ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: ރިޒާވް ދަނީ ދަށަށް .---މިހާރު ފޮޓޯ
30 މާޗް 2020 - 19:32
ބުރާސްފަތި ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމުގެ ވަގުތު އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފުތާ އަށް ބަންދުކުރަން ނިންމުމުން އެމްއެމްއޭ އިން ވަނީ ބޭންކުތަކުން ހިދުމަތް ދޭނީ މިއަދާއި ބުރާސްފަތި ދުވަހު ކަމަަށް ކަނޑައަޅައިފަ އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަންނަ ބުރާސްފަތި ދުވަހު އެ ތަނުންނާއި ބޭންކުތަކުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12:30 އަށް ކަމަށެވެ. ކުރިން ނިންމާފައިވާ ގޮތުން ބޭންކުތަކުން ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:30 އަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށެވެ. އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި ލިޔުންތައް ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ މެއިލް އަކީ [email protected] އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން މަދުކުރުން ކަމަށް ވާއިރު، އެމްއެމްއޭ އާއި ބޭންކުތައް ވެސް މިދިޔަ ހަފުތާ އާއި މި ހަފުތާގައި ބަންދުކުރަނީ އެ ކަމަށް އެއްބާރުލުން ދިނުމަށެވެ.
ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިގެން ތަންތަނާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ގެސްޓް ހައުސްތަކަށް މީހުން ގެނައުން މަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮން-އެރައިވަލް ވިސާގައި އަންނަ އެއްވެސް ބަޔަކަށް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވް 17 މީހަކު ރާއްޖޭން ފެނިފައި ވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ރަނގަޅު ނުވެ ރާއްޖޭގައި ތިބީ ދެ ދިވެހިން އެކަންޏެވެ. ޕޮޒިޓިވްވެ އަދި ރަނގަޅު ނުވެ ތިބެ އިޓަލީ ދެ މީހަކު ވަނީ ރާއްޖޭން ފުރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 March 2020
އަލީ ޙާޝިމްގެ ފަރާތުން އަހަރުމެން އުއްމީދުކުރީ މިދައުލަތަށް ޤައުމަށްވަންނަ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަންތައްތަކެއް ކުރައްވާ މާލީ ޤާނޫނަށް ޒަމާނީ އިސްލާޙް ގެނައުމަށް މަޖިޅީހަށް ހުށަހަޅުއްވާނެކަމަށް. # އެކަމަކު އަލީވެސް ފެނިގެންދަނީ މަރުކަި ބެންކްގެ ޤަވަރުނަރުގެ މަޤާމްގައި ހުންނަވައިގެން ބެންކް ބަންދުކުރާ ގަނޑިއާއި ހުޅުވާ ގަނޑި އަންގާން ހުންނަވާ ސަރުދާރެއްގެ މަޤާމް އަދާކުރައްވާތަން.
ާައަލީ
31 March 2020
19 ނޮވެމްބަރ 2019 ގަ މަޖިލީހަށް ހުށަހަޅާފއިވާ ބިލް ބައްލަވަ ލައްވާ.