ބެނެލީ މޯޓޯބީ 152: މި ސައިކަލުގެ ހުދު ކުލަ ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ލޮޓަސް ބައިކް ޝޮޕުން ބުނޭ-- ފޮޓޯ؛ ލޮޓަސް ބައިކް ޝޮޕް
13 ފެބުރުއަރީ 2020 - 15:16
މިދިޔަ އަހަރު ލޮޓަސް ބައިކް ޝޮޕުން އެންމެ ގިނައިން ވިކުނު މެނުއަލް ސައިކަލު "ބެނެލީ މޮޓޯބީ 152"ގެ ހުދު ކުލަ ރާއްޖޭގެ ބާޒާރަށް ނެރެން އެ ފިހާރައިން ތައްޔާރުވެއްޖެ އެވެ.
މި ސައިކަލުގެ މިހާރު ރާއްޖޭން ލިބެން ހުންނާނީ ކަޅު ކުލަ އާއި ރަތް ކުލަ އަދި ނޫކުލަ އެވެ. މި ކުލަތަކަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލު ކުލަތަކަށްވާއިރު ހުދު ކުލަ ތައާރަފު ކުރަން ނިންމީ އެ ކުލައަށް އޮންނަ ޑިމާންޑް އިތުރުވަމުގެ ސަބަބުންނެވެ.
ބެނެލީ މޮޓޯބީއަކީ ކެފޭ ރޭސާއެއްގެ ގޮތަށް ޑިޒައިންކޮށްފައިވާ ދުނިޔޭގެ އެތައް ގައުމެއްގައި މަގުބޫލުކަން ހޯދާފައިވާ ސައިކަލެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ބެނެލީ މޮޓޯބީގެ 204 ސައިކަލު ވަނީ ވިކިފަ އެވެ. މިއީ ސައިކަލު ވިއްކާ ބޮޑެތި ކުންފުނިތައް ކަމަށްވާ "ޑުކާޓީ" ފަދަ ކުންފުނިތަކަށް ވުރެ ގިނަ އަދަދެކެވެ.
- ފިއުލް ކެޕޭސިޓީ: 12.1 ލީޓަރު
- ޑިސްޕްލޭމަންޓު: 150 ސީސީ
- ގިއާ ބޮކްސް: 5 ސްޕީޑް
- ކޫލިން ސިސްޓަމް: އެއާ ކޫލްޑް ސިސްޓަމް
- ބަރުދަން: 124 ކިލޯ
- ފިޔުލް ސިސްޓަމް: ކާބުރޭޓާ
ބެނެލީ މޮޓޯބީއަކީ އިޓަލީގެ ހައި ޕަފޯމެންސް ސައިކަލު އުފައްދާ މަޝްހޫެރު ބެނެލީ ކުންފުނީގެ އުފެއްދުމެކެވެ. ލޮޓަސް ބައިކް ޝޮޕަކީ ރާއްޖޭގެ މި ބްރޭންޑުގެ އޮތޮރައިޒްް ޑިސްޓްރިބިއުޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓިކުއްޓި
14 February 2020
މާލޭ ބާޒާރަށް ނުނެރި ދުއްވާނެ ޖާގަ އޮތްތަނެއްގެ މާކެޓައްތިނެރިބަލަ ހެޔޮނުވާނެ.
ޑާޑާ
13 February 2020
ކޮންމެ ބަޔަަކު ބުނާނެ ބްރޭންޑުގެ އޮތޮރައިޒްް ޑިސްޓްރިބިއުޓާ އޭ، އެކަމަކު ރޯބުހުތާނު ދޮގު، ޝީޝާއިން ވޭވް ސައިކަލްތައް އަލަށް ގެންނަން ފެށިއިރުވެސް އެހެން ކިޔައިގެން ވަރަށް އަޅި ބުރުއްސި، މާގިނަދުވަހެއް ނުވެ އެންމެންވެސް ވޭވް ސައިކަލު ގެންނަން ފަށައިފި، އެއްކަލަ އެކްސްކްލޫސިވް އޮތޮރައިޒް ޑިސްޓިއުބިއުޓާގެ ބޮލާފޮށާއެޅުނީ......
ސަލީމު އިދުރީސް
13 February 2020
ދިވެހިންގެ ތަރައްގީގެ ނައްބަ އެކެއް ސައިކަލު، އަޅެ ހޭބައްޔެއް ނުވާނެތަ 50 ކމ ބާރައް ދުއްވުން މަނާތާކައް 150 ސީސީ ސައިކަލު އެތެރެ ކޮއްގެ ވިކާ ރައްޔިތުން ފުޑޭއިރު ސަރުކާރު ހެވިފަ! ދުނިއޭގެ ބަޒާރުން 1000، 700 ޑޮލަރާމެދު ލިބެންޙުންނަ ކުޑަ ސައިކަލަކުން ވެސް ފުދޭވަރު ތަނަކައް ތިމާވެއްޓޭކިޔައިގެން އެންމެގިނަ ވާހަދައްސަރުކާރު އޮތަސް ބަދަލެއް ނުފެނޭ
ކުމުންދޫއަލީ
13 February 2020
ވ މޮޅަށް އަސްތިހާރު ކޮއްފަ ވިއްކަން ގެންނަނީ ޗައިނާގަ ހަދާފައި ހުންނަ ފޭކު...
ބާބާ
13 February 2020
ކުދިން ތިއެއްޗެއްސަށް މޮޔަވެގެން އުޅެނީ ބުރިޖުގަ ދުއްވަން. ދެން ރަގަޅު ސްޕީޑިގައި ބަލައިގެން ދުއްވާ މީހުންނަށްވެސް ބޮޑު އުދަގުލަކަށްވާނީ. އެމީހުން މާބޮޑު ބެލުމެއްނެތި އޯވަޓޭކްކޮށްލާނީ ދެސައިކަލް ޖެހިނުޖެހިދާ ހިސާބުން.
ބަބުރުލް ސަލީމް
13 February 2020
ދެން މުއްގަނޑަށް ފެލޭވަރުން ނުކުޅަދާނަވާނެ.
ސަބް
13 February 2020
ގޭގަ ނިދަން އޮވޭ