މީރާގެ ކައުންޓަރަކުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ:މިހާރު
12 ފެބުރުއަރީ 2020 - 10:09
މިދިޔަ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.81 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 7.4 ޕަަސެންޓު އިތުރު އަދަދެއް ކަމަށް މީރާ އިން ބުންޏެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ އިތުރުވީ ޓޫރިސްޓުން ރާއްޖެ އަށް އައި އަދަދު ކުރީ އަހަރުތަކަށް ވުރެ 13.6 ޕަސެންޓު އިތުރުވުމުންނެވެ. އެހެންވެ ޓުރިސްޓުން އަތުން ނަގާ ޓެކްސް ވެސް ވަނީ މިދިޔަ މަހު އިތުރުވެފަ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު މުއްދަތުގެ ބައެއް ފައިސާ ބަލައިގަތީ ވެސް ޖެނުއަރީ މަހުގައި ކަމަށް ވުމުން އާމްދަނީގައި އެ ވެސް ހިމެނެ އެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އެ ލިބުނު އާމްދަނީ ދަށްވެފައި ވަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއެއް ކަމުގައި ވުން ކަމަށެވެ.
މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޖީއެސްޓީ އެވެ. އެއީ 44.5 ޕަސެންޓް ނުވަތަ 807.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 645.04 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ އާއި އެއަޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ އަދި އެއަޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 138.13 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
12 February 2020
އަހަރެންވެސް ދިނިން 750ރ. ރޭގަޑު ރަގަޅު ތަނެއްގަ ޕާކުކުރީ ހެދުނު ސައިކަލް ހޯދަން ބެލި އިރު ސައިކަލް ހުރީ އެހެން ތަނެއްގަ، ޕާކިން ޒޯނުން ބޭރުގަ. ދެން މައްސަލައެއްނެތް، އަހަންނަށް މިވަރު އެތިކޮޅެއް ސަރުކާރަށް ފައިންގެ ގޮތުގަ ދެވުނަސް އޯކޭ، ގޭގެ ރެންޓުން އޭތިކޮޅު އަންނަ މަހުގަ ދިނަސް އޯކޭކަމަށް ލޭންލޯޑް ބުނީ. ގޭގެ ވެރިމީހާ ރަގަޅު ކަމުން އަދި މިގޮތަށްވެސް އެބައުޅެލެވޭ.
ދެބަންދިހާރު
12 February 2020
މިލިއަން
ދެރަވ
12 February 2020
ވިސްނާލާ ރާއްޖޭގައި ކޮރޮޕްޝަން އޮތްވަރު. ޓެކްސްތަކުގެ ފުލުން އެހެނިހެން ޓެކްސްތަކާއި ފީގެ ގޮތުގައި ލިބުނީ އެންމެ 138.3 މިލިއަން. މީގެތެރޭގެ ބިން ކުލިތައް ހިމެނޭނެ. މި ރާއްޖޭގައި އެތައް ފަޅަކާއި އެތައް ރިސޯޓެއްވަނީ ކުއްޔަށްދީފަ. އެތަންތަނުން ލިބެންވާ ބިމުކުލި މަދުވެފައިވަނީ އަޑިއަޑިން ގޮތްނޭންގޭގޮތަށް ކޮރޮޕްޝަންތެރޭން ދީފައިވާތީ. އެތަންތަނުން ހަމައަގު ނުހޯދާ ހައްތަހާވެސް ނިކަމެތިންއަތުން ޓެކްސްފެލަނީ.
ބަޑީ
12 February 2020
އެހެންތޯ!!! "މީރާ މެދުވެރިކޮށް މިދިޔަ މަހު "1.8 މިލިއަން" ރުފިޔާ ދައުލަތަށް ލިބުނު" ދައުލަތަށް 1.8މިލިޔަނޭތޯ؟ ތިވާނީ 1.8މިލިޔަން "އިންޑޮނޭޝިއަން ރުޕީ" ކަމަށް . 1ޔޫއެސް ޑޮލަރ = 13,652.50 Indonesian Rupiah
ީއިންމަ
12 February 2020
މމމިޔޮތީ ހަމަ ރަނގަޅަށްވެސް އޮޅިފަ ބިލިޔަން މިލިޔަނަށް ބަދަލްވެފަ