާނެއޭތޯ؟ ތިހެން ވެއްޖެނަމަ ތިވާނެ މިގައުމުގައި މިހާތަނަށް ކުރެވޭ ރިޓާން އެންމެ ރަނގަޅު އިންވެސްޓްމަންޓަށް. އަޅުގަނޑަށް ފެނޭ އިތުރު ތިން ޓާމިނަލް އަޅަން. ކޮންމެބަޔަކަށް އެއްޗެއް.

The name is already taken The name is available. Register?

ކޮލެޖު ޑޮކްޓަރު

06 February 2020

އާ ސީ ޕްލޭނުން އެއްވެސް ބަޔަކަށް ނުދީ އޮތް ބައި އެކި ރިސޯޓުތަކަށް އަމިއްލަ ލައުންޖުހަދަން ދެވިދާނެ. އޭރުން އެރިސޯޓުތަކަކުން ކޮންމެހެން ނުޖެހޭނެ ޓީއެމްއޭ އިން ބޮޑު އަގުގައި ލައުންޖު ހިފަން. ދެން ރިސޯޓުތަކުން ޖެހޭނީ ފުރާ ގަޑިއަށް ބޯޓު ދޮށަށް ދެވޭނެ ގޮތަކަށް ކަންތައްތައް ރާވާލަން. ދެން ޓީއެމްއޭގެ ޖާގަ ނުހިފާތީ ފަސިންޖަރުން އުފުލުމުގައި ޓީއެމްއޭއިން ޖެއްސުންކުރަން ފަށައިފިނަމަ، އެ ޖާގަ ބޭނުންކޮށްގެން މޯލްޑިވިއަންގެ ސީޕްލޭން ކެޕޭސިޓީ ބޮޑުކުރާނީ.

The name is already taken The name is available. Register?

ޔާޒު

06 February 2020

ތިހެން ތިގޮތަށްނިިންމި މީހާގެ ޖީބައް ކިހާވަރެއްލާންލިބޭނެބާ ޖީބުގެ އަކަމީޓަރަކަށް ބަލާފައި؟

The name is already taken The name is available. Register?

އަލީގ

06 February 2020

ކޮންމެ ހެޑިންއެއްފަހަތުގަ އޮތީ ސުވާލުމާކެއް އެހެންވެ އަދިވެސް ނޭގޭ ކިތަންމެ ކަމެއް ހުރިކަން ޔަގީން. ކޮމެންޓެއްކުރަން އެގޭނީ މިސުވާލުމާކުތައް ނެތި ހެޑިންތައް ފެންނަ ދުވަހަކުން.

The name is already taken The name is available. Register?

އާދަނާ

06 February 2020

ކޮބާހޭ ޔަޢުޤޫބް،

The name is already taken The name is available. Register?

އާދަނާ

06 February 2020

04/02 ގަ ފަތުރުވެރިންތަކަކަށް ވަޅިން ހަމަލާދިނުމާއި، 05/02 ޓީ.އެމް.އޭއަށް ޓަރމިނަލް ދިނުމާއި، 05/02 އައި.އެސް. ވީޑިއޯ ނެރުން ގުޅުމެއްވޭބާ؟؟؟!!

The name is already taken The name is available. Register?

ފަހުދު

06 February 2020

އިބްރާހިމް ސުލޯލިހު އެންމެފާސްޓް ކޮއްކުރި މަސައްކަތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 February 2020

ޒިމްބާބުވޭ އާއި ކުރީގެ ސައުތު އެފްރިކާގެ މަދުއަދަދެއްގެ ދޮންމީހުން މުޅިދައުލަތުގެ ތަނަވަސްކަމާއި މުއްސަނދިކަމުގެމައްޗަށް ވެރިވެގެން ތިބިފަދައިން 21 ވަނަ ޤަރުނުގައި މިރާއްޖޭގެ 10 ވަރަކަށް ސައުދާޤަރުންގެ އަމަލުވެސް ހުރީ މިދެންނެވި ފަދަ ގޮތަކަށް. # މިކަން ބަދަލުކޮށް ދައުލަތުގެ މުައްސަނދިކަމާއި ވަސީލަތް އެއީ ދައުލަތަށް ޤައުމަށް ރައްޔިތުނަށް ޙާއްސައެއްޗެއްކަމުގައި ހަދާން ރައްޔަތުން ތެދުވާންޖެހޭ.

The name is already taken The name is available. Register?

ނަޝީދު.

06 February 2020

ކޮލިގޭ ހަރުމުދާ ތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!