އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ: ޖީއެމްއައިޒެޑްއެލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
27 ފެބުރުއަރީ 2020 - 14:51
ހުޅުމާލެ އޮންނަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތުގައި އޮތް ތަނެއްތޯ ނުވަތަ ނޫންތޯ އޮޅުންފިލުވަން ޖެހޭ ކަމަށް އެސްއޯއީ ކޮމެޓީގެ ބައެއް މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް އެސްއޯއީ ކޮމިޓީގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލްގެ އަވަށެއް ކަމަށާއި، ހުޅުމާލޭގައި ހިނގަން ޖެހޭނީ ކައުންސިލްގެ ބާރު ކަމަށެވެ.
"ހުޅުމާލެ އަކީ އެޗްޑީސީގެ ދަށުގައިވާ ތަނެއްތޯ ބަލަންޖެހޭ. އެއްމެދު އިމާރާތެއް ވެސް ޑިވެލޮޕާއެއްގެ ގޮތުގައި ހުޅުމާލޭގެ ބިންތައް މޯގޭޖުކޮށްފައި ކުރާ ވިޔަފާރިއެއްތޯ ނޫނީ މާލޭގެ އަވަށެއްތޯ ބަލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު މިހާދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ވަކި ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމަކީ ސަރުކާރުގެ ކަމެއް ކަމަށާއި މިކަން މިހެން އޮތް އިރު ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.
އެހެން އެކަން އޮތް ނަމަ އައްޑޫ ސިޓީ ތަރައްގީ ކުރުމަށްޓަކައި އައްޑޫ ޑިވެލޮޕްމެންޓް ކޯޕަރޭޝަނެއް އުފައްދައި އައްޑޫގެ ހުރިހާ ބިމެއް، އެއް ކުންފުނީގެ މިލްކިއްޔާތަށް ނަގަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ އޮޅުންފިލުވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިކަން އިތުރަށް ސާފުކޮށް ހުޅުމާލޭގެ މިލްކިއްޔާތު ޔަގީން ކުރުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން އެކަން އޮޅުންފިލުވަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި މައްސަލައިގެ އިތުރުން ކޮމިޓީގައި މެންބަރުން ވަނީ މީގެ ކުރިން 2016 ވަނަ އަހަރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތް ފަރާތްތަކުގެ ތަފްސީލު ހޯދުމަށް އެޗްޑީސީ އަށް ސިޓީއެއް ފޮނުވަން ނިންމައިފަ އެވެ.
ހުޅުމާލޭގެ މިލްކުވެރިކަމާ މެދު މެންބަރުން ވާހަކަދެއްކެވި އިރު، އެޗްޑީސީ އުފައްދާފައި ވަނީ، ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނާ އެއްގޮތަށް، އެކަން ތަންފީޒު ކުރާ ކުންފުނީގެ ގޮތުގަ އެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެޗްޑީސީ އުފައްދީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2001 ވަނަ އަހަރު އެވެ. ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓްތަކާއި ވިޔަފާރިތަކަށް ދޫކުރާ ތަންތަނާއި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދޭން ޖެހޭ ހިދުމަތްތަކަށް ބޭނުންވާ ބިންތައް ކަނޑައަޅާއި، އެ ބިންތަކުގެ ޕްލޭންތައް ބަލަހައްޓަނީ ވެސް އެ ކުންފުނިންނެވެ.
އެޗްޑީސީ ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން އެކަނި ވެސް 11 ބިލިއަން ރުފިޔާ އަށް ލޯނުގެ ގޮތުގައި ހޯދާފައިވެ އެވެ. ކުރީގެ ސަރުކާރަށް ފަހު އެޗްޑީސީ އަށް ކުރިމަތިވެފައިވާ ލޯނުތަކުގެ ބުރަހެލިކަން އޮތް ނަމަވެސް، އެ ކުންފުނިން ބަލަހައްޓާ، ހުޅުމާލެ އަކީ ރާއްޖޭގައި އެންމެ ފުރިހަމަ އަށް ޕްލޭން ކުރެވިގެން، ހިންގުނު އެންމެ ކާމިޔާބު އެއް ޕްރޮޖެކްޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެރޫން
28 February 2020
ނަމުގެ ފަތަށް މާލެ ލާފަ ކޮންމެތަނެއްވެސް ވެރިކޮއްލަންވީ ހަމަ. ދެން ގޮވަންވީ އެތަނަކުން ގޯތި ދޭށޭ. ބަލަގަ ހުޅުމާލއެިން މާލެ މީހުންނަށް ލިބޭވަރަކަށް ކ އަތޮޅު އެހެން ރަށްރަށުމީހުނަށް ވެސް ލިބެން ޖެހޭނެ ހަމަ، މާ އަވަށް އަވަށް ކިޔާނެ ކަމެއްނެތް. މާލެ ފުރުނީމާ ކަލޭމެން ރަށް އެ ފުރުނީ. ބިން ބޭނުމިއްޔާ ރަށްދޫކޮށްފަ ހިޖުރަކުރޭ. ކޮންމެހެން ކައިރި ރަށްރަށް ފަހަތައް މާލެ ކިޔާފަ ރޯނެ ކަމެއްނެތް ގޯތި ނުދީގެން.
މިސް
28 February 2020
ބިމާއި ބެހޭ ޤާނޫނަށް ބަދަލު ގެންނަންވީ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް ދައުލަތުގެ ފަރާތުން ހުޅުވާލެވޭ ގޯތި އަދި ފްލެޓްތަކަށް ބޯހިޔާވެހިކަން ލިބިފައިނެތް އެންމެނަށް ހަމަހަމަ ފުރުސަތު އޮންނަ ގޮތަށް. ސަބަބަކީ ކޮންމެ ރަށަކީވެސް މާލެއަށް ދިމާވެފައިވާ ޙާލަތު ދިމާވާނެ ރަށަކަށްވާތީ. އޭރުން މާލޭ މީހުންނަށްވެސް ރަށްރަށުން ތަންލިބޭނެ. ޢެއްރަށުން އަނެއްރަށަށް މީހުން މައިގްރޭޓް ވާން ފަސޭހަވާނެ. ތިމާގެ ރަށް ފުރުނީމަ ގޮތް ހުސްވެފަ ހުންނާކަށް ނުޖެހޭނެ.
އަސްލުއިޒުރޭލު
28 February 2020
ބޮންޑޭ ފުރަތަމަ ސާފުކޮށްބަލަ މި ކ އަތޮޅުގަ މާލެ ވަށައިގެން ހުރި ފަޅުރަށްތަކާ ފަޅުތައް މާލެއަށް ވީ ގޮތެއް ނޫނީ ހަމައެކަނި މާލޭ މީހުންގެ މިލްކަކަށް ވާންޖެހޭ ގޮތެއް!! މި އަތޮޅުގަ މާލޭގަ ނޫނަސް މީހުން އެބަ ދިރިއުޅޭ.. ތިޔަހެން ފަހަތައް މާލެ ލާފަ އަވަށަށް ހަދަން ވެއްޖެއްޔާ ހއ ތުރާކުނަށް ވެސް ތުރާމާލޭ އައްޑޫ ގަމަށް ގަންމާލެ ކިޔާ އަވަށެއްކަމަށް ބަލަންވީ ކަލޭމެން ހިތަށް އެރީމަ. ރާއްޖޭގެ ކޮންތަށަކަށް އެރަށުގެ ބިންފުރުނީމަ ޖެހިގެން އޮތް ރަށާ ފަޅުތައް ދިނީ؟
ޭމެންބަރު
28 February 2020
ބޮންޑޭ އާ އަދުން ޙުސައިން ތި އުޅެނީ ސައިޒު އޮޅިގެން. ތި ބޭފުޅުން ލައްވާ ނަޝީދު ތި ކުޅުއްވާ ގޭމް މާ ގިނަ ދުވަހު ކުޅުނަކަ ނުދޭނަން، އަޅުގަނޑުމެން އަތޮޅުތެރޭ ރައްޔިތުންގެ މެޖޯރިޓީ މަޖިލިހުގައި އޮންނާނީ
ރަށްވެހި މާލެ
28 February 2020
ހުޅުމާލެ އަކީ މާލޭ ގެ އަވަށެއް .އިސްކަން ދެވޭނީ ރަށްވެހިންނަށް
ޜޮލެކޮސް ނަށިދު
28 February 2020
އަތޮޅުތެރޭ ރައްޔިތުންގެ މެޖޯރިޓީ މަޖިލިހުގައި ކަމައްވުމަކީ މަޖލީހުގެ ރައީސް އަކައްވެސް އަތޮލުމީހަކު ހުރުން
ޢެޑްމުންޑޯ
28 February 2020
ހުޅުމާލެއަކީ ހިތްމަފުށީގެ އަވަށެއް ، ކޮންމާލެއެއް ކިޔާކަތްތަ ،
މުންދޯ
28 February 2020
އެއްކަލަ ގޮފަޅު ރާއްޖެތެރޭ މީހުން ފުއްޕަން ފެށީދޯ!
އަލީސް
28 February 2020
އެޗްޑީސީ: ޕްލޭނެއްގެ ދަށުން 30000 ރައްޔިތުންނަށް ބޯހިޔާވަހިކަމާ އަމާން އަރާމު މާހައުލެއް ހޯދާދިން. ސިޓީކައުންސުލް: 18 ކައުންސިލަރުންނަށް ކޮންމެ މީހަކަށް 30000 މުސާރަދީފަ ޕްލޭނެ ކޮށްލާނެ ބަޖެޓެއްވެސް ނޯވެ. ދެން 18 ކައުންސިލަރުން އަޗާތެޅީމަ ނިމުނީ.
އެއްކަަލަ މާލެ މީހަ
28 February 2020
މާލެބައްވަބަލަ ތިގޭ އެނދުދަށުގަ.
ނޫރު
28 February 2020
ކަޑަ ވިޔަސް އެއީ ހަ މަ މާލޭގެ އަވަށެއް
ޗާބޫ
28 February 2020
އަބަދުވެސް ތާކުންތާކު ނުޖެހޭ ކޮށްމސް ކަ މެއްގަ ބަގަ އަނގައެއްތަޅާލެވޭތޯ ބަލަނީ...ކޮން މެ އަހަރަކު ދައުލަތަށް ނުކަތާވަރުގެ ބަޖެޓެއް ފާސްކޮށްދީފަ ފަހަތުން އެކައިހުސްކޮށްކޮލެވޭނެ ހީލަތްތެރި ރޭވުން ނޫންކަ މެއް ކުރެވޭބާ....
އަށް ގޮދާ
28 February 2020
ކީކޭ ބުނާނީ... މުޅިން ހޮޅި ވާހަކަ ދައްކާ ބައެއް. އެއްވެސް އޮއްޓަރެއް ނެތް. އެޗްޑިސީ އަކީ، ހުޅުމާލެ ހިއްކައިގެން ވިޔަފާރީގެ ނަފާ ހޯދައިގެން ދިޔަހަރަދު ދެކޮޅުޖެއްސުމައް ރ.މައުމޫން ހެދި ކުންފުންޏެއް. އެއީ ސަރުކާރަށް ބަރޯސާނުވެ، ބަޖެޓައް ދަތި ނުވާ ގޮތައް ހިންގުމައް. އެހެން ގައުމު ތަކުގައިވެސް މިގޮތައް ހައުސިން ޕްރޮޖެކްޓް ޑިވެލޮޕް ކުރޭ. ކޮހުން ހޮވާ އަދިވެސް މާލެއިންނާ އައްޑޫއިން.
ބަކުރު ޔޫތުސިޓީ
27 February 2020
ހުޅުމާލޭ އޮތީ އީސްޓް އިންޑިއަން ކުންފުނީ ގެ އަޅުވެތި ކަމުގެ ދަށުގައި !