މޯލްޑިވް ގޭހުގެ މުވައްޒަފުންތަކެއް ގޭސް ޑެލިވަރީ ކުރުމުގައ--ފޮޓޯ: މޯލްޑިވް ގޭސް
12 މެއި 2020 - 21:26
ގޭސް ފުޅި އަށް އަގު އަދާކުރުމުގައި ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް މޯލްޑިވް ގޭސް އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިގޮތަށް ހަމަޖެއްސުމުން ފައިސާ ދައްކަން ޖެހޭނީ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހޮޓްލައިން 1616 އަށް ގުޅައިގެން ބީއެމްއެލް އެކައުންޓަށް ސީދާ ފައިސާ ޓްރާންސްފާކޮށްގެން ކަމަށެވެ.
މޯލްޑިވް ގޭހުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް މިދިޔަ މާޗް މަހު ތައާރަފްކޮށްފަ އެވެ. އެގޮތުން މިހާރު އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދައްކައި އޯޑަރު ދެވޭނެ އެވެ.
މޯލްޑިވް ގޭސް ފޭސްބުކް ޕޯސްޓް
މޯލްޑިވް ގޭހުން ހިދުމަތް ދިނުމުގައި މި ބަދަލު ގެނެސްފައިވަނީ އެކުންފުނީގެ ހުޅުމާލެ ގޭސް ޑެލިވަރީ ކުރުމުގައި އުޅުނު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރި ފަހުންނެވެ.
އެ ކުންފުނިން މި ރޯދަ މަހު ދެ ވަގުތަކަށް ބަހާލައިގެން ހިދުމަތް ދެމުންދެ އެވެ. އެއީ ހެނދުނު 11 އިން މެންދުރު ފަހު 3 އަށް، ރޭގަނޑު 8:30 އިން 10:30 އަށެވެ. ހުކުރު ދުވަހު ޚިދުމަތް ދޭނީ މެންދުރު 1:30 އިން 3:00 އަށެވެ. ހުކުރު ދުވަހު ވެސް އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ރޭގަނޑު 8:30 އިން 10:30 އަށް ގޭސް ޑެލިވަރީ ކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
13 May 2020
އިއްޔެ މަވެސް އޮންލައިންކޮށް ގޭސްފުޅިއަކަށް އޯޑަރު ދިނިން ނެޓްވޯރކް މައްސަލައަކާހުރެ އޯޑަރުކުރުމުގައި ދަތިތަކެއް ދިމާވި. އެކަމަކު އޯޑަރު ކުރިތާ 3 ގަޑިއިރުތެރޭ ގޭސްފުޅި ލިބުނު. ބިލްޑިންގ ބޭރުގަ ބަހައްޓާފަ ނަގަން ދާންބުނި. މަގެންދިޔަ ފުޅިއަށް ސްޕްރޭ ކުރި. އަބަދު މަށަށް ދިމާވާ ދައްޗަކީ ދިރާގް ނެޓް. ފައިބާރ ގުޅާފަ ހުންނަނީ. އެކަމަކު ވަރަށް ސްލޯ.
ފާމުލަދޭރި ކިލެގެފާނު
13 May 2020
2 ކިލޯގެ ގޭސްފުޅި ބޭނުންކުރާ މީހުން މާލޭގައި ވަރަށް ގިނަ. އެހެން ނަމަވެސް މޯލްޑިވްގޭސް އިން ޑެލިވަރީ ނުކޮށްދޭ. ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ އެންމެ މުހިންމީ މީހުން ބޭރަށް ނިކުތުން މަދުކުރުން. އެކަމަކު ބޮޑު ގޭސްފުޅިއެއް ބަހައްޓާނެ ޖާގަ ގޭގަ ނެތިއްޔާ ގެއިން ބޭރަށް ނިކުތުން މިވަނީ މަޖުބޫރުވެފަ. ހަމައެކަނި މިދުވަސްކޮޅު ނަމަވެސް ކުޑަ ގޭސްފުޅި ޑެލިވަރީ ކޮށްދިނުމަކީ މިހާލަތުގަ ދެވޭނެ ރަނގަޅު ޚިދުމަތްތެއް.
ނިރު
12 May 2020
ފައިސާ އާ ހަވާލުވެ ދެން ވަރިހަމަދޯ ދަގަޑު ފުޅި ކޮޑަށާ ބޮލަށް ލަމުން ދުވިޔަސް