އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ: އަޖުމަ ބަލަން އެސްޓީއޯގެ ހިދުމަތް ލިބޭ ވަގުތުތަކަށް މާދަމާ ބަދަލު ގެންނަނީ --ފޮޓޯ:ހުސައިން ވަހީދު/ މިހާރު
24 މާޗް 2020 - 00:26
އެސްޓީއޯގެ މުވައްޒަފުން ވީހާ ވެސް މަދު ވަގުތު ވަޒީފާ އަށް ނެރުމުގެ މަގްސަދުގައި އަޖުމަ ބެލުމަށްޓަކައި އެ ކުންފުނީގެ ބައެއް ތަންތަނުން ހިދުމަތް ދޭ ގަޑިތައް މާދަމާ މަދުކުރަން ނިންމައިފި އެވެ.
މިއީ މި ދުވަސްވަރު ވީހާ ވެސް ގިނަ ވަގުތު ގޭގައި ތިބުމަށް ސަރުކާރުން އަންގާފައިވާ އެންގުމަށް އެއްބާރުލުން ދޭން އެސްޓީއޯ އިން އަޅާ ފިޔަވަޅެކެވެ.
- އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑް: ހެނދުނު 8:00 އިން ހަވީރު 4:00 އަށް
- އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމެންޓް: މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް
އެސްޓީއޯ އިން ބުނީ، އެތަނުން މަސައްކަތްކުރަމުން އަންނަނީ ވީހާ ވެސް ގިނަ މުވައްޒަފުންނަށް ގޭގައި މަޑުކޮށްގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އެ ގޮތުން އެ ކުންފުނީގެ ރިސެޕްޝަނުން ލިބޭ ހިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައި ވެ އެވެ.
Announcement 📢 pic.twitter.com/TX9UkC58nq
— STO Plc (@stoplc) March 23, 2020
އެސްޓީއޯ އިން މިއަދު ކުރި ޓްވީޓް
މި ކަމުގައި އެ ކުންފުނީގެ ކަސްޓަމަރުން ދެމުން އަންނަ އެއްބާރުލުމަށް އެތަނުން ޝުކުރު އަދާ ކުރި އެވެ. އަދި ސަރުކާރާއި ހެލްޕް ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ވެސް އެދިފައި ވެ އެވެ.
ފަރުވާއެއް ހޯދިފައި ނުވާ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދީ، މީހުން ގިނަވެ އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. މި މަގްސަދުގައި ސަރުކާރުން ވަނީ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކޮށްފަ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު މި ބަލި ރާއްޖެއިން ފެނުނު ފަހުން ސަރުކާރުން ވަނީ ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް އިއުލާނުކޮށްފަ އެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ 13 މީހުންގެ ތެރެއިން ފަސް މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. މި ބަލި ޖެހިފައިވާ އާ މީހަކު ނުފެންނަތާ ހަފްތާއެއް ވީ ނަމަވެސް މި ބަލިން ސަލާމަތް ވެވުނީ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް ސަރުކާރުން އަންނަނީ އަންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކް ތެރަޕީ
24 March 2020
އަދި ނުވޭ.. އަދި މަޑު ކުރޭ..
ފަރުދީ
24 March 2020
އެސްޓީއޯއަށް.. އައިޖީއެމްއެޗް ތެރޭގައި ހުރި ބޭސް ފިހާރައަކީ ރައްޔިތުންނަށް ހިދުމަތްދޭން ހުރި ތަނެއްތޯ؟ގިނަ އަދަދެއްގެ މުވައްޒަފުން ތިބޭ އިރު ބޭސްސިޓީއަކަށް ބޭސްނަގަން އެތައް ވަގުތެއްނަގާ...ތިން ހަތަރު ކައުންޓަރަށް ގޮސްގެން ބޭސްނެގެނީ..ހަމަ އާސަންދައިން ބޭރުގައިހުރި އަމިއްމަ ތަންތަނުން ބޭސްނަގާއިރު މަދު އިރުކޮޅެއްގެ ތެރޭގަައި ބޭސްލިބޭ..ފިނިހަކަ ސްޕީޑް މިހާރު ރައްޔިތުންނަށް ކަމަކު ނުދޭ..