އާދީއްތަ ދުވަހު 52 ކޮންޓެއިނަރުގެ ކާބޯތަކެތި ކްލިއާ ކުރެވުނު: އެމްޕީއެލް

މިދިޔަ އާދީއްތަ ދުވަހު 52 ކޮންޓެއިނަރުގެ ކާބޯތަކެތި ކްލިއާ ކުރި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.


އެމްޕީއެލުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހު އެކަނި ފަސް ޓަނުގެ ހަނޑޫ ވަނީ ކްލިއާކޮށްފަ އެވެ. އެއީ 5،580 ބަސްތާގެ ހަނޑުލެވެ.

ކާބޯތަކެތީގެ ތެރެއިން ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތަކާއި ބިސް ވެސް އެމްޕީއެލުން ވަނީ ކްލިއާކޮށްފަ އެވެ.

އެމްޕީއެލުން ކުރި ޓްވީޓެއް--

އެމްޕީއެލުން ކްލިއާ ކުރި މުދަލުގެ ތަފްސީލް

1،365 ކޭސް ބިސް

1،020 ބަސްތާ ފިޔާ

165 ބަސްތާ ކެބެޖު

140 ބަސްތާ އަލުވި

44 ބަސްތާ ކަރާ

63 ގަނޑު ދޮންކެޔޮ

264 ކޭސް އަލަނާސި

360 ކޭސް ޓޮމާޓޯ

32 ކޭސް އަނބު

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކުރި ނަމަވެސް ރާއްޖެ އަށް އެތެރެކުރާ މުދާ ކްލިއާކޮށް ފިހާރަތަކަށް ދޫކުރުމުގައި އެއްވެސް ދަތިކަމެއް ނާންނެ ކަމަށް އެމްޕީއެލް އާއި ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެހެންކަމުން މިހާރު ވެސް ބޭރު ގައުމުތަކުން ގިނަ އަދަދެއްގެ ކާބޯތަކެތި އަންނަނީ އިމްޕޯޓު ކުރަމުންނެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެމްޕީއެލުން ދުވާލެއްގެ މައްޗަށް މުދާ ކްލިއަ ކުރާ އަދަދު ވަނީ ދަށްވެފަ އެވެ. މީގެ ކުރިން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 150 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރެ އެވެ.