މާދަމާ ބީއެމްއެލް ބަންދުވާނެ

މާލެ ލޮކްޑައުން ކުރުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗަކުން ދޭ ހިދުމަތްތައް ނުދޭން ނިންމައިފި އެވެ.


މި ހަފްތާއަކީ ސަރުކާރު ބަންދު ދުވަސްތަކަށް ވުމާ އެކު އެމްއެމްއޭއިން ކުރިން ކަނޑައަޅާފައިވަނީ މިހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކްތަކުގެ ހިދުމަތްދޭނެ ދުވަސްތަކުގެ ގޮތުގައި ނިންމާފަ އެވެ. އެހެން ނަމަވެސް މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ވުމުގެ ސަބަބުން އެހެން ބޭންކްތަކެކޭ އެއްގޮތަށް ބީއެމްއެލްގެ ހިދުމަތްތައް ވެސް މާދަމާ ނުދޭނެ އެވެ. މީގެ އިތުރުން އެމްއެމްއޭއިން ދޭ ހިދުމަތްތައް ވެސް މާދަމާ ނުދީ ވަނީ އޮފީސް ބަންދުކޮށްފަ އެވެ.

ބޭންކްގެ ހިދުމަތްތައް ބަންދު ކުރި ނަމަވެސް، އެބޭންކްގެ އޮންލައިން ޕްލެޓްފޯމު ބޭނުން ކޮށްގެން ހިދުމަތްތައް ހޯދުމަށް ބީއެމްއެލުން އެދެ އެެވެ.

މިއަދު މާލެއިން ޕޮޒިޓިވް މީހާ އާ އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު 21 އަށް ވަނީ އަރައިފަ އެވެ.