ވިޔަފާރި / ރެއިންބޯ

ރެއިންބޯ އިން ހުޅުމާލޭގައި އަޅާ 145 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ރެއިންބޯ އިން ހަދާ އޯޝަން ފްރަންޓް ރެސިޑެންސް ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.-- ފޮޓޯ: ރެއިންބޯ

12 އޮކްޓޯބަރ 2016 - 17:58

15 comments

ރެއިންބޯ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ 145 އެޕާޓްމަންޓް ގަންނަން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި 145 މިކްސްޑް ޔޫޒް ރެސިޑެންޝަލް ޔުނިޓުތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ އޮގަސްޓް ތިންވަނަ ދުވަހު ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. އެޗްޑީސީ އާއި ރެއިންބޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދާ އެޕާޓްމަންޓުތައް ދެ އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

"އޯޝަން ފްރަންޓް ރެސިޑެންސް"ގެ ނަން ދީފައިވާ އެޕާޓްމަންޓުތައް މާކެޓުކޮށް ވިއްކުމުގެ ކަންކަން ބަލަހައްޓާ ރެއިންލޭންޑް ޑިވެލޮޕާސްގެ ފަރާތުން އިބްތިޝާމް އާދަމް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ދެ އިމާރަތަކަށް ވާ ގޮތަށް ހަދާ 145 އެޕާޓްމަންޓުތައް ހުންނާނީ ފެރީ ޓާމިނަލުން ފަސް ވަރަކަށް މިނިޓުން ހިނގާފައި ދެވޭ ހިސާބުގަ އެވެ. ފުރަތަމަ އިމާރާތް އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރާއިރު، ދެވަނަ އިމާރާތުގައި ހުންނާނީ މެދު ފަންތިން ފެށިގެން މަތީގެ އެޕާޓްމަންޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅިއެކު 12 ބުރި އަށް ނަގާ ފުރަތަމަ އިމާރާތުގައި ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 12 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 30 އެޕާޓްމަންޓާއި އެއް ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ ހަ އެޕާޓްމަންޓުގެ އިތުރުން ނުވަ ޕެންޓްހައުސް ހުންނާނެ ކަމަށް އިބްތިޝާމް ވިދާޅުވި އެވެ. ދެވަނަ އިމާރާތް 13 ބުރި އަށް ހަދާއިރު، އެ ތަނުގައި ހުންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ތިން ކޮޓަރީގެ 55 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 33 އެޕާޓްމަންޓެވެ.

މީގެ އިތުރުން، ބޭރުގެ ފަރުނީޗަރާއި އެ ނޫން ވެސް އެ ފަދަ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ހަވާލުކުރާ ގޮތަށް، ތަރައްގީ ކުރާ ކޮންމެ އިމާރާތެއްގެ އެންމެ މަތީ ޓެރަސްގައި އިންފިނިޓީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ޕޫލެއް ހުންނާނެ އެވެ. އަދި ކޮންމެ އިމާރާތެއްގައި ކުޑަކުދިންނަށް ހާއްސަ 5،000 އަކަފޫޓު ބޮޑު ތަނަކާއި ޖިމެއް ވެސް، ހުރިހާ ވަސީލަތްތަކާ އެކު ގާއިމްކުރާނެ އެވެ.

އޯޝަން ފްރަންޓް ރެސިޑެންސް:

- ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 12 އެޕާޓްމަންޓު (5.5 މިލިއަން ރުފިޔާ)

- ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ 30 އެޕާޓްމަންޓު (3.7-3.8 މިލިއަން ރުފިޔާ)

- ތިން ކޮޓަރީގެ 55 އެޕާޓްމަންޓު (3.3-3.4 މިލިއަން ރުފިޔާ)

- ދެ ކޮޓަރީގެ 33 އެޕާޓްމަންޓު (2.4-2.5 މިލިއަން ރުފިޔާ)

- ނުވަ ޕެންޓްހައުސް (6.9 މިލިއަން ރުފިޔާ)

މޫދު ރީއްޗަށް ފެންނާނެހެން، ވަރަށް ހިތްގައިމު ގޮތަކަށް ފަރުމާކޮށްފައިވާ މި އިމާރާތްތަކުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 2.4 އާއި 2.5 މިލިއަން ރުފިޔާ އަށް ވިއްކާއިރު، ތިން ކޮޓަރި ވިއްކަނީ 3.3 އާއި 3.4 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ދެ ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ އެޕާޓްމަންޓުތައް 3.7 އާއި 3.8 މިލިއަން ރުފިޔާ އަށް ވިއްކާއިރު، ތިން ކޮޓަރި އަދި ކުޑަ އެއް ކޮޓަރި ހިމެނޭ ތަންތަނުގެ އަގު އުޅެނީ 5.5 މިލިއަން ރުފިޔާ އަށެވެ. އަދި ޕެންޓްހައުސްއެއް ވިއްކަނީ 6.9 މިލިއަން ރުފިޔާ އަށެވެ.

"އެހެން ޕްރޮޖެކްޓުތަކާ ހިލާފަށް މިއީ ތަންކޮޅެއް ދިގު ޕްރޮޖެކްޓެއް، 28 މަހުގެ ޕްރޮޖެކްޓެއް ވީމަ އަޅުގަނޑުމެން ފުރުސަތު އެބަދެން އިތުރު އިކުއިޓީ ދައްކަން. އެއީ ކްލަޔަންޓުންގެ ލޯނު އެމައުންޓް ކުޑަކޮށްލުމުގެ ގޮތުން މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ފުރުސަތު މި ދެނީ އިތުރު އިކުއިޓީ އިންޖެކްޓު ކުރަން،" ރެއިންބޯގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްތިޝާމް ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފަށަން ހަމަޖައްސާފައިވާ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ، އޭނާ ވިދާޅުވި ގޮތުގައި، ތަނުގެ ޖުމްލަ އަގުގެ 20 ޕަސެންޓެވެ. ލޯނު ނަގައިގެން އެޕާޓްމަންޓު ގަންނަން ބޭނުންވާ ނަމަ، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށް ލޯނު ހަމަޖެއްސުމުގެ ފުރުސަތު ވެސް ދެ އެވެ.

ރެއިންބޯ އިން ވަނީ މީގެ ކުރިން ހުޅުމާލޭގައި ތިން އެޕާޓްމަންޓު ކޮމްޕްލެކްސް ހަދާ ނިންމާފަ އެވެ. އަދި އެ ކުންފުނިން ދަނީ ހުޅުމާލޭގައި 20 ރޯ ހައުސް ވެސް އިމާރާތް ކުރަމުންނެވެ.

އެ ތަންތަނާއި "އޯޝަން ފްރަންޓް ރެސިޑެންސް"ގެ ތަފާތަކީ، ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު މިއަދު ވިދާޅުވި ގޮތުގައި، ސާފު ވައި ދައުރުވެ އަދި އަވި ވަންނާނެހެން މި އެޕާޓްމަންޓުތައް ފަރުމާކޮށްފައިވުމެވެ. އަދި އެޕާޓްމަންޓުތަކުގެ ދޭތެރޭގައި އޮންނަ ހުސް ޖާގަ ވެސް ބޮޑުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"... އަޅުގަނޑުމެން ވަކި ސްޓޭންޑަޑްތަކެއް ފޮލޯކުުރަމުން މި ދަނީ،" މާޒިން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިން (މ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާލޭގައި މ. މަނާގެ ވެސް 15 ބުރި އަށް ތަރައްގީ ކުރަމުން އަންނަ ރެއިންބޯ އިން ހުޅުމާލޭގައި އަލަށް ތަރައްގީ ކުރާ އެޕާޓްމަންޓުތަކަށް ފޯމު ބަލައިގަންނަން މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއަށް ހާއްސަ ވެބްސައިޓުން ޑައުންލޯޑު ކުރެވޭ ފޯމު ފުރުމަށް ފަހު، އަލިކިލެގެފާނު މަގުން ގ. މާރަނައިގައި ހުންނަ ރެއިންބޯގެ މައި އޮފީހަށް ހުށަހެޅޭނެ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ރާއްޖޭގެ އެންސިސް ފިޝަރީޒް، ރެނާޓަަސް، ދަމާސް، ބެޗް ކޮންސްޓްރަކްޝަން އަދި އެޕޯލޯ ހޮލްޑިންއާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ކުންފުނިތަކުން ވަނީ މަސައްކަތް ވެސް ފަށާފަ އެވެ.

15 ކޮމެންޓް, 102 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 71%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހްތޫމް

14 October 2016

ވެބްސައިޓް ވެސް ޖަހާލާފަ އިންނަމަދޯ ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވާނެ !

The name is already taken The name is available. Register?

ނިކަމެތިމީހާ

13 October 2016

ތީކީނޫން ރައްޔިތުންނައް ބޯހިޔާވަހިކަން ދޭންވާގޮތަކީ ކައިބޮއި ހަދާފަ އަތުގަ ބާކީ އޮންނަނީ 500 ވަރަކައް ރުފިޔާ ކޮންމެ މަހަކު ދެންކިހިނެތް %20 ދައްކާނީ ނިކަމެތިން ނިކަމެތި މުއްސސނދިން ޖުއްސަނދި އެކަމަކު ވޯޓބޭނުން ވެގެންޗއަންނައިރު އެހެރަވާ ލޯތްބެއް އެހެރަ ރީތި ހިނިތުންވުމެއް ނަމަވެސް މިވަރުކަމަކައް އެދުނީމަ އަނެއްފަރާތައް އެނބުރިތިބެ މަލާމަތް އެކުރަނީ މަގޭހަންކަޅުވެފަ ފަގީރުވީމަ ބޯހިޔާވަހިޔާވެހިކަމައް ފޯމުލައިގެން ގަނަތެޅުނު ތަނެއް ފެނުނު ކެންޑިޑޭޓކުނެތް ނަމަނަމަ ވޯޓުދޭށޭމަގޭގާތު ނުބުނާތި މޫނުމަތީފައިވާނުން ނުޖަހާނެ ކަމައް

The name is already taken The name is available. Register?

ހުސޭނުބެ

13 October 2016

ރެއިންބޯގެ މި 145 އެޕާޓްމަންޓުގެ މަޢުލޫމާތު މީގެ ދެދުވަސް ކުރިން ސާފުކޮށްލިއިރު އެތަނުގައި ހުރި އެންމެ އަގުބޮޑު 9 ޕެންތްހައުސް ވަނީ ވިކިފަ!! އަދި މިދެ އީމާރާތުގެ އެންމެ މުހިންމު ލޮކޭޝަންތަކުގައި ހުރި އެޕާޓްމަންޓުގެ ތެރެއިން 65% އެޕާޓްމަންޓްތައް ވަނީ ވިކިފައިކަމަށް މަޢުލޫމާތު ދިނީ!! އެހެންކަމުން މިހާ ހިސާބަށް މި 154 އެޕާޓްމަންޓުގެ 50% ވަނީ ވިކިފަ!! ފައިސާ ވެރިންވަނީ ގަނެފަ!! ވިޔަފާރިވެރިން އަޅާ އެޕާޓްމަންޓްތައް އެއަޅަނީ ފައިސާވެރިންނަށް އަމާޒުކޮށްގެން!! އަތުގައި ފައިސާ ހުރިއްޔާ މިހާރު ހޅުމާލެއިން ގެދޮރު ނުލިބޭނެ މީހަކު ނުހުންނާނެ!! ދެން ޕެންޝަން ފަންޑުގައިވާ އެތިކޮޅު ލައިގެން ތަނަކުން ލޯނު ނަގައިގެން މިއިމާރާތުގެ އެންމެ އަގު ހެޔޮ އެޕާޓްމަންޓް (2.5 މިލިޔަންގެ) ގަތީމާ 20 އަހަރަށް ބަހާލައިގެން 11% އިންޓަރެސްޓތަކާއެކު ދައްކަންޖެހޭ ޢަދަދު މިޢަދަދުގެ ދެގުނަ (3.5 މިލިއަނާއި 4 މިލިއަނާއި ދެމެދު) އަށް އެބަ ހޭދަކުރަންޖެހޭ!! އިންޓްރަސްޓް ރޭޓްވެސް ބޮޑު!! ބޯހިޔާވަހިކަމަށް ބަލާއިރު!! ސަރުކާރުން އަޅާ ފްލެޓް އެޅުނު ދުވަހަކުން ތަނަވަސްކަން ކުޑަ ޢާންމު ބަޔަކަށް އެކަމުގެ ފައިދާއެއް ކުރާނީ!!

The name is already taken The name is available. Register?

ކަޓުވާ

13 October 2016

ދީފަހުރި ނަންބަރުތަކުން ފޯނެއް ނުނަގަ މިވަރުން ކިހިނެއް މަޢުލޫމާތު ހޯދަނީ.

The name is already taken The name is available. Register?

މުގާބެ

13 October 2016

ކޮބާތަ ދަފްތަރުމީހުންނަށް ފުލެޓް ޔަގީން ބެނާތަށް ހަރުކޮށްގެން ދުވިމީހުން އެވެސް އަދީބު ޖެހި ބެނާއެއްތަށް

The name is already taken The name is available. Register?

އިބްބޭ

13 October 2016

ޕެންޟަން ފަންޑުގައި އިނީ 76000 ރުފިޔާ، ރަށަކުން ގޯޗެއް ނުދޭ، އަންބަކާ ދަރިއެއް އެބަހުރި، މައިންބަފައިން ގޭގައި އުޅޭނެ ތަނެއްނެތް. ހުޅުމާލެ އިން 12000ރ ދީފަ ތަނެއް ކުއްޔައް ހިފާގެން މި ދިރިއުޅެނީ. ދެން ތި ވިއްކާ މިލިއަން ރުފިޔާގެ ފުލެޓްތައް ގަންނާނީ ކިހިނެއްބާއޭ ހިތައްވެސް ނުގެނެވޭ! ހަމަ ހަގީގަތުގައިވެސް، ފުލެޓްތައް މި އަޅަނީ ކޮންބަޔަކައްކަން އެއްގޮތަކައްވެސް ނޭނގެ. މިލިއަނުން ތި ފައިސާދައްކާގެން ތި ފުލެޓް ތައް ގަނެވޭނީ ހަމަ އެކަނި ކަޅުފައިސާ އާއި ކޮރަޕްސަން ހިންގާ މީހުންންނައް އެކަނި! ޢާންމު ރައްޔަތެއް ތި ފުލެޓް ގަނެފިނަމަ، ކައްވަޅައް ދާންޖެހޭއިރު ވެސް އޮންނާނީ ދަރަނި އަދާނުވެކަން ޔަގީން. ސަރުކާރުން އަޅާ ފުލެޓްތައްވެސް ދެނީ ބޭނުން ޖެހިފައިވާ މީހުންނައް ކަމާމެދު ށައްކު އުފެދޭ! ގިނަ ފުލެޓް ތަކުގައި މިހާރުވެސް އުޅެނީ ބޮޑު ކުލި ދައްކާގެން ނިކަމެތިން. އިންސާފުގެ ކަންފުޅެއްވެސް އޮތް ގައުމެއްނޫން މީ. މިތަނައް އުފަންވީތީވެސް ހިތާމަ ކުރަން!

The name is already taken The name is available. Register?

ޗދ

13 October 2016

ޑައުންޕޭމަންޓް 20% ޕަސަންޓް ނަހަދަ 100% އަށް ހަދާލަބަލަ. އެހާވެސް ދިވެހިރައްޔިތުން މުއްސަނދި ވިއްޔަ... ޕެންޝަންފަންޑުގަ އިނީ ލައްކައެއްހާ ރުފިޔާ... ތިތަންތަންވެސް މަހުޖަނުން ގަނެ ހުސްކުރާނީ.

The name is already taken The name is available. Register?

އެމްސް

13 October 2016

ރަޢިއްޔަތުމީހާގެ އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނެވޭނީ މާލީގޮތުން ތަނަވަސް ބަޔަކު މިފަންނަށް ވަދެގެން އަދި ބޭރުދުނިޔޭގަވެސް މިފަދަ ކަންކަމަށް ފައިނޭންސް ކުރާގޮތަށް ފައިނޭންސް ކުރެވޭނެ ޤާބިލުބަޔަކަށް މިކަންކަމުން ފުރުސަތު ލިބިގެން

The name is already taken The name is available. Register?

އަލިފުތާ

12 October 2016

ސީލައިފު ކިޔާކުންފުންޏަކަށްވެސް 1000 އެޕާޓުމަންޓު އަޅަން ޕްރޮޖެކްޓެއް ދީފައިވޭ ، މިހާރު 3 އަހަރުމިވަނީ އެކަމަކު މީގެ 4 މަސްކުރިން ބުކިންވެސް ބަޔަކު ހެއްދި އެވަހަކަ ނޫސްތަކަށްވެސް އެރި ... އެމީހުން މަސައްކަތް ނުފަށާ އުޅެނީ ކީއްވެގެންކަން ނޭގޭ.... ސަރުކާރުން ޕްރޮޖެކްޓުތައް ދިނުމުގައި ބަލަން ޖެހޭނެ ހަވާލުކުރެވޭ ކުންފުނިތަކަކީ ތަޖުރިބާ އަދި ރިސޯސްހުރި ކުންފުނިތޯ... ބައެއް ކުންފުނިތަކުން މިހާރު ހަބަރެއްވެސް ނުވޭ... ވަނީ ކިހިނެއްކަމެއްވެސް ނޭގޭ....

The name is already taken The name is available. Register?

އަލިބެ

12 October 2016

މީ ކޮން ހިސާބެއް ޖަހާފައި ހަދާ ޕްރޮޖެކްޓްތަކެއްބާ!!!!!!! މި ހިސާބު ޖަހާ މީހުންނަށް މިދިވެހިރާއްޖެ ނޭންގެނީހެން ހީވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454